މޭ މަހު މީރާއިން 2.05 ބިލިއަން ރުފިޔާ ބަލައިގަނެފި

ހ ހުސައިން އިސްމާއިލް
ވިޔަފާރި 10 Jun 2026

މޭ 2026 ގައި މީރާއިން 2.05 ބިލިއަން ރުފިޔާގެ އާމްދަނީ ބަލައިގަނެފިއެވެ.

މި އަދަދަކީ މޭ 2026 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 0.3 އިންސައްތަ ދަށް އަދަދެކެވެ. އަދި ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ  5.8 އިންސައްތަ ދަށް އަދަދެކެވެ.

މޭ 2026 އަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ 0.3 އިންސައްތަ ދަށްވި މައިގަނޑު އެއް ސަބަބަކީ ޓޫރިޒަމް ދައިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ އާއި ގްރީން ޓެކުހާއި، ރިޒޯޓުތަކުގެ ކުލީގެ އިތުރުން ކޯޓާ ފީއިން ލިބިފައިވާ އާމްދަނީ ދަށްވުމެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން، 2025 ވަނަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 2026 ވަނަ އަހަރުގެ މޭ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 4.4 އިންސައްތަ ދަށްވެ، ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުގެ އާމްދަނީ ވަނީ ދަށްވެފައެވެ. މޭ މަހު ލިބުނު އާމްދަނީގެ  13.8 އިންސައްތަ އަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ އިތުރު  21.9 އިންސައްތަ ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތުންކަން ވެސް މީރާއިން ފާހަގަކުރެއެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، މޭ 2025 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މޭ 2026 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ އާއި ގްރީން ޓެކުހާއި، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ މަދުވުމެވެ. ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުގެ އާމްދަނީ 19.5 އިންސައްތަ ދަށްވެފައިވަނީ، 2025 ވަނަ އަހަރު މޭ މަހާއި އަޅައިބަލާއިރު 2026 ވަނަ އަހަރުގެ މޭ މަހު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 24.4 އިންސައްތަ ދަށްވުމާ ގުޅިގެންނެވެ. މީގެ އިތުރުން، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ފީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ ދަށްވެފައެވެ.

ނުލިބިހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، މޭ 2026 ގައި މީރާއިން ވަނީ ޖުމްލަ 382 މިލިއަން ރުފިޔާ ހޯދައިފައެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 242 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 68 މިލިއަން ރުފިޔާ ހޯދައިފައިވެއެވެ. ހަމައެއާއެކު އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 59 މިލިއަން ރުފިޔާ، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 9 މިލިއަން ރުފިޔާ އާއި އެކްޝަން ޕޮލިސީގެ ދަށުން 3 މިލިއަން ރުފިޔާ ވަނީ ހޯދައިފައެވެ.

މޭ 2026 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 56.3 އިންސައްތަ ނުވަތަ 1.1 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ  11.4 އިންސައްތަ ނުވަތަ 234 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 158 މިލިއަން ރުފިޔާ (7.7 އިންސައްތަ)، ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 156 މިލިއަން ރުފިޔާ (7.6 އިންސައްތަ)، ގްރީން ޓެކުހުގެ ގޮތުގައި 139 މިލިއަން ރުފިޔާ (6.8 އިންސައްތަ)، އަދި ވާކް ޕާމިޓް ފީގެ ގޮތުގައި 71 މިލިއަން ރުފިޔާ (3.5 އިންސައްތަ) ލިބިފައިވެއެވެ.

މޭ 2026 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 89 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދިނުމާއި ރީހެބިލިޓޭޝަނާ ގުޅޭ ފޯރަމެއް ބާއްވައިފި
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދިނުމާއި ރީހެބިލިޓޭޝަނާ ގުޅޭ ފޯރަމެއް ބާއްވައިފި
މި ފޯރަމަކީ މަސްތުވާތަކެތީ ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމާއި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އަލުން މުޖުތަމައަށް ނެރުމުގައިހުރި ގޮންޖެހުންތައް ދެނެގަނެ، ކަމާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމަށް ބޭއްވި ފޯރަމެކެވެ.
ޚަބަރު 08 Sep 2026
ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާބެހޭ މައްސަލައިގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ ވާހަކަތައް ފެއްޓެވުމަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ދަޢުވަތު ދެއްވައިފި
ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާބެހޭ މައްސަލައިގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ ވާހަކަތައް ފެއްޓެވުމަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ދަޢުވަތު ދެއްވައިފި
މި ދަޢުވަތު ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވަނީ، ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ޙަވާލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އިނގިރޭސި ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅެއްގައެވެ.
ޚަބަރު 08 Sep 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ: އިސްލާމީ ޝިޢާރު ފާޅުކުރުމަށް އިސްނަގައިގެން ތެދުވި ޒުވާން ޚަޠީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ބޭއްވޭ ޚާއްޞަ މަހާސިންތާއެއް!
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ: އިސްލާމީ ޝިޢާރު ފާޅުކުރުމަށް އިސްނަގައިގެން ތެދުވި ޒުވާން ޚަޠީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ބޭއްވޭ ޚާއްޞަ މަހާސިންތާއެއް!
މި މަހާސިންތާގައި 300 އަށްވުރެ ގިނަ ޒުވާން ޚަޠީބުން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، 13 ސެޕްޓެމްބަރު 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައިވެސް ޒުވާން ޚަޠީބުން ރަސްމީކޮށް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
ޚަބަރު 08 Sep 2026
އެމްޓީޑީސީ ގެ ޗެއާމަންކަމުގެ މަޤާމަށް، އަޙްމަދު ޝަހީރު އައްޔަނުކޮށްފި
އެމްޓީޑީސީ ގެ ޗެއާމަންކަމުގެ މަޤާމަށް، އަޙްމަދު ޝަހީރު އައްޔަނުކޮށްފި
ޝަހީރު އެންމެ ފަހުން ހުންނެވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން )އެޗްޑީސީ( ގެ ޗެއާމަންކަމުގެ މަޤާމުގައެވެ. ޝަހީރު ވަނީ މީގެ ކުރިން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން )އެސްޓީއޯ( ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުވެސް ފުރުއްވާފައެވެ.
ޚަބަރު 08 Sep 2026