އެންޔޫ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންގެންދަވާ ދިވެހިންނާ ސަފީރު ޝަހީބު ބައްދަލުކުރައްވައި ހާލުބައްލަވާލައްވައިފި

އައިޝަތު ޝިއުރާ
05 Sep 2024
ހަބަރު

އިންޑިއާގެ ބެންގަލޫރޫގައި ހުންނަ އެންޔޫ ހޮސްޕިޓަލް އިން ފަރުވާ ހޯއްދަވަމުންދާ ދިވެހިންނާއި ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބު އިއްޔެ ބައްދަލުކުރައްވައި ހާލުބައްލަވާލައްވައިފިއެވެ.

އިއްޔެ ހެނދުނު އެ ހޮސްޕިޓަލްއަށް ކުރެއްވި ޒިޔާރަތުގައި، ސަފީރު ވަނީ އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ދިވެހިންގެ އިތުރުން އެ ހޮސްޕިޓަލްއަށް ފަރުވާ ހޯއްދެވުމަށް އިއްޔެ ވަޑައިގެން ތިއްބެވި ދިވެހިންނާވެސް ބައްދަލުކުރައްވާފައެވެ.

ސަފީރު އެންޔޫ ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވީ، އެހޮސްޕިޓަލްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، އެ ހޮސްޕިޓަލްއިން ފޯރުކޮށްދެމުންދާ ހިދުމަތްތައް ބައްލަވާލެއްވުމަށެވެ.

އެންޔޫ ހޮސްޕިޓަލަކީ ދިވެހިން އެންމެ ގިނައިން އޯގަން ޓްރާންސްޕްލާންޓް ހެއްދެވުމަށް ޒިޔާރަތް ކުރާ ހޮސްޕިޓަލްއެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް މި ހޮސްޕިޓަލުން 9 ދިވެހިން ވަނީ އޯގަން ޓްރާންސްޕްލާން ހައްދަވާފައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު