އަލީ ރިޒާ
ޖާނަލިސްޓް
އަލީ ރިޒާ
މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެމްއައިބީގެ ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް
މޯލްޑިވްސް އިސްލާމިކް ބޭންކުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ. ނިމިދިޔަ ކުއާޓަރުގައި އެބޭންކުން 79.39 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ހޯދިއިރު މިއީ މިދިޔަ އަހަރުގެ މި ކުއާޓަރާއި އަޅާ ބަލާއިރު 97.48 % ގެ ކުރިއެރުމެކެވެ.
01 Aug 2024
ހަބަރު
ޔޫރޯ 2028 އޮންނާނީ ކޮން ގައުމެއްގައި؟
ފޯރިގަދަ މެޗުތަކަކަށް ފަހު ޔޫރޯ 2024 ނިމިގެން ދިޔައީ އިނގިރޭސިންނަށް ހިތްދަތިކަން ގެނެސްދޭފައެވެ. ދެ ފައިނަލުގައި ކުޅެ ބަލިވި އިނގިރޭސިންނަށް ލިބުނު ހަމައެކަނި ހިތް ހަމަ ޖެހުމަކީ ޔޫރޯ 2028 ކޯ ހޮސްޓެއްގެ ގޮތުން އެގައުމުގައި ބޭއްވުމެވެ. ޔޫރޯ 2028 އޮންނާނީ އިނގިރޭސި ވިލާތާއި އަޔަރލޭނޑުގައެވެ. މި މުބާރާތް މިހާރު ފެށުމަށް ތާވަލު ކޮއްފައިވަނީ 2028 ވަނަ އަހަރުގެ ޖޫން 9 އިން ޖުލައި 9 އަކަށެވެ. ނަވަމެސް މި ތާރީޚް ބަދަލުވުމަކީ އެކަށީގެންވާކަމެކެވެ. 2028 އަށް އިނގިރޭސި ވިލާތް މިހާރުވެސް ތައްޔާރުވާން ފަށާފައިވާއިރު ކުރަން ޖެހޭ މަސައްކަތް ނުހަނު ގިނައެވެ. އެގޮތުން ގިނަ ދަނޑުތަކެއް މަރާމާތު ކުރަން މިހާރުވެސް ވަނީ ޝެޑިއުލް ކުރެވިފައެވެ.
16 Jul 2024
ކުޅިވަރު
މާޓިނޭޒް އާޖެންޓީނާ މޮޅުކޮއްދީ ތަށި އުފުލާލައިފި
ކޮޕާ އެމެރިކާ ފައިނަލްގައި އާޖެންޓީނާ އަދި ކޮލަމްބިއާ ބައްދަލު ކުރި މެޗު އާޖެންޓީނާ ކާމިޔާބު ކޮއްފިއެވެ. މި މެޗު އާޖެންޓީނާ ކާމިޔާބު ކުރީ 1-0 ލަނޑުންނެވެ.މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ލަނޑެއް ނުޖެހުމުގެ ސަބަބުން އިތުރު ވަގުތު ކުޅެން ޖެހުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަ ވެރި ވަރުގަދަ ކުޅުމެއް ފެނުނު ކަމުގައިވިޔަސް އެއްވެސް ޓީމަކަށް ލަނޑެއް ޖެހޭ ގޮތް ނުވިއެވެ. ނަތީޖާއަކަށް ވީ އިތުރު ވަގުތު ކުޅެންޖެހުމެވެ. މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު މެޗުގެ 112 ވަނަ މިނެޓުގައި ޖަހައިދިނީ މާޓިނޭޒްއެވެ.
15 Jul 2024
ކުޅިވަރު
ސިޔާސީގޮތުން ހިޔާލު ތަފާތު ވީ ނަމަވެސް ގައުމަށް ގެއްލުންވާ ފަދަ ކަންކަން ކޮށްގެން ނުވާނެ- ހެލްތު މިނިސްޓަރ
މިރޭ ޕީޕީއެމް، ޕީއެންސީ ޖަގަހަ ޖަލްްސާގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ޙަލީލް ވިދާޅުވީ ރިޔާސީ ކްންޕޭން ދުވަސްވަރުގައި ޑރ. މުޢިއްޒް ވައުދުވެ ވަޑައުގެންނެވި ކަންކަން އަންނަނީ ފުއްދަވަމުން ކަމަށާއި، އަދި ވަކި ޙާއްސަކަމެއް ދެއްވައިގެން އަމަނިކްފާން އަނަންނީ ޤައުމުގެ އިޤްތިސޯދް ހަމަޔަކަށް އެޅުވުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރައްވަމުންކަމަށެވެ.  އަދި އިތުރަށް މިނިސްޓަރ ވިދާޅުވީ ލިބޭ އެއްޗަކަށްވުރެން އެތުރަށް ޚަރަދު ކުރުމަކީ އާންމު ދިރި އުޅުމުގައިވެސް ކުރަން ދަތިކަމެއް ކަމަށާއި އަދި ހަމަ އެކަން ޤައުމުގެ ކަންކަން ހިންގާ ރޭވުމުގައިވެސް ދިމާވާނެ ކަމަށެވެ. އަދި ލޯނާއި ފައިނޭންސް ފެސިލިޓީގެ ބޭނުންވެސް ކުރެވޭނީ ވަކިވަރަކަށް ކަމަށް ވިދާޅުވަމުން އެމަނިކްފާން ވިދާޅުވީ ވޭތުވެ ދިޔަ 5 އަހަރުގައި ޤައުމުގެ ކަން ކަން ކުރިއަށްގެން ގޮސްފައިވަނީ އެއްވެސް ކަހަލަ ރޭވުންތެރިކަމެއް ނެތި ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ޑރ. މުޢިއްޒު ވެރިކަމުގެ ހުވާ ކުރެއްވި އިރު ގައުމުގެ ދަރަނި 124 ބިލިއަންއަށް އަރަފައިވެއެވެ.
14 Jul 2024
ހަބަރު
އަނިޔާވެރިކަމަށް ޖާގަ ނެތް، ހަމަލާ ކުށްވެރިކުރަން: ރައީސް ޑރ. މުޢިއްޒު
އެމެރިކާގެ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ޑޮނާލްޑު ޓްރަމްޕަށް މިއަދު ދިން ބަޑީގެ ހަމަލާ ކުއްވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގަ ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ: "ސިޔާސީ ކަންކަމުގައި އަނިޔާވެރި ކަމަކަށް ޖާގައެއް ނެތް، އަދި އެއްވެސް ތާކު ހަމަނުޖެހުމަށް ޖާގަދޭކަށް ނޭދެން، ޓްރަމްޕް އާއި އޭނާގެ އާއިލާއަށާއި އަދި އެ ހާދިސާގައި ގެއްލުންވި އެންމެންނަށް ހެޔޮގޮތް އެދެެން "
14 Jul 2024
ހަބަރު
ބޮޑު ތައްޓެއްގައި އަތް ނުލެވި 58 އަހަރު- އެކަން ބަދަލު ކުރަން އިނގިރޭސިން ގަދަ އަޒުމެއްގައި
މިރޭގެ ފައިނަލާއި ކުރިމަތިލާއިރު އިނގިރޭސި ޓީމު އޮތީ ރަނގަޅު ފޯމެއްގައެވެ. މިރޭގެ މެޗު ކާމިޔާބުކޮށް އިނގިރޭސިންނަށް ތަށި ކާމިޔާބު ކުރެވިއްޖެނަމަ އެތަށް ގޮތަކުން ތާރީހް ބަދަލުކުރެވޭނެއެވެ. 58 އަހަރުގެ އިންތިޒާރު ނިމުމުގެ އިތުރުން ގައުމުން ބޭރުގައި އިނގިރޭސިންނަށް ބޮޑު ތައްޓެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން މި ހުރިހާ ކަމެއް ބަދަލުކޮއް އިނގިރޭސިންނަށް ތަށި ކާމިޔާބު ކުރުމުގައި ޓީމު އޮތް އިރު ސަޕޯޓަރުންވެސް ދަނީ މިރޭގެ މެޗަށް ތައްޔާރުވަމުނެވެ.
14 Jul 2024
ކުޅިވަރު
އެމެރިކާގެ އިދިކޮޅު ރިޔާސީ ކެނޑިޑޭޓަށް ބަޑިން ހަމަލާދީ ޒަހަމްކޮށްލައިފި!
އެމެރިކާގެ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ޓްރަމްޕް ސިޔާސީ ހަރަކާތެއްގައި ވާހަކަ ފުލު ދައްކަވަން ހުއްޓައި ބަޑިން ހަމަލާދީ އެމަނިކްފާން ޒަހަމް ކޮއްލައިފިއެވެ. މި ހަމަލާގައި ޓްރަމްޕްގެ ފުރާނަ ސަލާމަތްވި ކަމުގައި ވީނަމަވެސް އެމަނިކްފާންގެ ކަންފަތަށް ވަޒަން އަރައި ވަނީ ޒަހަމްވެފައެެވެ. މި ހަމަލާގައި އިތުރު 2 މީހެއްގެ ގަޔަށް ވަޒަން އަރައި އެ ދެމީހުން ގެ ހާލު ވަރަށް ސީރިއަސް ކަމަށް އެމެރިކާގެ ސީކްރެޓް ސާވިސްގެ އޮފިޝަލަކް ވަނީ އެމެރިކާގެ ނޫސްތަކަށް ކަށަވަރު ކޮށްދީފައެވެ.
14 Jul 2024
ދުނިޔެ