އެމްކިއުއޭއިން އެމްއެންޑީއެފް އާއިއެކު މަޝްވަރާ ކޮށްފި

އައިޝަތު ޝިއުރާ
23 Jul 2024
ހަބަރު

މޯލްޑިވިސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެޕް) އިން ކުރިއަށްގެންދާ ކޯސްތަކާއި ތަމްރީން ޕްރޮގްރާމްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މޯލްޑިވިސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އާއި ބައްދަލުކުރައްވައިފިއެވެ.

މިމަހުގެ 21 ވީ އާދީއްތަ ދުވަހު އެމް.ކިޔު.އޭގައި ބޭއްވުނު މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ އެމް.އެން.ޑީ.އެފްގައި ހިންގާ ކޯސްތަށް އޮޑިޓްކޮށް، އެކޯސްތަށް ކުރިއަށް ގެންދިއުމުގައި އެމް.ކިއު.އޭއާއި ގުޅޭ ކަންކަމާމެދު މަޝްވަރާކުރުމެވެ. އެމް.ކިއު.އޭ ޕްރޮޤްރާމް އޮޑިޓްކުރުމުގެ ބެނުމަކީ އެމް.އެން.ޑީއެފްގެ ދަށުން ދިވެހިރާއްޖޭގެ ސިފައިން ތަމްރީނުކުރުމަށް ކުރިއަށްގެންދާ ކޯސްތަކަކީ އެމް.ކިއު.އޭގެ ޤަވާޢިދުތަކާއި އުސޫލުތަކަށް އެއްގޮތަށް ހިންގާ ކޯސްތަކެއްކަން ކަށަވަރުކުރެއްވުމެވެ.

އެމް.އެން.ޑި.އެފްގެ ދަށުން ހިންގާ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަރޑީސް (ސީ.ޑީ.އެސް.އެސް)ގެ ކޯސްތަކުގެ ތެރޭގައި ކޯޕޮރަލް ޓްރެއިނިންގ،ލީޑަރޝިޕް ކޯސްތަކުގެ އިތުރުން ވެސް ތަފާތު އެކިއެކި ކޯސްތައް ހިމެނެއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވޮލޮޕްމަންޓް ގެ ދަށުން ހިންގާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން، އެކި އެކި ކޮލެޖް، އިންސްޓިޓިއުޓް ތަކުގެ އިތުރުން މުއައްސަސާތަކާއި އެކު ބައްދަލުވުންތައް ބާއްވާ، އެ އިދާރާތަކުން ހިންގާ ކޯސްތަކަކީ ފެންވަރު ރަގަޅު ކޯސްތަކަކަށް ހެދުމަށް ބޭނުންވާ އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު