ހުސައިން އިސްމާއިލް

7 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ ބައިވެރިވެވަޑައިގެންފި
7 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ ބައިވެރިވެވަޑައިގެންފި
މިއަދު މެންދުރު ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރ އިރުތިޝާމް ވަނީ ތަޤުރީރު ކުރައްވާފައެވެ. އެ ކަމަނާގެ ވާހަކަފުޅުގައި ބައިނަލްއަގުވާމީ ސުލްޙަ އާއި ހަމަޖެހުން ޤާއިމްކުރުމުގައި މަޝްވަރާ އާއި ޑިޕްލޮމަސީގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.އަދި މި ކަމުގައި ސަރަޙައްދީ ގުޅުމުގެ މުހިއްމުކަން ވެސް އެ ކަމަނާ ފާހަގަކުރެއްވިއެވެ. ބައިނަލްއަގުވާމީ މުޖްތަމަޢުއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޚަބަރު 12 Jun 2026
މޭ މަހު މީރާއިން 2.05 ބިލިއަން ރުފިޔާ ބަލައިގަނެފި
މޭ މަހު މީރާއިން 2.05 ބިލިއަން ރުފިޔާ ބަލައިގަނެފި
މޭ 2026 އަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ 0.3 އިންސައްތަ ދަށްވި މައިގަނޑު އެއް ސަބަބަކީ ޓޫރިޒަމް ދައިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ އާއި ގްރީން ޓެކުހާއި، ރިޒޯޓުތަކުގެ ކުލީގެ އިތުރުން ކޯޓާ ފީއިން ލިބިފައިވާ އާމްދަނީ ދަށްވުމެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން، 2025 ވަނަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 2026 ވަނަ އަހަރުގެ މޭ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 4.4 އިންސައްތަ ދަށްވެ، ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުގެ އާމްދަނީ ވަނީ ދަށްވެފައެވެ.
ވިޔަފާރި 10 Jun 2026
ކެނެޑާގެ 31 ވަނަ ގަވަރނަރ ޖެނެރަލް، މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ވިދާޅުވެއްޖެ
ކެނެޑާގެ 31 ވަނަ ގަވަރނަރ ޖެނެރަލް، މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އެކަމަނާ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ.
ޚަބަރު 10 Jun 2026
މޫސުމީ ބަދަލުތަކަށް ތަޢުލީމީ ދާއިރާ ހޭނުވުމަށް ޖީ.ޕީ.އީ އިން ރާއްޖެއަށް 2 ލައްކަ ޑޮލަރުގެ ހިލޭއެހީ ދިނުމަށް ފާސްކޮށްފި
މޫސުމީ ބަދަލުތަކަށް ތަޢުލީމީ ދާއިރާ ހޭނުވުމަށް ޖީ.ޕީ.އީ އިން ރާއްޖެއަށް 2 ލައްކަ ޑޮލަރުގެ ހިލޭއެހީ ދިނުމަށް ފާސްކޮށްފި
މިއީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރާ އެންމެ އިސް އެއް ޖަމްޢިއްޔާ ކަމަށްވާ "ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން" )ޖީ.ޕީ.އީ( އިން ދޫކުރައްވައިފައިވާ ގްރާންޓެކެވެ. ޖީ.ޕީ.އީގެ "ކްލައިމެޓް ސްމާޓް އެޑިއުކޭޝަން ސިސްޓަމްސް" )ސެސީ( ޓެކްނިކަލް އިނިޝިއޭޓިވްގެ ދަށުން ދެއްވި މި ގްރާންޓްގެ މަޝްރޫޢު ރާއްޖޭގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިނިސްޓަރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ބެލުމުގެ ދަށުން ޔުނެސްކޯ އަދި "ސޭވް ދަ ޗިލްޑްރަން އޮސްޓްރޭލިއާ" ގެ އެއްބާރުލުމާއެކުގައެވެ.
ޚަބަރު 10 Jun 2026
މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމާ ގުޅޭ ދެ ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި
މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމާ ގުޅޭ ދެ ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި
"ކްލައިމެޓް ފައިނޭންސް ރެޑިނަސް އެންޑް ރިސޯސް މޮބިލައިޒޭޝަން" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ، މޫސުމީ ބަދަލުތަކާ ގުޅުންހުރި މަޝްރޫއުތަކަށް ބޭނުންވާ ބައިނަލްއަގުވާމީ މާލީ އެހީތެރިކަން ހޯދުމަށްޓަކައި އިދާރާތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުމެވެ.
ޚަބަރު 10 Jun 2026
މިނިސްޓަރ އަލީ ޝަރީފްގެ އަރިހަށް ނެދަލޭންޑްސްގެ ސަފީރު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
މިނިސްޓަރ އަލީ ޝަރީފްގެ އަރިހަށް ނެދަލޭންޑްސްގެ ސަފީރު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިނިސްޓްރީގައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
ޚަބަރު 10 Jun 2026
ކަނޑުގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތައް ބެލެހެއްޓުމަށް ފަޒާގެ ޑޭޓާ ބޭނުންކުރުމާ ގުޅޭގޮތުން މިނިސްޓަރ ޢަލީ ޝަރީފް މަޝްވަރާކުރައްވައިފި
ކަނޑުގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތައް ބެލެހެއްޓުމަށް ފަޒާގެ ޑޭޓާ ބޭނުންކުރުމާ ގުޅޭގޮތުން މިނިސްޓަރ ޢަލީ ޝަރީފް މަޝްވަރާކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ރާއްޖޭގެ ކަނޑުގެ މާހައުލު ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ޒަމާނީ ޓެކްނޮލޮޖީ އާއި ސެޓެލައިޓް މައުލޫމާތު ބޭނުންކޮށްގެން ނެރެވިދާނެ ނަތީޖާތަކުގެ މައްޗަށެވެ. ޚާއްޞަކޮށް، ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށާއި، އެ ސަރަހައްދުތަކުގެ ގަވާއިދުތައް ތަންފީޒުކުރުމަށް ފަޒާގެ ޑޭޓާގެ އެހީގައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެފަރާތުން ޚިޔާލު ބަދަލުކުރެއްވިއެވެ.
ޚަބަރު 10 Jun 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫގެ ދަށުން ހއ. ދިއްދޫގައި ބޮޑު ހަރަކާތެއް ހިންގުމަށް މަޝްވަރާކޮށްފި
5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫގެ ދަށުން ހއ. ދިއްދޫގައި ބޮޑު ހަރަކާތެއް ހިންގުމަށް މަޝްވަރާކޮށްފި
ޚަބަރު 10 Jun 2026
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި މިނިސްޓަރ ބައްދަލުކުރައްވައިފި
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި މިނިސްޓަރ ބައްދަލުކުރައްވައިފި
މި ބައްދަލުވުމުގައި ޗައިނާއިން ރާއްޖޭގެ ޞިއްޙީ އަދި އިޖުތިމާއީ ދާއިރާގެ ތަރައްގީއަށްޓަކައި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ވިލިމާލޭގައި އިމާރާތްކުރުމުންދާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލްގެ މަޝްރޫޢާއި ކުރިޔަށްގެންދާ މުހިއްމު މަޝްރޫޢުތަކުގެ ސަބަބުން ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން ވެސް ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ޚަބަރު 10 Jun 2026
މަސްވެރިންނަށް މިއަދު އެކަނި ވެސް 412،114.50 ރުފިޔާ ދޫކޮށްފި
މަސްވެރިންނަށް މިއަދު އެކަނި ވެސް 412،114.50 ރުފިޔާ ދޫކޮށްފި
މި ފައިސާ ދޫކުރީތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ބޮޑު އަދަދެއް ދޫކުރީ ކަޅުބިލަމަސް ކިރުވާފައިވާ 21 ދޯންޏަކަށެވެ. އެ ދޯނިތަކަށް ޖުމްލަ 335،719.50 ރުފިޔާ ދޫކޮށްފައިވެއެވެ. މީގެ އިތުރުން 10 ކިލޯއިން މަތީގެ ކަންނެލި ކިރި 13 ދޯންޏަކަށް 11،720.00 ރުފިޔާ އަދި 15 ކިލޯއިން މަތީގެ ކަންނެވި ކިރުވި 17 ދޯންޏަކަށް 64،675.00 ރުފިޔާ ދޫކޮށްފައިވެއެވެ.
ޚަބަރު 10 Jun 2026
ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން އިސްލާމިކް މިނިސްޓްރީއާއި ހަވާލުކޮށްފި
ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން އިސްލާމިކް މިނިސްޓްރީއާއި ހަވާލުކޮށްފި
މިކަމަށްޓަކައި މިއަދު ބޭއްވުނު ޚާއްސަ ބައްދަލުވުމުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ބައިވެރިވެލައްވާފައެވެ. ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް )ރިޓަޔާޑް( އަލީ ޒުހައިރުއެވެ.
ޚަބަރު 10 Jun 2026
ވަޠަނީ ޚިދުމަތުގެ ޙަރަކާތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ސަރުކާރުގެ ޒުވާނުން ބިނާކުރުމާ ގުޅޭ އެންމެ މުހިންމު އެއް ސިޔާސަތު: ރައީސް
ވަޠަނީ ޚިދުމަތުގެ ޙަރަކާތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ސަރުކާރުގެ ޒުވާނުން ބިނާކުރުމާ ގުޅޭ އެންމެ މުހިންމު އެއް ސިޔާސަތު: ރައީސް
އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރ، ޅ.މާފިލާފުށިގައި ތިންމަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތު ކަމާއި، ދީނީ ތަރުބިއްޔަތާއި އަޚްލާޤާއި ސުލޫކު، ލީޑަރޝިޕް، އަދި ހަށިހެޔޮކަމުގެ ގެ އިތުރުން ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ތަފާތު އެތައް ދާއިރާއަކުން މި ޒުވާނުންނަށް ތަމްރީނު ދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު 09 Jun 2026
މިފްކޯއިން މި މަހުގެ 7 ވަނަ ދުވަހު ގަތް މަހަށް 393،205 ރުފިޔާ ދޫކޮށްފި
މިފްކޯއިން މި މަހުގެ 7 ވަނަ ދުވަހު ގަތް މަހަށް 393،205 ރުފިޔާ ދޫކޮށްފި
މިފްކޯއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ދުވަހު އެކި ސަރަހައްދުތަކުން ޖުމްލަ 393،205.50 ރުފިޔާގެ މަސް ވަނީ ގަނެފައެވެ.
ޚަބަރު 09 Jun 2026
މިފްކޯއިން މަސް ގަންނަ އަގު 20 ރުފިޔާ އަށް ބޮޑުކޮށްފި
މިފްކޯއިން މަސް ގަންނަ އަގު 20 ރުފިޔާ އަށް ބޮޑުކޮށްފި
މި އަގުތަކަކީ މިފްކޯގެ އެކި ސަރަހައްދުތަކުގައި ހުރި ފެސިލިޓީތަކަށް މަސް ގަންނާނެ އަގުތަކެވެ. މީގެ ތެރޭގައި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް، ކަނޑުއޮތްގިރި ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހިމެނެއެވެ. އަދި މިފްކޯގެ މަސް ގަންނަ ބޯޓުފަހަރުތަކަށް މަސް ކިރާއިރުވެސް އަމަލުކުރާނީ މި އަގުތަކަށެވެ.
ޚަބަރު 09 Jun 2026
ފަރަންސޭސިވިލާތުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
ފަރަންސޭސިވިލާތުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
ފަރަންސޭސިވިލާތުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.
ޚަބަރު 09 Jun 2026
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު މަގާމުން އިސްތިއުފާ ދެއްވައިފި
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު މަގާމުން އިސްތިއުފާ ދެއްވައިފި
ފިނޭންސް މިނިސްޓަރުގެ މަގާމުން ޒަމީރު އިސްތިއުފާ ދެއްވިކަން ސަރުކާރުން ކަށަވަރުކޮށްދީފައިވީ ނަމަވެސް، އެކަމުގެ ސަބަބެއް އަދި ހާމައެއް ނުކުރެއެވެ.
ޚަބަރު 08 Jun 2026
ފުލުހުންގެ ޚިދުމަތް ތަރައްގީކުރުމަށް އިނގިރޭސިވިލާތުގެ ޑެޕިއުޓީ ހައި ކޮމިޝަނަރާ މަޝްވަރާކުރައްވައިފި
ފުލުހުންގެ ޚިދުމަތް ތަރައްގީކުރުމަށް އިނގިރޭސިވިލާތުގެ ޑެޕިއުޓީ ހައި ކޮމިޝަނަރާ މަޝްވަރާކުރައްވައިފި
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ފުލުހުންގެ ތަމްރީނާއި، ފަންނީ އެހީތެރިކަމާއި، ގާބިލުކަން އިތުރުކުރުމުގެ އިތުރުން މުއައްސަސާގެ ކުރިއެރުމަށް އިނގިރޭސިވިލާތުން ދެމުންގެންދާ އެއްބާރުލުން އެގޮތުގައި ކުރިއަށް ގެންދިއުމާ ގުޅޭގޮ ތުންނެވެ.
ޚަބަރު 04 Jun 2026
ބަޙްރެއިން އަދި ކުވޭތުގެ އާއްމުން ދިރިއުޅޭ ތަންތަނާއި މުހިއްމު އިންފްރާސްޓްރަކްޗާތަކަށް މިސައިލާއި ޑްރޯން އިން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ބަޙްރެއިން އަދި ކުވޭތުގެ އާއްމުން ދިރިއުޅޭ ތަންތަނާއި މުހިއްމު އިންފްރާސްޓްރަކްޗާތަކަށް މިސައިލާއި ޑްރޯން އިން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ ދިވެހިރާއްޖޭން ދެކޭގޮތުގައި މި ހަމަލާތަކަކީ ބަޙްރެއިން އަދި ކުވޭތުގެ ސިޔާދަތަށް ހުރަސްހެޅި އަދި ސަރަހައްދީ ހަމަޖެހުމަށް ނުރައްކާ ތެރިކަމެއްގެ ގޮތުގައެވެ. ދިވެހިރާއްޖޭން އަބަދަވެސް ބަޙްރެއިން އަދި ކުވޭތާ އެކުގައި ވާ ކަމަށާއި އެ ދެގައުމުގެ ސިޔާދަތު ރައްކާތެރި ކުރުމަށާއި ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާ ހުރިހާ ފިޔަވަޅުތަކަކަށް ދިވެހިރާއްޖޭން ފުރިހަމައަށް ތާއީދު ކުރާނެ އެވެ.
ޚަބަރު 04 Jun 2026
ޖިނާޢީ ކުށެއް ނެތް ރަށެއްގެ ގޮތުގައި ބ. މާޅޮސް ވެގެންދާނެ: ވަޒީރު
ޖިނާޢީ ކުށެއް ނެތް ރަށެއްގެ ގޮތުގައި ބ. މާޅޮސް ވެގެންދާނެ: ވަޒީރު
ބ. މާޅޮހުގައި އިމާރާތްކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ޖިނާޢީ ކުށްތައް އެއްވެސް ގޮތަކަށް ނޯންނަ މުޖުތަމައެއްގެ ގޮތުގައި މާޅޮސް ހެދިދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު 04 Jun 2026
މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭނުންވާ ރަށްރަށުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލަފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ އިހްތިފާލްތައް ބޭއްވުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ އަޟްހާ އީދުގެ މުނާސަބަތާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކެއް އައުމާ ގުޅިގެންނެވެ.
ޚަބަރު 04 Jun 2026

Showing 61 to 80 of 112 results