އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ

ސިހުރުގެ މައްސަލައިގައި ހައްޔަރުކުރި ޝަމްނާޒު ދޫކޮށްލައިފި

އަލީ ޝާހީން
13 Jul 2024
ހަބަރު

ސަރުކާރުގެ އިސްވެރިޔަކަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ އާއި އޭނާގެ ކޮއްކޮ ދޫކޮށްލައިފިއެވެ.

ސިހުރު ހެދިކަމުގެ ތުހުމަތުގައި ޖުލައި 23 ވަނަ ދުވަހު 3 މީހަކު ހައްޔަރުކޮށްފައިވެއެވެ. ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ އާއި އޭނާގެ ކޮއްކޮ އެންވަޔަރަމަންޓް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ސަނާ ހިމެނެއެވެ. 

 އެމައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ ޖޫން 23 ވަނަ ދުވަހު ފުލުހުން ތަހުގީގު ކުރަން ފެށި މައްސަލައާއި ގުޅިގެން ހައްޔަރު ކުރި 40 އަހަރުގެ އަންހެން މީހާއާއި 26 އަހަރުގެ އަންހެން މީހާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ ދޫކޮށްލާފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ހައްޔަރު ކުރި ފިރިހެން މީހާ މި މަހު 1 ވަނަ ދުވަހު ދޫކޮށްލާފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. 

މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުން ދޫކޮށްލާފައިވަނީ ކޯޓުން ބަންދަށް ޖެހި މުއްދަތް ހަމަވުމުންނެވެ. އެގޮތުން ކޯޓުން ހައްޔަރު ކުރި މީހުންނަށް ފުރަތަމަ ބަންދަށް ޖަހާފައިވަނީ ހަތް ދުވަހެއެވެ. އަދި އޭގެ ފަހުން ބަންދު އިތުރުވެސް ކޮށްފައިވެއެވެ. 

މީގެ އިތުރުން ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރެވުނު މީހުން ހައްޔަރުން ދޫކުރިނަމަވެސް މައްސަލައިގެ ތަހުޤީގު ކުރިޔަށް ގެންދާނެ ކަމަށެވެ. 

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު