ކޮޕަ އެމެރިކާ ތަށި އުފުލާލުން

މާޓިނޭޒް އާޖެންޓީނާ މޮޅުކޮއްދީ ތަށި އުފުލާލައިފި

އަލީ ރިޒާ
15 Jul 2024
ކުޅިވަރު

ކޮޕާ އެމެރިކާ ފައިނަލްގައި އާޖެންޓީނާ އަދި ކޮލަމްބިއާ ބައްދަލު ކުރި މެޗު އާޖެންޓީނާ ކާމިޔާބު ކޮއްފިއެވެ. މި މެޗު އާޖެންޓީނާ ކާމިޔާބު ކުރީ 1-0 ލަނޑުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ލަނޑެއް ނުޖެހުމުގެ ސަބަބުން އިތުރު ވަގުތު ކުޅެން ޖެހުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަ ވެރި ވަރުގަދަ ކުޅުމެއް ފެނުނު ކަމުގައިވިޔަސް އެއްވެސް ޓީމަކަށް ލަނޑެއް ޖެހޭ ގޮތް ނުވިއެވެ. ނަތީޖާއަކަށް ވީ އިތުރު ވަގުތު ކުޅެންޖެހުމެވެ. މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު މެޗުގެ 112 ވަނަ މިނެޓުގައި ޖަހައިދިނީ މާޓިނޭޒްއެވެ.

ގަވާއިދާ ހިލާފަށް ސަޕޯޓަރުން ދަނޑަށް ވަނުމުގެ ސަބަބުން މެޗުފެށުން ގަޑި އިރަކަށް ވުރެ ގިނައިރު ލަސްވި މި މެޗުގައި އާޖެންޓީނާގެ ތަރި މެސީއަށް ވަނީ އަނިޔާވެގެން ބާލާފައެވެ. ދެވަނަ ހާފުގައި މެސީގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން މެޗު ދޫކޮއް ދާން ޖެހުމުން މެސީގެ މޫނުމަތިން މާޔޫސްކަން ފެނިގެން ދިޔައެވެ. އާޖެންޓީނާ އަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެންޕިއަން ޓީމެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު