އަލީ އާރިފް
ޖާނަލިސްޓް
އަލީ އާރިފް
ޤައުމީ ދުވަސް ފާގަހަކުރަން އެންމެ މުނާސަބު ދުވަހަކީ ހަމަ ޤައުމީ ދުވަހެވެ
ޤައުމީ ދުވަހަކީ ކޮންމެ ޤައުމެއްގެ ޙަޔާތުގައި ވެސް ބައްދަލުކުރާ އެންމެ މުހިންމު ދުވަހެވެ. ދިވެހިރާއްޖޭގައި ވެސް މިކަން އޮތީ ހަމަ މިހެންނެވެ. ދިވެހީން 1 ޖަނަވަރީ 1988 ގައި ބަލައިގަތް ޤާނޫނުއަސާސީ (ނޫ ޤާނޫނުއަސާސީ) އިން ފެށިގެން ކަޅާއި ހުދުން ސާފުކޮށް ބަޔާންކޮށްފައިވާ ހަމައެކަނި ދުވަހަކީ ޤައުމީ ދުވަހެވެ. ޤާނޫނުއަސާސީގެ 15 ވަނަ މާއްދާގައި ވަނީ "ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ރަބީޢުލްއައްވަލް މަހުގެ އެއްވަނަ ދުވަހެވެ". މިކަމުން އެކަނިވެސް ޤައުމީ ދުވަހުގެ ހައިބަތާއި ޤަދަރު ކިތައްމެހާވެސް ރަނގަޅަށް ސާފުވެއެވެ. އެހެނީ، ޤައުމީ ދުވަސް ރަމްޒު ކޮށްދެނީ ޤައުމަށްޓަކައި ފުރާނައިން ޤުރްބާންވެވަޑައިގެންނެވި ހިތްވަރު ގަދަ ބަޠަލުންގެ އަގު މާތްވި ޖިހާދެވެ. ކިޔައިދެނީ އުފަން ވަޒަނުގެ ޙައްޤުގައި ޖާނާއި މާލުން ފިދާވެވަޑައިގެންނެވި ލޮބުވެތި ކާބަފައިންގެ މަތިވެރި ޤުރްބާނީއެވެ. އަދި ހަނދާންކޮށްދެނީ އެންމެ ލޯބިވާ މައިވަންތަ ޤައުމު ކޮޅަށް ޖައްސަވައި ނެގެހެއްޓެވުމަށްޓަކައި ޤައުމުގެ ދަރީން ތާއަބަދު ކުރައްވަމުންގެންދަވާ މިންނެތް ޚިދުމަތުގެ މަތިންނެވެ.
04 Sep 2024
ރިޕޯޓް
"ކަރުނައިގައި ލޯ ފުރޭ މީ"
މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާޤީ މައްސަލަތަކެއް ކުރީގެ ޓުއަރިޒަމް މިނިސްޓްރީގައި ހިނގައިގެން އުޅޭކަމުގެ ބިރުވެރި އަޑާއެކު ފުރަބަންދުގައި އޮތް ޤައުމު ހޭލައްވާލިއެވެ. އެ ހައްސާސް ޚަބަރު ޤަބޫލުކުރައްވަން ދަތިފުޅުވި ރައްޔިތުން ހާސްކަމެއްގެ ތެރެއަށް ވެއްޓުނީ، އެކަމުގެ ޝަކުވާ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި، ޖެންޑަރ މިނިސްޓްރީއަށްވެސް ހުށަހެޅުއްވި ހިސާބުންނެވެ. އެކަމާ ގުޅިގެން އޭރު ހުންނެވި ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެންގެވުން ވެގެންދިޔައީ ކޯވިޑް-19 ގެ ބިރުވެރިކަން ތަހައްމަލު ކުރައްވަންޖެހިފައި ތިއްބެވި ދިވެހި ރައްޔިތުން ނަފްސާނީ ގޮތުން ބަލިކަށިކޮށްލި ޚަބަރަކަށެވެ. އެ ހޫނުކަމާއެކު ދެން އިވުނީ ޢަލީ ވަޙީދު މަޤާމުން ވަކިކުރެއްވި ވާހަކައެވެ.
25 Aug 2024
ރިޕޯޓް
ރައީސް ޔާމީންގެ ބަންދަށް ލުއި ލިބުމާއި މިނިވަންވުން – ޝުކުރު ޙައްޤުވަނީ ދިވެހި ރައްޔިތުންނާއި، ރައީސް ޑރ. މުޢިއްޒަށް.
ރިސޯޓް ތަރައްޤީކުރަން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މައްސަލައާއި ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މަނީލޯންޑަރިންގއާއި، ރިޝްވަތުގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ޙުކުމް ތަންފީޛުކުރެއްވިއިރު، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ރައީސް ޔާމީންގެ ބަންދަށް ލުއިތަކެއް ދެއްވިކަމަށް ވަރަށް ގިނަ ބޭފުޅުން ވިދާޅުވެއެވެ. މިވާހަކައާއި އަޅުގަނޑުގެ ޚިޔާލު މުޅިން ތަފާތެވެ. ސަބަބަކީ ފާއިތުވި ފަސް އަހަރަކީ ރައީސް ޔާމީންގެ ޙައްޤުގައި ޕީޕީއެމް/ޕީއެންސީގެ ލޮބުވެތި މެންބަރުން ނުހަނު ބޮޑު ޤުރްބާނީއެއް ވެވަޑައިގެންނެވި ފަސް އަހަރެވެ. ދެ ޕާޓީގެ ހިތްވަރުގަދަ މެންބަރުން އަތްވާއި، ވާރޭގައި އަދި ރެއާއި ދުވާލު މަގުމަތީގައި ރައީސް ޔާމީން މިނިވަންކޮށްދެއްވުމަށް އެދި އިހުތިޖާޖުކުރެއްވިއެވެ. އެ މުހިންމު މަސައްކަތުގައި ދެޕާޓީގެ ލީޑަރޝިޕްގައި އޭރު ތިއްބެވި ހުރިހާ ބޭފުޅުންވެސް ވަރަށް ހިތްވަރާއެކު ކުރިއަށް ވަޑައިގަތެވެ. ރައީސް ޔާމީންގެ ޙައްޤުގައި އެމަނިކުފާނުގެ ޤާނޫނީ ޓީމުން އަދާކުރެއްވި މުހިއްމު ދައުރުގެ މަތިންވެސް ހަނދުމަ ނައްތައެއްނުލަމެވެ. ރައީސް ޔާމީންގެ ޝަރީޢަތް އަވަސްކޮށްދެއްވައި، އިންސާފު ހޯއްދަވައިދެއްވުމަށްޓަކައި އެ ހުރިހާ ބޭފުޅުން ޓަކި ނުޖައްސަވާ އެންމެ ދޮރެއްވެސް އަދި އާދޭސް ނުކުރައްވާ އެއްވެސް މުއައްސަސާއެއް މިޤަމުގައި ނުހުންނާނެއެވެ. އެވަރުން ނިންމާނުލައްވައި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، އެކުވެރި ޤައުމުތަކުގެ ސަމާލުކަންވެސް ހޯއްދެވިއެވެ.
13 Jul 2024
ރިޕޯޓް
ބިދޭސީންގެ މައްސަލަ- އަޅުގަނޑުގެ ޚިޔާލު!
މި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކޮބައިތޯ ސަބަބުވެރި އިންސާނެއްގެ ގާތުގައި ސުވާލުކޮށްފިނަމަ، ޖަވާބާމެދުގައި ވިސްނާކަށް ދެތިން ސިކުންތުވެސް ނުނަގާނެކަން ޔަޤީނެވެ. އެންމެންގެވެސް ޖަވާބަކަށް ވާނީ ބިދޭސީންގެ މައްސަލައެވެ. މިކަމަށް އަޅުގަނޑުވެސް އެއްބަސްވަމެވެ. ހުސްވި އަހަރު އޮތް ބޯހިމެނުމުގެ ތަފާސްހިސާބުން ފެންނަނީ ރާއްޖޭގެ އާބާދީގެ ކޮންމެ ތިން މީހަކަށް އެއް ބިދޭސީ ރާއްޖޭގައި އުޅޭކަމަށެވެ. ޢަދަދުގެ ގޮތުންނަމަ ދެލައްކަ ފަންސާސްހާހަށްވުރެ ހެޔޮވާނެއެވެ. އެ އެންމެންގެ ތެރޭގައި ނުގަވާޢިދަށް އުޅޭ ބިދޭސީންގެ ޢަދަދު ބައިލައްކައަށްވުރެ މައްޗެވެ.
13 Jul 2024
ރިޕޯޓް
ދިވެހި ފުޓްބޯޅައަށް ކުރެވޭ އިންވެސްޓްމަންޓް ބޮޑު – އުފެދޭ ކުޅުންތެރިން މަދުވެ، ޝައުޤާއި ފޯރިކުޑަވެ، ހޯދޭ ނަތީޖާވެސް ދަށް
ކުޅިވަރެއްގެ ގޮތުން ފުޓްބޯޅައަކީ ޢިލްމާއި، ހުނަރާއި، ތަޖުރިބާއާއި، ލޯތްބާއި، އެކުވެރިކަމާއި، އުފަލާއި، ހިތާމަޔާއި އަދި ރިވެތި އަޚްލާޤުން ވަށާޖެހިފައިވާ އިޖުތިމާޢީ ވަރުގަދަ ބޮޅެކެވެ. ދިވެހިންނަކީ ފުޓްބޯޅައާއި ހެދި ދަންޖެހޭ ބައެކެވެ. އެންމެ ގިނަ ދިވެހިން ކުޅޭ އަދި ބަލާހިތްވާ ކުޅިވަރަކަށް ވާނީވެސް ފުޓްބޯޅަކަން ޔަޤީނެވެ. އަވަށްޓެރި ސިލޯނުން ދަރިވަރުވެގެން ދިވެހިން ފުޓްބޯޅަ ކުޅޭތާ މިހާރު 74 އަހަރު ވީއެވެ. މާތް ﷲ އިރާދަކުރެއްވިއްޔާ މިއަންނަ އަހަރަކީ ދިވެހި ފުޓްބޯޅައިގެ އަލިމަސް ޔޫބީލް (ޑައިމަންޑް ޖުބިލީ) އަހަރެވެ. ތާރީޚުން އެނގޭ ގޮތުގައި، ރާއްޖެއާއި ސްރީލަންކާގެ ފުޓްބޯޅައިގެ ގުޅުމުގެ ފެށުމަކީ 1950 ވަނަ އަހަރުގެ ކުރީކޮޅު ރާއްޖެ ގެންނެވި ސްރީލަންކާގެ ފުޓްބޯޅަ އިންސްޓްރަކްޓަރު މައިކަލް ޑި ސިލްވާ އެވެ. ރާއްޖޭގެ ކުރީގެ ރައީސް މަރްޙޫމް މުޙައްމަދު އަމީންގެ ދައުވަތަކަށް ވަޑައިގެންނެވި ޑިސިލްވާ މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންނަށް ފުޓްބޯޅައިގެ އަސާސީ ތަމްރީންތައް ދެއްވިއެވެ. ތިއަރީ ކްލާސްތަކާއި ޕްރެކްޓިކަލް ސެޝަންތައްވެސް ނަންގަވައިދެއްވިއެވެ. އެ ބިންގަލުގެ މައްޗަށް ދިވެހި ފުޓްބޯޅަ ކުރިލާ ހެދެމުންއައީ ވަރަށް ބާރަށެވެ. ނަތީޖާއެއްގެ ގޮތުން 2000 ގެ އަހަރުތައް ފެށުނު ހިސާބުން، ފުޓްބޯޅަ ރޭހުގައި ރާއްޖެއިން ސްރީލަންކާ ފަހާލިއެވެ. އަދި އާބާދީ ކުޑަނަމަވެސް ސަރަޙައްދުގެ ފުޓްބޯޅައިގެ ބާރަކަށް ވެއްޖެއެވެ. ސަރުކާރާއި، ކުލަބުތަކާއި، އަދި ރައްޔިތުން އެންމެ ބޮޑު ޝައުޤަކާއި، އަހުމިއްޔަތުކަމެއް ދޭ ކުޅިވަރަށް ފުޓްބޯޅަ ވެއްޖެއެވެ.
13 Jul 2024
ކުޅިވަރު
އާރު.ޓީ.އެލް ފެރީގެ ޚިދުމަތް ރަނގަޅު، އެކަމަކު ދަތުރުކުރާ މަގުތައް މުރާޖާކުރަންޖެހޭ.
ސަރުކާރުގެ ދަތުރުފަތުރުގެ ސިޔާސަތުގެ ދަށުން އެމް.ޓީ.ސީ.ސީ އާއި ޙަވާލުކުރައްވައިގެން ކުރިއަށްގެންދަވާ ''އާރް.ޓީ.އެލް ފެރީ'' ގެ ޚިދުމަތް ހއ. އަތޮޅުގައި ދެއްވަން ފެއްޓެވުމުން ރައްޔިތުން ނުހަނު ބޮޑަށް އުފާކޮށް ޝުކުރުވެރިކަމާއެކު ޚިދުމަތް ބަލައިގަނެއެވެ. ހއ. އަތޮޅަކީ ގުދުރަތީ ގޮތުން ދެ ބަޔަކަށް ބައިވެފައި އޮތް ރާއްޖޭގެ ނިސްބަތުން ހަތަރުވަނައަށް އެންމެ އާބާދީ ބޮޑު އަތޮޅެވެ. މި އަތޮޅުގެ ވެރިކަންކުރާ ރަށް ދިއްދޫ އޮންނަނީ އަތޮޅުގެ ދަށްބިތުގައެވެ. އިރެއްގައި އަތޮޅުގެ އެހެން ހުރިހާ ރަށަކުން ދިއްދޫއަށް ބަރޯސާވެފައި އޮތް މިންވަރަށް މިއަދު ބަރޯސާވާކަށް ނުޖެހެއެވެ. ކުރިން ޞިއްޙީ ފަރުވާ ހޯދުމަށް އަތޮޅު ހޮސްޕިޓަލަށް ދާންޖެހޭއިރު، މުވައްޒަފުންގެ މުސާރަކޮޅާއި ބަޖެޓް ފައިސާކޮޅު ނަގަން ދާންޖެހެނީވެސް ދިއްދޫއަށެވެ. ކަމާކަންފަށައި ވިޔަފާރިކަމުގައި ދިއްދޫއަށް ދާންނުޖެހުނަސް ހޮސްޕިޓަލަށް ނޫނީ ބޭންކަށް ދާ ދަތުރުތަކުގައި އަންނަނީ ހިސާބަކަށް ވިޔަފާރި ކޮށްގެންނެވެ. ކުރިން ދެންނެވިހެން އަތޮޅު ވެރިކަންކުރާ ރަށަށް ދާންޖެހޭލެއް މަދުވެއްޖެއެވެ. މައިގަނޑު ސަބަބަކީ އެންމެ ފުރިހަމަ ރަހަތަކާއެކު ނޫނަސް ޒަރޫރީ ބައެއް ޚިދުމަތްތައް އަތޮޅުގެ ހުރިހާ ރަށަކުން ލިބޭތީއެވެ.
13 Jul 2024
ރިޕޯޓް