ބ. އަތޮޅު ބަޔޯސްފިއަރ އޭޝިއާ ސަރަޙައްދީ ކޮންޒަވޭޝަން ފޯރަމްގައި ބައިވެރިވެއްޖެ

އައިޝަތު ޝިއުރާ
03 Sep 2024
ހަބަރު

ބ. އަތޮޅު ބަޔޯސްފިއަރ އޭޝިއާ ސަރަޙައްދީ ކޮންޒަވޭޝަން ފޯރަމްގައި ބައިވެރިވެއްޖެއެވެ.

ބ. އަތޮޅު ބަޔޯސްފިއަރ ރިޒާވް އިން ވަނީ އައި.ޔޫ.ސީ.އެން ގެ 8 ވަނަ އޭޝިއާ ސަރަޙައްދީ ކޮންޒަވޭޝަން ފޯރަމްގައި ބައިވެރިވެފައެވެ. މި ފޯރަމް ބޭއްވޭނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 3 އިން 5 އަށް ތައިލެންޑުގެ ވެރިރަށް ބެންކޮކްގައެވެ. މި ފޯރަމްގައި މުޅި ސަރަޙައްދުން 600 އަށް ވުރެ ގިނަ ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާގެ އިސްވެރިން ބައިވެރިވާނެއެވެ.

"އޭޝިއާގައި ތިމާވެށި ރައްކާތެރިކުރުން އަލުން ރޭވުން: ގުދުރަތަށް ފައިދާހުރި މުސްތަޤުބަލެއް" ގެ ނަމުގައި ބޭއްވޭ މި ފޯރަމްގެ މަޤްޞަދަކީ ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ކުރެވިފައިވާ ކުރިއެރުންތައް ވަޒަންކޮށް، އިސްކަންދޭންޖެހޭ ލަނޑުދަނޑިތައް މުރާޖަޢާކޮށް، އަދި ކުރިއަށް އޮތް 20 އަހަރު ތިމާވެށްޓާއި ދިރޭތަކެތީގެ ނަސްލުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބޭނުންވާ ސްޓްރެޓެޖިކް އިރުޝާދުތައް ހުށަހެޅުމެވެ.

މި ފޯރަމްގައި ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އިތުރުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އައްޑޫ ނޭޗަރ ޕާކް އަދި ފުވައްމުލަކު ނޭޗަރ ޕާކުން ވެސް ބައިވެރިވެއެވެ. ދިވެހި ވަފުދުގެ އިސްވެރިޔަކީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮނަރަބަލް ތާރިޤް އިބްރާހީމެވެ.

މި ފޯރަމްގައި ބައިވެރިވުމަށް އައި.ޔޫ.ސީ.އެން އޭޝިއާ، އޯ.ސީ.ޕީ.ޕީ މޯލްޑިވްސް، ބީ.އޭ.ސީ.އެފް، ޔޫކޭ އިން މޯލްޑިވްސް އަދި ޑިޕާޓްމަންޓް ފޯ އެންވަޔަރަންމަންޓް، ފުޑް އެންޑް ރޫރަލް އެފެއާޒް (ޑެފްރާ) އިން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު