މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން، ޕާކިސްތާނުގެ ލާހޯރގެ ބީކަންހައުސް ނެޝަނަލް ޔުނިވާސިޓީ އިން ބެޗްލާރސް ޑިގްރީ ހާޞިލުކުރުމުގެ 2 ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފިއެވެ.
މި ސްކޮލަރޝިޕުގައި ކިޔަވަން ހުށަހެޅުމަށް ހުޅުވާލެވިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި، ބީ.އޭ (އޮނަރސް) އިންޓަރޑިސިޕިލިނަރީ އެސްކްޕޭންޑެޑް ޑިޒައިން އެންޑް އާރޓްސް (އައި.އީ.ޑީ.އޭ)،
ބީ.އެފް.އޭ ވިޝުއަލް އާރޓްސް،
ބެޗްލަރ އޮފް ޑިޒައިން ވިޝުއަލް ކޮމިއުނިކޭޝަން ޑިޒައިން
ބެޗްލަރ އޮފް ޑިޒައިން ޓެކްސްޓައިލް، ފެޝަން އެންޑް އެކްސަސޮރީ ޑިޒައިން - މި ޕްރޮގްރާމްގައި ސްޕެޝިއަލައިޒް ވެވިދާނެ ދާއިރާތަކުގެ ތެރޭގައި: ޓެކްސްޓައިލް އެންޑް ފައިބަރ، ފެޝަން، ޖުވެލްރީ އެންޑް އެކްސެސަރީސް ހިމެނެއެވެ.
މި ޕްރޮގްރާމްތަކަށް ވަނުމުގެ ޝަރުރުތަކުގެ ތެރޭގައި:
ޖީ.ސީ.އީ އޯލެވެލް ނުވަތަ އައި.ޖީ.ސީ.އެސް.ސީ އާއި އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން،
މި 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި އެހެން ފާހެއް ހާސިލުކޮށްފައިވުން
(އެހެން ފާހެއްކަމުގައި ބަލާނީ CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް ނުވަތަ IELTS އިން އޯވަރރޯލް ސްކޯރ 6.5 އިން ފެށިގެން މަތި ނުވަތަ TOEFL 550 އިން ފެށިގެން މަތި ނުވަތަ ޖީ.ސީ.އީ އޯލެވެލް ނުވަތަ އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އެހެން އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް)
ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން،
އަދި މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުމުގެ އިތުރުން، މި ސްކޮލަރޝިޕްގައި ފުރިހަމަ ކުރަން އެދޭ ޕްރޮގްރާމަކީ، މިހާރު ހޯދާފައިވާ ސަނަދަށްވުރެން މަތީ ފެންވަރުގެ ސަނަދެއް ލިބޭ ޕްރޮގްރާމެއް ކަމަށްވުމާއި، އެދޭ ފެންވަރުގެ ޕްރޮގްރާމެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ފަރާތެއްކަމުގައި ނުވުން ހިމެނެއެވެ.
މި ސްކޮލަޝިޕަށް ހުށަހެޅުމަށް، ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)، މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ، މުއްދަތު ހަމަނުވާ ޕާސްޕޯޓް ކޮޕީ (ނޮމިނޭޓްވުމުން ހުށަހެޅުމަށް)، މެޑިކަލް ސެޓްފިކެޓް (ނޮމިނޭޓްވުމުން ހުށަހެޅުމަށް)، އިޢުލާނާއިއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ކޯހުގެ ޔުނިވަރސިޓީގެ ޕްރޮސްޕެކްޓަސްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާއި ގުޅޭ ލިޔުން، ހުނަރުވެރިކަމުގެ މަސައްކަތް ހާމަވާ ޕޯޓްފޯލިއޯ (ކުރެހުން، ޑިޒައިން ކުރުން، ފޮޓޯގުރަފީ އަދި ވީޑިއޯ ފިލްމްސް) (ނޮމިނޭޓްވުމުން ހުށަހެޅުމަށް)، ޕޮލިޓެކްނިކްގައި މަސްކަތްކުރަން އެއްބަސްވާކަމުގެ ލިޔުން، ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން އަދި މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ހުށަހަޅަން ޖެހޭނެއެވެ.
މި ސްކޮލަރޝިޕަށްއެދި ހުށަހެޅުމުގެ ސުންގަނޑިއަކީ 28 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 13:30އެވެ.
އިތުރު މަޢުލުމާތު މި މިނިސްޓްރީގެ ބެވްސައިޓް http://www.mohe.gov.mv/ އަދި 1474 އަކަށް ގުޅުއްވައިގެން ލިބޭނެއެވެ. އިތުރު މަޢުލުމާތު ސާފުކުރުމަށް އީ-މެއިލް ކުރާނީ [email protected] އަށެވެ.