އޭޕީއޭޕީ ރޯޑްމެޕް މިނިސްޓަރު ތަޢާރަފުކޮށްދެއްވައިފި

އައިޝަތު ޝިއުރާ
05 Sep 2024
ހަބަރު

އޭޝިއާ ޕްރޮޓެކްޓެޑް އޭރިއާ ޕާޓްނަރޝިޕް (އޭޕީއޭޕީ) ރޯޑްމެޕް މިނިސްޓަރު ތަޢާރަފުކޮށްދެއްވައިފިއެވެ.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނަރޖީ އޮނަރަބަލް ޠާރިޤު އިބްރާހިމް، އޭޝިއާ ޕްރޮޓެކްޓެޑް އޭރިއާ ޕާޓްނަރޝިޕް (އޭޕީއޭޕީ) ރޯޑްމެޕް ފޯރ އަދަރ އިފެކްޓިވް އޭރިއާ ބޭސްޑް ކޮންޒަރވޭޝަން މެޝަރސް (އޯއީސީއެމް) ތަޢާރަފުކޮށްދެއްވައިފިއެވެ.

މި ރޯޑްމެޕް ތަޢާރަފުކޮށްދެއްވީ މިއަދު ބޭއްވުނު ރީޖަނަލް ކޮންސަރވޭޝަން ފޯރަމް 2024 އޭޝިއާގެ ތެރެއިންނެވެ. މި ފޯރަމަކީ އިންޓަރނޭޝަނަލް ޔޫނިއަން ފޯރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައިޔޫސީއެން) އާއި އައިޔޫސީއެން މޯލްޑިވްސްގެ އެހީތެރިކަމާއެކު ބޭއްވުނު ފޯރަމެކެވެ.

އޭޕީއޭޕީ ރޯޑްމެޕްގެ މަޤްޞަދަކީ އޭޝިއާ ސަރަޙައްދުގައި ދެމެހެއްޓެނިވި ގޮތެއްގައި ޤުދުރަތީ ވަސީލަތްތައް ބޭނުންކުރުމާއި، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމެވެ. މީގެ އިތުރުން، މި ރޯޑްމެޕްގެ ސަބަބުން އޭޝިއާގެ ޤައުމުތަކުގެ މެދުގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

މިނިސްޓަރ ޠާރިޤު ވިދާޅުވީ މި ރޯޑްމެޕްގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ރޯޑްމެޕްގެ ސަބަބުން އޭޝިއާގެ އެހެން ޤައުމުތަކާއެކު ގުޅުން ބަދަހިވެ، ތަޖުރިބާ ޙިއްޞާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު