ބީއެމްއެލް އެޕް ބެނުންކުރާ މަންޒަރު - ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އެޕް ބޭނުން ކުރުމުގައި މައްސަލަތަކެއް ދިމާވެއްޖެ

އަލީ ޝާހީން
13 Jul 2024
ހަބަރު

ރާއްޖޭގެ ގިނަބަޔަކު ހިދުމަތް ހޯދަމުންދާ ބޭންކް އޮފް މޯލްޑިވްސްގެ އެޕް ބޭނުންކުރުމުގައި މައްސަލަތަކެއް ދިމާވެއްޖެއެވެ. 

ބޭންކް އޮފް މޯލްޑިވްސް ގެ މޯބައިލް ބޭންކިން އެޕް ބޭނުން ކުރުމުގައި މައްސަލަތަކެއް އުޅެކަމަށް ގިނަބަޔަކު ސޯޝިއަލް މީޑިއާ ގައި އެކަން ހިއްސާ ކުރަން ފަށައިފިއެވެ. އެއްބަޔަކަށް އެޕް މެދުވެރިކޮށް ރުފިޔާ ޓްރާންސްފާ ނުކުރެވޭއިރު އަނެއްބަޔަކަށް އެޕަށް ނުވަދެވެއެވެ. ސޯޝިއަލް މީޑިއާގައި އާންމުން ކޮށްފައިވާ ޕޯސްޓް ތަކުން ހާމަވާގޮތުގައި ބައެއް މީހުންގެ އެކައުންޓަށް ވަދެވުނު ނަމަވެސް އެކައުންޓުގައި ފައިސާ ހުރިކަމަކަށް ނުދައްކައެވެ. އަދި ބައެއްމީހުންގެ ފައިސާ ހުރި ކަމަށް ދެއްކި ނަމަވެސް ރުފިޔާ ޓްރާންސްފާ ނުކުރެވެއެވެ. 

ބީއެމްއެލް އެޕް ބޭނުންކުރުމުގައި ދަތިތަށް ދިމާވުން ވަނީ އާންމުކަމަކަށް ވެފައިކަމަށް ގިނަބަޔަކު ބުނަމުން ދިޔަ ނަމަވެސް މި މައްސަލަ އާއި ގުޅިގެން ބީއެމްއެލް ގެ އެއްވެސް ބަހެއް އަދި ލިބިފައެއް ނުވެއްެވެ. މިއަދު އެޕް ބޭނުންކުރުމުގައި މައްސަލަތަކެއް ދިމާވެފައިވާއިރު މީގެ 2 ދުވަސް ކުރިން ބީއެމްއެލް ކާޑު ގެ ހިދުމަތްވެސް ކެނޑިފައިވެއެވެ. 

ކޮމެންޓް
ޭެމަރްޔަމް ހުދާ
ކީއްވެ ލެޓިންއިން ނުލިޔެވެނީ؟ ރަނގަޅު ކޮށްލާ!
14 Jul 2024
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު