ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމް

ޔޫރޯ 2028 އޮންނާނީ ކޮން ގައުމެއްގައި؟

އަލީ ރިޒާ
16 Jul 2024
ކުޅިވަރު

ފޯރިގަދަ މެޗުތަކަކަށް ފަހު ޔޫރޯ 2024 ނިމިގެން ދިޔައީ އިނގިރޭސިންނަށް ހިތްދަތިކަން ގެނެސްދޭފައެވެ. ދެ ފައިނަލުގައި ކުޅެ ބަލިވި އިނގިރޭސިންނަށް ލިބުނު ހަމައެކަނި ހިތް ހަމަ ޖެހުމަކީ ޔޫރޯ 2028 ކޯ ހޮސްޓެއްގެ ގޮތުން އެގައުމުގައި ބޭއްވުމެވެ.

ޔޫރޯ 2028 އޮންނާނީ އިނގިރޭސި ވިލާތާއި އަޔަރލޭނޑުގައެވެ. މި މުބާރާތް މިހާރު ފެށުމަށް ތާވަލު ކޮއްފައިވަނީ 2028 ވަނަ އަހަރުގެ ޖޫން 9 އިން ޖުލައި 9 އަކަށެވެ. ނަވަމެސް މި ތާރީޚް ބަދަލުވުމަކީ އެކަށީގެންވާކަމެކެވެ. 2028 އަށް އިނގިރޭސި ވިލާތް މިހާރުވެސް ތައްޔާރުވާން ފަށާފައިވާއިރު ކުރަން ޖެހޭ މަސައްކަތް ނުހަނު ގިނައެވެ. އެގޮތުން ގިނަ ދަނޑުތަކެއް މަރާމާތު ކުރަން މިހާރުވެސް ވަނީ ޝެޑިއުލް ކުރެވިފައެވެ.

އެހެން ޔޫރޯ ތަކާއި ހިލާފަށް 2028 ވަނައަހަރުގެ ޔޫރޯ މުބާރާތުގެ ކޮލިފިކޭޝަންއަށް ބަދަލު ތަކެއް އަތުވެދާނެ ކަމުގެ އިޝާރާތެއް ޔޫއެފާއިން ވަނީ ދީފައެވެ. އެގޮތުން ގިނަ ކޮލިފައިން ގްރޫޕްތަކެއް އެކުލަވާލާ ކޮންމެ ގްރޫޕެއްގައި ތިބޭ ޓީމު މަދުކުރުމުވެ ވިސްނުމެއް ޔޫއެފާއިން ގެންގުޅެއެވެ. މި ގްރޫޕުތަކުން އެއްވަނައަށް ދާ ޓީމު ކޮލިފައިންވެ ދެވަނައަށް ދާ ބައެއް ޓީމު ކޮލިފައިވުމުގެ އިތުރުން ބާކީ ތިބި ޓީމު އިތުރު ކޮލިފައިން ބުރެއް ކުޅެން ޖެހުން ގާތެވެ.

ބައެއް ބަދަލު ފެނުނު ނަމަވެސް ޔޫރޯ 2028 އޮންނާނީ މި އަހަރުގެ ޔޫރޯ ކުޅުނު ފޯމެޓުގައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު