ހެލްތު މިނިސްޓަރ އަބްދުﷲޙަލީލް

ސިޔާސީގޮތުން ހިޔާލު ތަފާތު ވީ ނަމަވެސް ގައުމަށް ގެއްލުންވާ ފަދަ ކަންކަން ކޮށްގެން ނުވާނެ- ހެލްތު މިނިސްޓަރ

އަލީ ރިޒާ
14 Jul 2024
ހަބަރު

މިރޭ ޕީޕީއެމް، ޕީއެންސީ ޖަގަހަ ޖަލްްސާގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ޙަލީލް ވިދާޅުވީ ރިޔާސީ ކްންޕޭން ދުވަސްވަރުގައި ޑރ. މުޢިއްޒް ވައުދުވެ ވަޑައުގެންނެވި ކަންކަން އަންނަނީ ފުއްދަވަމުން ކަމަށާއި، އަދި ވަކި ޙާއްސަކަމެއް ދެއްވައިގެން އަމަނިކްފާން އަނަންނީ ޤައުމުގެ އިޤްތިސޯދް ހަމަޔަކަށް އެޅުވުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރައްވަމުންކަމަށެވެ. 

އަދި އިތުރަށް މިނިސްޓަރ ވިދާޅުވީ ލިބޭ އެއްޗަކަށްވުރެން އެތުރަށް ޚަރަދު ކުރުމަކީ އާންމު ދިރި އުޅުމުގައިވެސް ކުރަން ދަތިކަމެއް ކަމަށާއި އަދި ހަމަ އެކަން ޤައުމުގެ ކަންކަން ހިންގާ ރޭވުމުގައިވެސް ދިމާވާނެ ކަމަށެވެ. އަދި ލޯނާއި ފައިނޭންސް ފެސިލިޓީގެ ބޭނުންވެސް ކުރެވޭނީ ވަކިވަރަކަށް ކަމަށް ވިދާޅުވަމުން އެމަނިކްފާން ވިދާޅުވީ ވޭތުވެ ދިޔަ 5 އަހަރުގައި ޤައުމުގެ ކަން ކަން ކުރިއަށްގެން ގޮސްފައިވަނީ އެއްވެސް ކަހަލަ ރޭވުންތެރިކަމެއް ނެތި ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ޑރ. މުޢިއްޒު ވެރިކަމުގެ ހުވާ ކުރެއްވި އިރު ގައުމުގެ ދަރަނި 124 ބިލިއަންއަށް އަރަފައިވެއެވެ. 

އަދި އިތުރަށް އެމަނިކްފާންގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވީ ސިޔާސީ ކަންކަމުގައި ހިޔާލު ތަފާތު ވީ ކަމުގައި ވިޔަސް ޤައުމަށް ގެއްލުންވާ ފަދަ އެެއްވެސް ކަމެއް އެއްވެސް ސިޔާސީ ލީޑަރެއް ނުކުރުމަށެވެ. އަދި  ފަހަކަ އައިސް ބައެއް ސިޔާސީ ލީޑަރުން އަންނަނީ ދޮގު ހަދައި ސީދާ ރައްޔިތުންނަށް ހަޤީގަތް އޮޅުވާލަމުން ކަމަށް ވެސް ވިދާޅުވިއެވެ.  

ހެލްތު މިނިސްޓްރީގެ ކަންކަމަށް އަލި އަޅުވާލަމުން ޙަލީލް ވިދާޅުވީ  މިންސްޓަރުކަމާއި ހަވާލްވި އިރު ހެލްތްސެކްޓާގައި 57 ޕްރޮޖެކްޓެއް އެޤްރީމަންޓްކޮފައިވާ ކަމަށާއި އަދި އޭގެ ތެރެއިން 34 ޕްރޮޖެކްޓެއްގެ މަސައްކަތް އޮތީ މުޅިންހެން ހުއްޓިފައެވެ. ނަމަވެސް ޑރ. މުޢިއްޒުގެ ލަފަޔާއެކު 20 ޕްރޮޖެކްޓުގެ މަސައްކަތް އަލުން ފަށާފައިވާނެ ކަމަށެވެ. އަދި މި 57 ޕްރޮޖެކްޓުގެ އަގު 600 މިލިއަނަށް އަރާކަމަށާއި އެއީ މިނިސްޓްރީގެ ކަން ކަން ހިންގުމަށް ބަޖެޓް ކޮއްފައި އޮންނަ ވަރަށް ވުރެންވެސް އިތުރު އަދަދެއް ކަން އެމަނިކްފާން ފާހަގަ ކޮށްފައި ވެއެވެ. 

ކޮމެންޓް
ޒަމީރު
ސިޔާަސީ މީހުން ޕޯޑިއަމް ތަކަށް އަރާ ތިހެން ދައްކާ ވާހަކަ ގިނަމީހުން ބަލައެއް ނުގަނެ، އެއީ ކޮންމެ މީހަކުވެސް ރައްޔިތުންނަށް އޮޅުވާލާ މަކަރު ހަދާވަރުން، އިޚްލާސްތެރި މީހަކު ސިޔާސީ ބޮޑުންގެ ތެރޭގަ ނެތީ، ދޮގުވެރިން މުޅިންވެސް.
16 Jul 2024
އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. ފޭދޫއަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ށ. ފޭދޫއަށް ވަޑައިގެންފިއެވެ.
14 Oct 2025
ހަބަރު
އެމްޑަބްލިޔުއެސްސީ އިން ށ.ގޮއިދޫގައި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފި
އެމްޑަބްލިޔުއެސްސީ އިން ށ.ގޮއިދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، މި ޚިދުމަތްތައް އިފްތިތާޙްކޮށްފިއެވެ.
14 Oct 2025
ހަބަރު
ކަނޑިތީމުގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތްވެސް ފަށައިފި
ށ. ކަނޑިތީމުގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. ކަނޑިތީމު ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފެއްޓެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަނޑީތީމަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
13 Oct 2025
ހަބަރު
ނޫމަރާގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި
ށ. ނޫމަރާގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
13 Oct 2025
ހަބަރު