ޓްރޭޑިއަން ރަސްމީކޮށް ބޭނުންކުރަން ފަށަނީ ނޮވެމްބަރ 1 ން ފެށިގެން

އައިޝަތު ޝިއުރާ
05 Sep 2024
ހަބަރު

ނެޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" އިފްތިތާހުކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޓްރޭޑު ނެޓުގެ މެނޭޖިންގ ޑިރެކްޓަރ ސަޢީދާ އުމަރު ވިދާޅުވީ ޓްރޭޑިއަން ރަސްމީކޮށް ބޭނުންކުރަން ފަށާނީ ނޮވެމްބަރުމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމުގައެވެ.

ޓްރޭޑް ނެޓުގެ މެނޭޖިންގ ޑިރެކްޓަރ ސަޢީދާ އުމަރު ވިދާޅުވީ މިއީ ވިޔަފާރިވެރިންނަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ މުހިއްމު ބައެއް ކަމަށެވެ. އަދި މިހާރު އިފްތިތާހުކޮށްފައިވަނީ ސިންގަލް ވިންޑޯގެ ފުރަތަމަ ފިޔަވަހީގެ ޚިދުމަތްތައްކަމަށާއި މުޅި ސިސްޓަމް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ބޭނުންކުރަން ފެށޭނެ ކަމަށެވެ. އަދި މިފަދަ ބޮޑު ބަދަލެއް ވިޔަފާރީގެ މާހައުލަށް އަންނައިރު، އެކަމަށް ބޭނުންވާ ތަމްރީންތަކާއި ވަގުތު ވިޔަފާރިތަކަށް ދިނުމަކީ މި މަސައްކަތުގެ މުހިންމު ބައެއް ކަމުގައި ފާހަގަކުރެއްވިއެވެ.

ޓްރޭޑިއަންގެ މަސައްކަތް ކޮށްފައިވަނީ އޭޝިއަން ޑިވެލޮޕްމަންޓު ބޭންކުގެ އެހީތެރިކަމާއެކު ކްރިމްސަން ލޮޖިކާއި ހަވާލުކޮށްގެންނެވެ. މި ޕްރޮޖެކްޓަކީ އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާއާއި ޓްރޭޑް ނެޓް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި ޕްރޮޖެކްޓަކީ ދިވެހި ވިޔަފާރިވެރިންނަށް ލުއި ގޮތްތަކެއް މަގުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން، ކުރިއަށްގެންދިޔަ ވަރަށް މުހިންމު މަސައްކަތެކެވެ. މިއީ ވިޔަފާރީގެ ބޭނުންތަކަށް އެކި އިދާރާތަކުން ހޯދަމުން އައި ޚިދުމަތްތައް، އޮންލައިންކޮށް އެއް ޕްލެޓްފޯމެއްގެ ތެރެއިން ހޯދޭނެގޮތަށް ބަދަލުކޮށް، ވިޔަފާރިވެރިންނަށް ދިމާވަމުންދާ ދަތިތަކަށް ބޮޑު ލުޔެއް ގެންނާނެ ޚިދުމަތެކެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު