ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގުޅިގެން މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

އައިޝަތު ޝިއުރާ
26 Sep 2024
ހަބަރު

މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ ހައި-ލެވެލް ޕްލެނަރީ މީޓީންގ އޮން އެޑްރެސިންގ އެގްޒިސްޓެންޝަލް ތްރެޓްސް ޕޯޒްޑް ބައި ސީ-ލެވެލް ރައިޒްގައި ދިވެހިރާއްޖޭގެ ބަޔާން އިއްވަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރަންޖެހޭ ކަންކަމަށް ބޭނުންވާ މާލީ ކަންކަން އިތުރުކުރުމަށް އެޅިދާނެ 3 ފިޔަވަޅެއް ފާހަގަކުރެއްވިއެވެ.ފުރަތަމަ ކަމަކަށް މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވޭ މަސައްކަތްތަކާއި ދެމެދު އޮންނަ ފަރަގު ކުޑަކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ފަންޑު ލިބުމުގެ ކަންކަން ފަސޭހަކޮށްދިނުމާއި އެންޓީގާ އެންޑް ބާބިޔުޑާގައި ސިޑްސްއާ ގުޅޭގޮތުން ނިންމި ނިންމުންތަކާ އެއްގޮތަށް ފައިސާ ހޯދުމުގެ ކަންކަން ގެންދިއުމަށް ގޮވާލައްވާފައެވެ.

ދެވަނަ ކަމަކަށް އެމަނިކުފާނު ވަނީ "ލޮސް އެންޑް ޑެމޭޖް ފަންޑު" ގެ ބޭނުން ހިފޭނެގޮތަށް މަގުފަހިކުރުމެވެ. އެގޮތުން އެމަނިކުފާނު ވަނީ ރާއްޖެފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތަކަށް ހުށަހެޅިފައިވާ ޤައުމަކަށް "ލޮސް އެންޑް ޑެމޭޖް ފަންޑު"ގެ ބޭނުންތެރިކަން ފާހަގަކުރައްވާފައެވެ.

ތިންވަނަ ކަމަކަށް އެމަނިކުފާނު ފާހަގަކުރެއްވީ ކަމާގުޅޭ ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް މަގުފަހިކުރުމެވެ. އެގޮތުން އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކާގުޅޭގޮތުން ފިޔަވަޅުއެޅުމުގެ ކަންކަން އެންމެ އެދެވޭގޮތެއްގައި ކުރިޔަށް ގެންދިއުމަށް މަގުފަހިކުރުމަށްޓަކައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކަމާގުޅޭ ޓެކްނޮލޮޖީތައް ފޯރުކޮށްދިނުމަށް ކުރިއަރާފައިވާ އިޤްތިޞާދުތަކަށް އޮތް ޒިންމާ ހަނދާންކޮށްދެއްވާފައެވެ.މީގެ އިތުރުން އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ ޤާބިލުކަން އިތުރުކުރުމުގައި އައްސޭރިފަށުގައި ދިރިއުޅޭ މުޖްތަމަޢުތަކާއި ބިންތިރި ޤައުމުތަކުން ޓެކްނޮލޮޖީގެ ގާބިލުކަން އިތުރުކުރުމަށް ޕްރައިވެޓް ސެކްޓަރގެ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން ޤައުމު ސަލާމަތްކުރުމަށް ރާއްޖޭގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހޭކަން ފާހަގަކުރައްވައި އޭގެ ބަދަލުގައި އެފައިސާ ޤައުމުގެ ތަރައްޤީގެ އެހެންކަންކަމަށް ޚާއްސަ ކުރެވޭ ގޮތްވުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަން ފާހަގަކުރައްވާފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު