އެމްއައިބީ ބިޒްނަސް ސެންޓަރު

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެމްއައިބީގެ ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް

އަލީ ރިޒާ
01 Aug 2024
ހަބަރު

މޯލްޑިވްސް އިސްލާމިކް ބޭންކުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ. ނިމިދިޔަ ކުއާޓަރުގައި އެބޭންކުން 79.39 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ހޯދިއިރު މިއީ މިދިޔަ އަހަރުގެ މި ކުއާޓަރާއި އަޅާ ބަލާއިރު 97.48 % ގެ ކުރިއެރުމެކެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްއައިބީއަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 56 މިލިއަން ރުފިޔާއެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ބޭންކަށް ޖަމާކުރި ފައިސާގެ އަދަދު ވަނީ 8.21 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މި އަދަދު ހުރީ 7.58 ގައި ކަން ފާހަގަ ކޮއްލެވެއެވެ. މި އަދަދުތަޖަށް ބަލާއިރު އެބޭންކުގައި ފައިސާ ރައްކާކުރާވަރު ބޮޑުތަނުން އިތުރުވެފައިވާކަން ފާހަގަ ކޮއްލެއެވެ.

ކާމިޔާބީގެ ފަހަތުގައި ރައްޔިތުންގެ އިތުބާރު

އިގްތިސާދީ ދަތި ދަނޑިވަޅެއްގައިވެސް މިފަދަ ބޮޑު ކާމިޔާބީއެއް އެމްއައިބީއިން ހޯދާފައިމިވަނީ ރާއްޖޭގެ ބޭންކިން ނިޒާމަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނެސްދީ ރައްޔިތުންގެ އިތުބާރު ހޯދައިގެންނެވެ. މިއަދު އެމްއައިބީއަކީ ޒުވާނުންގެ އިހްތިޔާރީ ބޭންކެވެ. ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމާއި، އަމިއްލައަށް އިންޓަނެޓް ބޭންކިން ސެޓްޕް ކޮއްލެވުމާއި، ވަގުތުން ކާޑު ލިބުމުގެ އިތުރަށް އެމްއައިބީގެ ހިދުމަތުގެ ސަލާމަތީ ކަންކަމުގެ ހަރުދަނާކަން މިއީ މީގެ ސިއްރެވެ.

އަލަށް ވިޔަފާރި ފަށާ ޒުވާނުން މިއަދު އިހްތިޔާރު ކުރަނީ އެމްއައިބީއެވެ. އެކި ވުޒާރަތަކުން ދޭ ލިޔުން ޕްރިންޓުކޮއް އޮޅުން ބޮޅުން ބޮޑު ބޯޑު ރިސޮލިއުޝަންތަށް އެއްފަރާތްކޮށް މުޅިން އޮންލައިންކޮށް  އެބޭންކުގައި މިއަދު އެކައުންޓު ހުޅުވެއެވެ.

އެމްއައިބީގެ މި ކާމިޔާބަަކީ މި އިންގިލާބީ ބަދަލުތައް ރައްޔިތުން ބަލައިގަންނަ ކަމުގެ ހެއްކެކެވެ. އެމްއައިބިން ދަނީ ރައްޔިތުން ބޭނުންވާނެ ފަދަ ގިނަ ބަދަލުތަކެއް ގެނެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެބޭންކުގެ ހިދުމަތް ފުޅާކުރަމުންނެވެ.

ކޮމެންޓް
އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާ ށ. ފޭދޫ ކައުންސިލާއި އ.ތ.މ. ކޮމިޓީ އާއި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. ފޭދޫ ކައުންސިލާއި އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ފޭދޫ ޞިއްޙީ މަރުކަޒުގައެވެ.
14 Oct 2025
ހަބަރު
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންސްތައް އާ ޓާމިނަލަށް ބަދަލުކުރަން ނިންމައިފި
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ ނޮވެމްބަރު މަސް ތެރޭގައި ރަސްމީކޮށް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން, ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލްގެ އޮޕަރޭޝަންސްތައް މާދަމާއިން ފެށިގެން އާ ޓާމިނަލުގެ ގްރައުންޑް ފްލޯއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓް ކޮމްޕަނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
14 Oct 2025
ހަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. ފޭދޫއަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ށ. ފޭދޫއަށް ވަޑައިގެންފިއެވެ.
14 Oct 2025
ހަބަރު
އެމްޑަބްލިޔުއެސްސީ އިން ށ.ގޮއިދޫގައި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފި
އެމްޑަބްލިޔުއެސްސީ އިން ށ.ގޮއިދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، މި ޚިދުމަތްތައް އިފްތިތާޙްކޮށްފިއެވެ.
14 Oct 2025
ހަބަރު