ކުޅިވަރު
"ކާވާ މުބާރާތަކީ ޒުވާން ކުޅުންތެރިންނަށް ކޮށައިދެވޭ އާ މަގެއް"
ހަތަރު ގައުމާއިއެކު ރާއްޖޭގައި އިއްޔެ ފެށި މުބާރާތަކީ ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށް ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ފުރަތަމަ ވޮލީބޯޅަ މުބާރާތެވެ.
19 Jul 2024
ހަބަރު
ޔޫރޯ 2028 އޮންނާނީ ކޮން ގައުމެއްގައި؟
ފޯރިގަދަ މެޗުތަކަކަށް ފަހު ޔޫރޯ 2024 ނިމިގެން ދިޔައީ އިނގިރޭސިންނަށް ހިތްދަތިކަން ގެނެސްދޭފައެވެ. ދެ ފައިނަލުގައި ކުޅެ ބަލިވި އިނގިރޭސިންނަށް ލިބުނު ހަމައެކަނި ހިތް ހަމަ ޖެހުމަކީ ޔޫރޯ 2028 ކޯ ހޮސްޓެއްގެ ގޮތުން އެގައުމުގައި ބޭއްވުމެވެ. ޔޫރޯ 2028 އޮންނާނީ އިނގިރޭސި ވިލާތާއި އަޔަރލޭނޑުގައެވެ. މި މުބާރާތް މިހާރު ފެށުމަށް ތާވަލު ކޮއްފައިވަނީ 2028 ވަނަ އަހަރުގެ ޖޫން 9 އިން ޖުލައި 9 އަކަށެވެ. ނަވަމެސް މި ތާރީޚް ބަދަލުވުމަކީ އެކަށީގެންވާކަމެކެވެ. 2028 އަށް އިނގިރޭސި ވިލާތް މިހާރުވެސް ތައްޔާރުވާން ފަށާފައިވާއިރު ކުރަން ޖެހޭ މަސައްކަތް ނުހަނު ގިނައެވެ. އެގޮތުން ގިނަ ދަނޑުތަކެއް މަރާމާތު ކުރަން މިހާރުވެސް ވަނީ ޝެޑިއުލް ކުރެވިފައެވެ.
16 Jul 2024
ކުޅިވަރު
މާޓިނޭޒް އާޖެންޓީނާ މޮޅުކޮއްދީ ތަށި އުފުލާލައިފި
ކޮޕާ އެމެރިކާ ފައިނަލްގައި އާޖެންޓީނާ އަދި ކޮލަމްބިއާ ބައްދަލު ކުރި މެޗު އާޖެންޓީނާ ކާމިޔާބު ކޮއްފިއެވެ. މި މެޗު އާޖެންޓީނާ ކާމިޔާބު ކުރީ 1-0 ލަނޑުންނެވެ.މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ލަނޑެއް ނުޖެހުމުގެ ސަބަބުން އިތުރު ވަގުތު ކުޅެން ޖެހުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަ ވެރި ވަރުގަދަ ކުޅުމެއް ފެނުނު ކަމުގައިވިޔަސް އެއްވެސް ޓީމަކަށް ލަނޑެއް ޖެހޭ ގޮތް ނުވިއެވެ. ނަތީޖާއަކަށް ވީ އިތުރު ވަގުތު ކުޅެންޖެހުމެވެ. މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު މެޗުގެ 112 ވަނަ މިނެޓުގައި ޖަހައިދިނީ މާޓިނޭޒްއެވެ.
15 Jul 2024
ކުޅިވަރު
ބޮޑު ތައްޓެއްގައި އަތް ނުލެވި 58 އަހަރު- އެކަން ބަދަލު ކުރަން އިނގިރޭސިން ގަދަ އަޒުމެއްގައި
މިރޭގެ ފައިނަލާއި ކުރިމަތިލާއިރު އިނގިރޭސި ޓީމު އޮތީ ރަނގަޅު ފޯމެއްގައެވެ. މިރޭގެ މެޗު ކާމިޔާބުކޮށް އިނގިރޭސިންނަށް ތަށި ކާމިޔާބު ކުރެވިއްޖެނަމަ އެތަށް ގޮތަކުން ތާރީހް ބަދަލުކުރެވޭނެއެވެ. 58 އަހަރުގެ އިންތިޒާރު ނިމުމުގެ އިތުރުން ގައުމުން ބޭރުގައި އިނގިރޭސިންނަށް ބޮޑު ތައްޓެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން މި ހުރިހާ ކަމެއް ބަދަލުކޮއް އިނގިރޭސިންނަށް ތަށި ކާމިޔާބު ކުރުމުގައި ޓީމު އޮތް އިރު ސަޕޯޓަރުންވެސް ދަނީ މިރޭގެ މެޗަށް ތައްޔާރުވަމުނެވެ.
14 Jul 2024
ކުޅިވަރު
ކުރީގެ ލިއުން
ކުޅިވަރު ގާނޫނު
މިދިޔަ ދެ ތިން އަހަރަށް ބަލާއިރު ކުޅިވަރުތައް ކުރިއެރުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެސޯސިއޭޝަންތަކުގެ އިދާރީ ކަންކަން ރަނގަޅު ނުވުމެވެ.
13 Jul 2024
ހަބަރު
ދިވެހި ފުޓްބޯޅައަށް ކުރެވޭ އިންވެސްޓްމަންޓް ބޮޑު – އުފެދޭ ކުޅުންތެރިން މަދުވެ، ޝައުޤާއި ފޯރިކުޑަވެ، ހޯދޭ ނަތީޖާވެސް ދަށް
ކުޅިވަރެއްގެ ގޮތުން ފުޓްބޯޅައަކީ ޢިލްމާއި، ހުނަރާއި، ތަޖުރިބާއާއި، ލޯތްބާއި، އެކުވެރިކަމާއި، އުފަލާއި، ހިތާމަޔާއި އަދި ރިވެތި އަޚްލާޤުން ވަށާޖެހިފައިވާ އިޖުތިމާޢީ ވަރުގަދަ ބޮޅެކެވެ. ދިވެހިންނަކީ ފުޓްބޯޅައާއި ހެދި ދަންޖެހޭ ބައެކެވެ. އެންމެ ގިނަ ދިވެހިން ކުޅޭ އަދި ބަލާހިތްވާ ކުޅިވަރަކަށް ވާނީވެސް ފުޓްބޯޅަކަން ޔަޤީނެވެ. އަވަށްޓެރި ސިލޯނުން ދަރިވަރުވެގެން ދިވެހިން ފުޓްބޯޅަ ކުޅޭތާ މިހާރު 74 އަހަރު ވީއެވެ. މާތް ﷲ އިރާދަކުރެއްވިއްޔާ މިއަންނަ އަހަރަކީ ދިވެހި ފުޓްބޯޅައިގެ އަލިމަސް ޔޫބީލް (ޑައިމަންޑް ޖުބިލީ) އަހަރެވެ. ތާރީޚުން އެނގޭ ގޮތުގައި، ރާއްޖެއާއި ސްރީލަންކާގެ ފުޓްބޯޅައިގެ ގުޅުމުގެ ފެށުމަކީ 1950 ވަނަ އަހަރުގެ ކުރީކޮޅު ރާއްޖެ ގެންނެވި ސްރީލަންކާގެ ފުޓްބޯޅަ އިންސްޓްރަކްޓަރު މައިކަލް ޑި ސިލްވާ އެވެ. ރާއްޖޭގެ ކުރީގެ ރައީސް މަރްޙޫމް މުޙައްމަދު އަމީންގެ ދައުވަތަކަށް ވަޑައިގެންނެވި ޑިސިލްވާ މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންނަށް ފުޓްބޯޅައިގެ އަސާސީ ތަމްރީންތައް ދެއްވިއެވެ. ތިއަރީ ކްލާސްތަކާއި ޕްރެކްޓިކަލް ސެޝަންތައްވެސް ނަންގަވައިދެއްވިއެވެ. އެ ބިންގަލުގެ މައްޗަށް ދިވެހި ފުޓްބޯޅަ ކުރިލާ ހެދެމުންއައީ ވަރަށް ބާރަށެވެ. ނަތީޖާއެއްގެ ގޮތުން 2000 ގެ އަހަރުތައް ފެށުނު ހިސާބުން، ފުޓްބޯޅަ ރޭހުގައި ރާއްޖެއިން ސްރީލަންކާ ފަހާލިއެވެ. އަދި އާބާދީ ކުޑަނަމަވެސް ސަރަޙައްދުގެ ފުޓްބޯޅައިގެ ބާރަކަށް ވެއްޖެއެވެ. ސަރުކާރާއި، ކުލަބުތަކާއި، އަދި ރައްޔިތުން އެންމެ ބޮޑު ޝައުޤަކާއި، އަހުމިއްޔަތުކަމެއް ދޭ ކުޅިވަރަށް ފުޓްބޯޅަ ވެއްޖެއެވެ.
13 Jul 2024
ކުޅިވަރު