ގޫގަލް ފޮޓޯ

ރައީސް ޔާމީންގެ ބަންދަށް ލުއި ލިބުމާއި މިނިވަންވުން – ޝުކުރު ޙައްޤުވަނީ ދިވެހި ރައްޔިތުންނާއި، ރައީސް ޑރ. މުޢިއްޒަށް.

އަލީ އާރިފް
13 Jul 2024
ރިޕޯޓް

ރިސޯޓް ތަރައްޤީކުރަން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މައްސަލައާއި ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މަނީލޯންޑަރިންގއާއި، ރިޝްވަތުގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ޙުކުމް ތަންފީޛުކުރެއްވިއިރު، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ރައީސް ޔާމީންގެ ބަންދަށް ލުއިތަކެއް ދެއްވިކަމަށް ވަރަށް ގިނަ ބޭފުޅުން ވިދާޅުވެއެވެ. މިވާހަކައާއި އަޅުގަނޑުގެ ޚިޔާލު މުޅިން ތަފާތެވެ. ސަބަބަކީ ފާއިތުވި ފަސް އަހަރަކީ ރައީސް ޔާމީންގެ ޙައްޤުގައި ޕީޕީއެމް/ޕީއެންސީގެ ލޮބުވެތި މެންބަރުން ނުހަނު ބޮޑު ޤުރްބާނީއެއް ވެވަޑައިގެންނެވި ފަސް އަހަރެވެ. ދެ ޕާޓީގެ ހިތްވަރުގަދަ މެންބަރުން އަތްވާއި، ވާރޭގައި އަދި ރެއާއި ދުވާލު މަގުމަތީގައި ރައީސް ޔާމީން މިނިވަންކޮށްދެއްވުމަށް އެދި އިހުތިޖާޖުކުރެއްވިއެވެ. އެ މުހިންމު މަސައްކަތުގައި ދެޕާޓީގެ ލީޑަރޝިޕްގައި އޭރު ތިއްބެވި ހުރިހާ ބޭފުޅުންވެސް ވަރަށް ހިތްވަރާއެކު ކުރިއަށް ވަޑައިގަތެވެ. ރައީސް ޔާމީންގެ ޙައްޤުގައި އެމަނިކުފާނުގެ ޤާނޫނީ ޓީމުން އަދާކުރެއްވި މުހިއްމު ދައުރުގެ މަތިންވެސް ހަނދުމަ ނައްތައެއްނުލަމެވެ. ރައީސް ޔާމީންގެ ޝަރީޢަތް އަވަސްކޮށްދެއްވައި، އިންސާފު ހޯއްދަވައިދެއްވުމަށްޓަކައި އެ ހުރިހާ ބޭފުޅުން ޓަކި ނުޖައްސަވާ އެންމެ ދޮރެއްވެސް އަދި އާދޭސް ނުކުރައްވާ އެއްވެސް މުއައްސަސާއެއް މިޤަމުގައި ނުހުންނާނެއެވެ. އެވަރުން ނިންމާނުލައްވައި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، އެކުވެރި ޤައުމުތަކުގެ ސަމާލުކަންވެސް ހޯއްދެވިއެވެ.

ފާއިތުވި 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގެ ކުރިން އަދި އެއަށްވުރެވެސް ކުރިއަށް ޖެހިލާއިރު، ހިޖުރައިން 1444 ވަނަ އަހަރުގެ ރަމަޟާން މަހަށް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވާތޯ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުގައި ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުން ތަކުރާރުކޮށް އާދޭސް ދެންނެވިއެވެ. އޭގެފަހުންނޫންތޯ ރައީސް ޔާމީންގެ ލޮބުވެތި މަންމާފުޅުގެ އާލާސްކަންފުޅު ބޮޑުވެގެން، އެންމެ ފަހުން އެކަމަނާ އަވަހާރަވުމުން، ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ކޮޅުނބަށް ވަޑައިގަތުމުގެ ފުރުޞަތުވެސް ސަރުކާރުން ރައީސް ޔާމީނަށް ތަނަވަސްކޮށްނުދެއްވީ؟ އެއީ ހިތެއް ފިތެއް އޮތް އިންސާނެއްގެ ފުށުން ފެނިގެންވާނެފަދަ ޢަމަލެއްތޯ ހަމަ ހިތަށްއަރައެވެ. އޭރު އަޅުގަނޑުމެންނަށް ފެނުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ގޮތްދޫނުކުރެއްވުމާއި ހަރުކަށިކަމެވެ. ރައްޔިތުން ހައިރާންކަމާއެކު ސުވާލުކުރައްވަމުން ގެންދެވީ ކޮންފަދަ ހިލަ ހިތެއްގެ ވެރިއެއްތޯ އެމަނިކުފާނަކީ؟ އޭރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން ފެނިގެންދިޔައީ ދިވެހި ގިނަ ރައްޔިތުންގެ ވިންދާއި، އިޙުސާސްތަކުގައި ކޮޅުފައިންޖެއްސެވި ތަނެވެ. ގެއަށް ބަދަލުކޮށްދެއްވުން ފަދަ އެއްވެސް ލުއިއެއް ރައީސް ޔާމީނަށް ނުދެއްވައި ހަނުހުންނެވީއެވެ.

ގޫގަލް ފޮޓޯ 

ކޮންމެއަކަސް، މާތް ﷲގެ ވާގިފުޅާއެކު 2023 ސެޕްޓެމްބަރު 30 ވަނަ ދުވަހު އޮތް ރިޔާސީ އިންތިޚާބުގެ ގަދަހިފުމުގައި (ދެވަނަ ބުރުގައި) ދިވެހި ލޮބުވެތި ގިނަ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ޤާނޫނީ ހަމައިން ނިންމާލުމުގެ ސިއްކަ ޖެއްސެވިއެވެ. އެ މަނިކުފާނުގެ ސަރުކާރު ކުޑަކަކުލަށް ތިރިކުރެއްވިއެވެ. އެހިސާބުން ރައްޔިތުންގެ ކޮޅު ގަދަވީކަން ރައީސް ޞާލިޙު ޤަބޫލުފުޅުކުރެއްވީއެވެ. ދެން އެހިނދު، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށް ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރައްވަން ޙާލަތާއި ވަގުތާއި، އަދި ރައްޔިތުންގެ ނުފޫޒާހުރެ ރައީސް ޞާލިޙުގެ ސަރުކާރަށް މަޖުބޫރުވީއެވެ. އެހެންކަމުން، ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުންނަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އަދި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕަށް މިކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

ގިނަ ދިވެހި ރައްޔިތުން ޤަބޫލުކުރައްވާ ގޮތަށް ބަލާއިރު، އެމްޑީޕީގެ އެންމެ އިސްވެރިޔާގެ ލަޤަބު ހޯއްދަވައިގެން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ރައީސް ޞާލިޙުގެ ނުވަތަ އެމަނިކުފާނުގެ ސަރުކާރުގެ ހެޔޮފުޅުކަމުން، ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވުން ފިޔަވާ، ރައީސް ޔާމީން މިނިވަންކޮށްދެއްވުމަށްޓަކައި ކޮށްދެއްވީ ކޮންކަމެއްކަމެއް ސާފެއްނުވެއެވެ. މާފުކުރައްވާށެވެ. އެއްކަމެއް ހަނދާންވެއްޖެއެވެ. އެއީ، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ އެންމެ އިސް ދެ މޭސްތިރިން ކަމުގައިވާ އަޙްމަދު ޢަދީބާއި، ޢަބްދުﷲ ޒިޢަތަށް، ވެރިކަމުގެ އެންމެފަހު ވަގުތުގައި އަދަބު ލުއިކޮށްދެއްވައި މަޢާފުދެއްވިއެވެ. ކޮންމެއަކަސް ރައީސް ޔާމީނަށް ލުއިތަކެއް ލިބިވަޑައިގަތީ އެއްލައްކަ އޮނަތިރީސްހާހެއްހާ ރައްޔިތުން ޙުއްބުލްވަޠަންގެ ލޯބި އިސްކުރައްވައިގެން ކޮށްދެއްވި މިންނެއް މަސައްކަތުން ނޫންތޯ؟ މިއީ، ދެބަސްވެވެންނެތް ތެދު ޙަޤީޤަތެވެ.

ގޫގަލް ފޮޓޯ

މިއަދު ރައީސް ޔާމީން އެ ހުންނެވީ އާރަށު މައްސަލައިން މިނިވަންވެ ވަޑައިގެންނެވެ. ފެންނަން އޮތް ސާފު ޙަޤީޤަތަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނުވަތަ އެމަނިކުފާނުގެ ސަރުކާރުން ރައީސް ޔާމީންގެ ޝަރީޢަތަށް އެއްވެސް ނުފޫޒެއް ނުފޯރުވާކަމެވެ. މިކަމުން ދޭހަކޮށްދެނީ ރައީސުލްޖުމްހޫރިއްޔާގެ ބަސްފުޅާއި ޢަމަލުފުޅު ސީދާވާކަމެވެ. އަދި ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށްދެވުމަށް އެ މަނިކުފާނު ނުހަނު ބޮޑަށް ބޭނުންފުޅުވާކަމެވެ. ޤައުމީ މަސްލަޙަތުގެ މައްޗަށް އަމިއްލަ އެދުން އިސްކުރެއްވުމާއި، ކޮންމެ ބޭފުޅަކު ކަމުގައިވިއަސް ކޮށްނުދެއްވި ކަންތައްތައް ކޮށްދެއްވި ކަންތައްތަކަށް ހައްދަވައިގެން ވާހަކަދެއްކުމާއި، ޙަޤީޤަތާއި ޚިލާފު ވާހަކަ ދެއްކެވުން ފަދަ ފަސާދައިގެ ހުތުރު ޢަމަލުތަކުން ހުރިހާ ފަންތިއަކާއި ގިންތިއެއްގެ ރައްޔިތުންވެސް ރައްކާތެރިވެ ތިއްބަވަންޖެހެއެވެ. ހުރިހާ އެންމެންގެ ހަނދުމަފުޅަށް ދަންނަވާލަން ބޭނުންވަނީ ކަންވެ ނަން ނުވިއަސް ކަންނުވެ ނަންނުވާށެވެ. 

ކޮމެންޓް
މުސްތަފާ
ޔާމީނަށް ލުއިލިބި މިނިވަންވީ ހަމަ ޑރ. މުއިއްޒުގެ ސަބަބުން އެމްޑީޕީގެ ގޮޅީބޯވެރިކަމުގަ ހުރިނަމަ އަދިވެސް ޔާމީނު އޮއްނަވާނީ ޖަލުގެ ތޭރިތަކުގެ ތެރޭކަމީ ޝައްކެއް އޮތްކަމެއްނޫނ
13 Jul 2024
މުސޮތް
ޔަމިނަކީ އަބަދުވެސް ޖަލުގައި އޮންނަންޖެހެ ކުއްވެރި ބޮޑު ވަގެއް
14 Jul 2024
އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާ ށ. ފޭދޫ ކައުންސިލާއި އ.ތ.މ. ކޮމިޓީ އާއި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. ފޭދޫ ކައުންސިލާއި އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ފޭދޫ ޞިއްޙީ މަރުކަޒުގައެވެ.
14 Oct 2025
ހަބަރު
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންސްތައް އާ ޓާމިނަލަށް ބަދަލުކުރަން ނިންމައިފި
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ ނޮވެމްބަރު މަސް ތެރޭގައި ރަސްމީކޮށް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން, ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލްގެ އޮޕަރޭޝަންސްތައް މާދަމާއިން ފެށިގެން އާ ޓާމިނަލުގެ ގްރައުންޑް ފްލޯއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓް ކޮމްޕަނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
14 Oct 2025
ހަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. ފޭދޫއަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ށ. ފޭދޫއަށް ވަޑައިގެންފިއެވެ.
14 Oct 2025
ހަބަރު
އެމްޑަބްލިޔުއެސްސީ އިން ށ.ގޮއިދޫގައި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފި
އެމްޑަބްލިޔުއެސްސީ އިން ށ.ގޮއިދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، މި ޚިދުމަތްތައް އިފްތިތާޙްކޮށްފިއެވެ.
14 Oct 2025
ހަބަރު