އެމްއެންޔޫގައި ރިހެބިލިޓޭޝަންއާއި ގުޅޭ ސެމިނާއެއް

އައިޝަތު ޝިއުރާ
25 Sep 2024
ހަބަރު

"ރިހެބިލިޓޭޝަން 2030 އިނީޝިއޭޓިވް: ދިވެހިރާއްޖޭގެ ހާލަތު"ގެ ނަމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައި ރިހެބިލިޓޭޝަންއާއި ގުޅޭ ސެމިނާއެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

އެމްއެންޔޫގެ ބީ ބްލޮކް އޮޑިޓޯރިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސެމިނާގައި، ވޯލްޑް ހެލްތް އޯގަންއިޒޭޝަން (ޑަބްލިއުއެޗްއޯ) އިން "ރިހެބިލިޓޭޝަން 2030 އިނީޝިއޭޓިވް"ގެ ނަމުގައި ފަށާފައިވާ ޕްރޮގްރާމްގެ މައްޗަށް އަލިއަޅުވާލާނެއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ދިމާވާ ބައްޔެއްގެ ސަބަބުން ނުވަތަ މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން ނުވަތަ އެނޫން އެހެން ހާލަތެއް މެދުވެރިވެގެން ނަމަވެސް އާންމު މުޖުތަމަޢުގައި ދިރިއުޅުމަށް ނުކުޅޭދިފައިވާ ފަރާތްތަކަށް ބޭނުންވާ ސިއްޙީ އެހީތެރިކަން ފޯރުކޮއްދިނުމެވެ.

މީގެ އިތުރުން، މިފަދަ ހާލަތްތަކުގައި ދިރިއުޅޭމުންދާ ދިވެހިންނާއި، ދިވެހިރާއްޖޭގައި ރިހެބިލިޓޭޓްކުރުމުގެ ސިއްޙީ އެހީތެރިކަން ލިބުގައި ހުރި ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މި ސެމިނާގައި މަޢުލުމާތު ހިއްސާކުރައްވާނެއެވެ.

މި ސެމިނާގައި ޕެނަލިސްޓުންގެ ގޮތުގައި ވާހަކަ ދައްކަވާނީ އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ހެޑް އޮފް ޑިޕާޓްމަންޓް އޮފް ރިހެބިލިޓޭޝަން ސައިންސަސް، މުޙައްމަދު ނިމާލް، މިނިސްޓްރީ އޮފް ހެލްތްގެ ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސެސް، ޑރ. އަޙްމަދު އަޝަރަފްގެ އިތުރުން މޯލްޑިވިސް އެލައިޑް ހެލްތްގެ ނައިބު ރައީސް އަދި އައިޖީއެމްއެޗްގެ ޕްރިންސިޕަލް ފިޒިޔޯތެރަޕިސްޓް، ޑރ. ޢާއިޝަތު މަޙްފޫޡާއެވެ.

މި ސެމިނާބޭއްވުމަށް ހަމަޖެހިފައިވަނީ 26 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު