މީޑިއާ މައުރަޒު 2024

ރައީސުލްޖުމްހޫރިއްޔާގެ ނައިބު "މީޑިއާ މައުރަޒު 2024" އިފުތިތާޙުކޮށްދެއްވައިފި

އައިޝަތު ޝިއުރާ
21 Jul 2024
ހަބަރު

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރިއަށްގެންދާ "މީޑިއާ މައުރަޒު 2024' ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިފުތިތާޙުކޮށްދެއްވައިފިއެވެ.

އިސްލާމީ މަރުކަޒުގައި ކުރިއަށްދާ މި މައުރަޒު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިފުތިތާޙުކޮށްދެއްވީ މިއަދު މެންދުރުފަހުއެވެ.

މީޑިއާ މައުރަޒު 2024 އަކީ ފާއިތުވި 8 މަސް ދުވަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައިވާ އިސްލާމީ ދާއިރާއިން ހާސިލްކުރެވިފައިވާ ކަންކަން މީޑިއާއާއި ހިއްސާކުރުމަށްޓަކައި ބާއްވާ މައުރަޒެކެވެ. މި މައުރަޒު ކުރިއަށްދާނީ މާދަމާ 22 ޖުލައި 2024 ވާ ހޯމަ ދުވަހުގެ އިރުއޮއްސި 6 ޖަހަންދެނެވެ.

މި މައުރަޒު އިފުތިތާޙުކޮށްދެއްވުމަށްފަހު ރައީސުލްޖުމްހުރިއްޔާގެ ނައިބު ވަނީ ވަކިވަކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި މައުލޫމާތު ސާފުކުރައްވާފައެވެ.

މި މައުރަޒުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ކޮންމެ ސެކްޝަނެއްގެ ވަކިވަކި ސްޓޯލް ތައްޔާރުކޮށްފައިވެއެވެ. އަދި ޤުރުއާނާބެހޭ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސް އަދި ފަތުވާ މަޖިލިސް ހިމެނޭހެން ޖުމްލަކޮށް މި މައުރަޒުގައި ހިމެނެނީ 9 ސްޓޯލެވެ. އަދި މީގެން ކޮންމެ ސްޓޯލަކުންވެސް އެ ދާއިރާއަކުން ކުރަމުންދާ މަސައްކަތްތަކާއި މިހާރު ހާސިލްކުރެވިފައިވާކަންކަމާއި އަދި ކުރިއަށް ރޭވިފައިވާ ކަންކަން ހިއްސާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މި މައުރަޒުގައި "ސްޓެޓިސްޓިކްސް" ނުވަތަ ތަފާސްހިސާބު ދައްކައިދިނުމަށާއި މައުލޫމާތު ކުރުކޮށް ފަސޭހަކޮށް ފޯރުކޮށްދިނުމަށް ޕޯސްޓަރުތައް ބަހައްޓާފައިވެއެވެ.

މިއީ މިފަދަ ގޮތަކަށް މީޑިއާއަށް ޚާއްޞަކޮށް މައުރަޒެއް މިނިސްޓްރީއަކުން ބާއްވާ ފުރަތަމަ ފަހަރެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު