ނ.އަތޮޅުގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް މަދުކުރުމުގެ މަސައްކަތް ފަށައިފި

އައިޝަތު ޝިއުރާ
17 Sep 2024
ހަބަރު

ނ.އަތޮޅު ކައުންސިލާއި ނޭޝަނަލް ޑްރަގް އެޖެންސީ ގުޅިގެން ނ.އަތޮޅުގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް މަދުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ނ.އަތޮޅު ކައުންސިލާއި ނޭޝަނަލް ޑްރަގް އެޖެންސީ ގުޅިގެން ނ.އަތޮޅުގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް މަދުކުރުމާއި، އެފަރާތްތަކަށް ބޭނުންވާ އަޅާލުން ފޯރުކޮށްދީ، ފައިދާހުރި ބައެއްގެ ގޮތުގައި މުޖުތަމަޢުއާ ގުޅުވައިދިނުމަށް ވަނީ ނިންމަވާފައެވެ.

މި ފަހުމުނާމާގައި ސޮއިކުރީ މިމަހުގެ 12ވަނަ ދުވަހުއެވެ.

މި ފަހުމުނާމާގެ މަގްސަދަކީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް މަދުކުރުމާއި، އެފަރާތްތައް މުޖުތަމައާ ގުޅުވައިދިނުމުގެ އިންތިޒާމްތައް ނ.އަތޮޅުގައި ޤާއިމްކުރުމާއި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތްތައް ޤާއިމްކުރުމުގެ އިތުރުން މުޖުތަމަޢަށް އަނބުރާ ނުކުތުމަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭކަން ދެފަރާތުން ކަށަވަރުކުރުމެވެ.

ނ. އަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްގެ އެމްއޯޔޫ އަދި އެސްއޯޕީގައި ސޮއިކުރުމަށްފަހު ޕްރޮގްރާމްގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އެންޑީއޭގެ ބޯޑުގެ ފަސްވަނަ ބައްދަލުވުމުން ނިންމަވާފަވާއިރު ނ. އަތޮޅުގައި މަސްތުވާތަކެތީގެ މައްސަލަ ހުރި މިންވަރު ދެނެގަތުމާއި، މަސްތުވާތަކެތިން ރައްކާތެރިކުރުމާއި އަދި ފަރުވާ ބޭނުންވާ ފަރާތްތަކަށް ދޭން އެންމެ އެކަށީގެންވާ ފަރުވާގެ ބާވަތްތައް ދެނެގަތުމަށް މަޢުލޫމާތުތައް ނީޑް އެންޑް ރެޑިނަސް އެސެސްމަންޓްގެ ޒަރީއާއިން އެއްކުރަންޖެހޭ ގޮތަށްވެސް ވަނީ ނިންމަވާފައެވެ.

ދެފަރާތުގެ މަސްޢޫލިޔަތާއި ދައުރު ހިމެނޭ ކަންކަމުގެ ތެރޭގަ:

ޕްރޮގްރާމް ފެށުމަށް ހެދޭ ނީޑްސް އެންޑް ރެޑިނަސް އެސެސްމަންޓްތަކުގެ ނަތީޖާތަކަށް ބިނާކޮށް ނޫނު އަތޮޅުގެ އެކި ރަށްތަކަށް ފަރުމާކުރެވިފައިވާ ޚިދުމަތްތައް އެކުލަވާލައި އަދި 6 (ހައެއް) މަސް ދުވަހުގެ ޕައިލެޓް ޕްރޮގްރާމެއް ކަނޑައެޅޭ ރަށެއްގައި ހިންގަންވާނެއެވެ.

މަސްތުވާތަކެތީގެ މައްސަލަހުރި ފަރާތްތަކުން ފަރުވާގެ ޚިދުމަތަށް (އެޕްލިކޭޝަން، ރެޖިސްޓްރޭޝަން، އެސެސްމަންޓް އަދި އެހެނިހެން) ހުށައަޅާނެ ނިޒާމެއް ޤާއިމްކުރަންވާނެއެވެ.

ފަރުވާ ނަގަމުންދާ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ (ޖިސްމާނީ އަދި ނަފްސާނީ) އެހީތެރިކަން އެއިދާރާއެއްގައި ހުރި ޚިދުމަތް ދިނުމުގެ ޤާބިލުކަމަށް ރިޢާޔަތްކޮށް ފޯރުކޮށްދެންވާނެއެވެ.

މި ޕްރޮގްރާމްގައި ހިލޭސާބަހަށް މަސައްކަތްކޮށްދޭނެ ފަރާތްތަކުގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވާނެ ޓީމެއް އެކުލަވާލާ ތަމްރީނުކުރަންވާނެއެވެ.

މި ޕްރޮގްރާމުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ފަންނީ ޤާބިލްކަން އިތުރުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.

ވަށާޖެހޭ ފަރުވާގެ ނިޒާމެއްގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި އަނބުރާ މުޖުތަމަޢުއަށް ފައިދާކޮށްދޭ ބައެއްގެ ގޮތުގައި ގުޅުވައިދޭންވާނެއެވެ.

ޕްރޮގްރާމް ހިންގުމަށް ދިމާވާ ގޮންޖެހުންތަކާއި ހުރަސްތައް ދެނެގަނެ އެކަމުގެ ހައްލުހޯދުމަށް ދެފަރާތުންވެސް ކަމާއިބެހޭ ފަރާތްތަކާއެކު މަސައްކަތްކުރަންވާނެއެވެ.

މޮނިޓަރިންގ އެންޑް އިވެލުއޭޝަން: މި ޕްރޮގްރާމުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފައިދާއާއި އަސަރު ވަޒަންކުރުމަށްޓަކައި މޮނިޓަރިންގ އެންޑް އިވެލުއޭޝަން ފްރޭމްވޯކެއް އެކުލަވާލައި ތަންފީޒުކުރަންވާނެއެވެ. އަދި ޚިދުމަތުގެ މަޤްޞަދުތައް ޙާސިލްކޮށްދީ، ރަނގަޅުވަމުން އަންނަ ފަރުދުންގެ ދިރިއުޅުމަށް ހެޔޮ އަސަރުތަކެއް ކުރަމުންދާކަން ކަށަވަރުކުރުމަށް ޤަވާއިދުން މޮނިޓަރިންގ އަދި އިވެލުއޭޝަން ހަރަކާތްތައް ހިންގަންވާނެއެވެ.

މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ދިނުމުގެ މަސައްކަތް ކަނޑައަޅާ އުސޫލެއްގެ މަތިން ބެލެހެއްޓެންވާނެއެވެ.

މި ޕްރޮގްރާމްގެ މޮނިޓަރިންގ އަދި އިވެލުއޭޝަންގެ އެންމެހާ ކަންތައްތައް ކުރާނީ ނޭޝަނަލް ޑްރަގް އޭޖެންސީންނެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު