ހަމަލާއަށް ފަހު ޓްރަމްޕް

އެމެރިކާގެ އިދިކޮޅު ރިޔާސީ ކެނޑިޑޭޓަށް ބަޑިން ހަމަލާދީ ޒަހަމްކޮށްލައިފި!

އަލީ ރިޒާ
14 Jul 2024
ދުނިޔެ

އެމެރިކާގެ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ޓްރަމްޕް ސިޔާސީ ހަރަކާތެއްގައި ވާހަކަ ފުލު ދައްކަވަން ހުއްޓައި ބަޑިން ހަމަލާދީ އެމަނިކްފާން ޒަހަމް ކޮއްލައިފިއެވެ. މި ހަމަލާގައި ޓްރަމްޕްގެ ފުރާނަ ސަލާމަތްވި ކަމުގައި ވީނަމަވެސް އެމަނިކްފާންގެ ކަންފަތަށް ވަޒަން އަރައި ވަނީ ޒަހަމްވެފައެެވެ.

މި ހަމަލާގައި އިތުރު 2 މީހެއްގެ ގަޔަށް ވަޒަން އަރައި އެ ދެމީހުން ގެ ހާލު ވަރަށް ސީރިއަސް ކަން އެމެރިކާގެ ސީކްރެޓް ސާވިސްގެ އޮފިޝަލަން ވަނީ އެމެރިކާގެ ނޫސްތަކަށް ކަށަވަރު ކޮށްދީފައެވެ.

އަދި މި ހަމަލާއާއި ގުޅިގެން އެމެރިކާގެ މިހަރުގެ ރައީސް ޖޯ ބައިިޑަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ މިފަދަ ހަމަލާތައް ކުއްވެރިކުރާކަމަށާއި، އަދި މި ހަމަލާއިން ޓްރަމްޕް ސަލާމަތް ވުމުން އުފާކުރާކަމަށެވެ. 

މި ހަމަލާ ދިން މީހާ ހަމަ އެވަގުތު ސީކްރެޓް ސާވިސްގެ އޮފިޝަލުން ރައްދުގައި ދިން ހަމަލާގައިވަނީ މަރުވެފައެވެ. 

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު