5 މިލިއަން ގަސް ޕްރޮޖެކްޓު ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް އާއި މަޝްވަރާކުރައްވައިފި

އައިޝަތު ޝިއުރާ
09 Sep 2024
ހަބަރު

5 މިލިއަން ގަސް ޕްރޮޖެކްޓުގެ ދަށުން ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ސްޓޭޓް މިނިސްޓަރ މުޙައްމަދު ނާއިފް އާއި މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހިމް ފައިސަލް އާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުން ބޭއްވުނީ މިއަދު ހެނދުނު މިނިސްޓްރީ އޮފް ޓޫރިޒަމްގައެވެ. މި ބައްދަލުވުމުގައި 5 މިލިއަން ގަސް ޕްރޮޖެކްޓުގެ މަސައްކަތްތައް އަވަސް ކުރުމާއި، ރިސޯޓުތަކުގައި ގަސް އިންދުމުގެ ހަރަކާތްތައް ހަލުވިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ސްޓޭޓް މިނިސްޓަރ މުޙައްމަދު ނާއިފް ވިދާޅުވީ މި ޕްރޮޖެކްޓަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށާއި، މި ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ފައިދާތަކެއް ކުރާނެ ކަމަށެވެ.

މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހިމް ފައިސަލް ވިދާޅުވީ ރިސޯޓުތަކުގައި ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު އިފްތިތާހް ކުރެވިގެންދިޔައީ މިއަހަރުގެ ތިމާވެށީދުވަހުއެވެ. މިއީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކޮށް، ރާއްޖޭގެ ތިމާވެށީގައި ނެތިދިޔުމުގެ ބިރު ހީވެފައިވާ ގަސްގަހާގެހި އާލާކޮށް، ރާއްޖެ ހޫނުވުން ކުޑަކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި ޤައުމީ ޕްރޮގްރާމެކެވެ. މި ޕްރޮޖެކްޓުގެ މަޤްޞަދަކީ ރާއްޖޭގެ ރަށްތަކުގައި 5 މިލިއަން ގަސް އިންދުމެވެ. މި ޕްރޮޖެކްޓުގެ ދަށުން މިހާތަނަށް ގިނަ އަދަދެއްގެ ގަސް އިންދިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު