މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އޭޑީބީ އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

އައިޝަތު ޝިއުރާ
09 Sep 2024
ހަބަރު

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އަދި އެ މިނިސްޓްރީގެ އިސް ބޭފުޅުން މިއަދު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާ (އޭޑީބީ) އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ސަރުކާރުގެ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ތަންފީޒުކުރުމުގެ ސްޓްރެޓެޖީއާއި، މާލީ ގޮންޖެހުންތަކާއި، ކުރިއަށްދާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގެ ޕްލޭންތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މިނިސްޓަރގެ އިތުރުން މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ އިބްރާހީމް ތޯއާމް މުޙައްމަދު، ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލް، ޗީފް އެކައުންޓްސް އެގްޒެކެޓިވް ނާޞިރާ މޫސާ، އަދި ޓެކްނިކަލް ޓީމް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން، މި ބައްދަލުވުމުގައި އޭޑީބީގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެގްޒެކެޓިވް ޑިރެކްޓަރ ޑރ. ޖަސްޓިން ޑިއޯކޯ-ސިކަޓް އަދި އެ ބޭފުޅުންގެ ޓީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި އިތުރަށް މަޝްވަރާކުރެވުނީ މިވަގުތު ހިނގަމުންދާ މަޝްރޫޢުތަކަށް ލިބިފައިވާ ކުރިއެރުންތަކާއި ގުޅޭގޮތުންނެވެ. މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އޭޑީބީގެ އެހީތެރިކަން އިތުރަށް ހޯދުމަށާއި، ދެ ފަރާތުގެ ގުޅުން ބަދަހިކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު