އިނގިރޭސި ޓީމް

ބޮޑު ތައްޓެއްގައި އަތް ނުލެވި 58 އަހަރު- އެކަން ބަދަލު ކުރަން އިނގިރޭސިން ގަދަ އަޒުމެއްގައި

އަލީ ރިޒާ
14 Jul 2024
ކުޅިވަރު

2020 ވަނަ އަހަރު ޔޫރޯ ފައިނަލުގައި އިޓަލީއާއި ވާދަކޮށް ހިތްދަތި ގޮތަކަށް ބަލިވި އިނގިރޭސިން މިރޭ އަނެއްކާވެސް މި ކުރިމަތި ލަނީ ޔޫރޯގެ ފައިނަލަކާއިއެވެ. އެ ހިތްދަތިކަން ހަނދާން ނައްތާލާ 58 އަހަރު ބޮޑު ތައްޓެއްގައި އަތް ނުލެވި ދިޔުން މާޒީއަށް ހެދުމަށެވެ.

މިރޭގެ ފައިނަލާއި ކުރިމަތިލާއިރު އިނގިރޭސި ޓީމު އޮތީ ރަނގަޅު ފޯމެއްގައެވެ. މިރޭގެ މެޗު ކާމިޔާބުކޮށް އިނގިރޭސިންނަށް ތަށި ކާމިޔާބު ކުރެވިއްޖެނަމަ އެތަށް ގޮތަކުން ތާރީހް ބަދަލުކުރެވޭނެއެވެ. 58 އަހަރުގެ އިންތިޒާރު ނިމުމުގެ އިތުރުން ގައުމުން ބޭރުގައި އިނގިރޭސިންނަށް ބޮޑު ތައްޓެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން މި ހުރިހާ ކަމެއް ބަދަލުކޮއް އިނގިރޭސިންނަށް ތަށި ކާމިޔާބު ކުރުމުގައި ޓީމު އޮތް އިރު ސަޕޯޓަރުންވެސް ދަނީ މިރޭގެ މެޗަށް ތައްޔާރުވަމުނެވެ.

މިރޭގެ މެޗު ބެލުމަށް 50،000 އިނިގިރޭސި ސަޕޯޓަރުން ދަނޑަށް ވަންނާނެކަމަށް ލަފާ ކުރެވެއެވެ. މި މެޗާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން އިނގިރޭސި ކޯޗު ސައުތުގޭޓް ބުނީ "ޓީމާއިމެދު ފަހުރުވެރި ވާކަމަށާއި، ގައުމުން ބޭރުގައި ފައިނަލް ކުޅެން ލިބުމަކީވެސް ފަހުރެއް ކަމަށެވެ."

މިރޭގެ މެޗާއި ކުރިމަތިލާއިރު ސްޕެއިންވެސް އޮތީ ރަނގަޅު ފޯމެއްގައެވެ. ރީތި ހިތްގައިމު ކުޅުމަކަށްފަހު ފްރާންސް ހަމަބިމަށް ތިރިކޮށް ފައިނަލަށް އައި ސްޕެއިން ހުއްޓުވަން އިނގިރޭސިންނަށް ފަސޭހައެއް ނުވާނެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު