ޚަބަރު

ޚަބަރު

ރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމާ ދިމާކޮށް ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބާއްވަނީ
ރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމާ ދިމާކޮށް ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބާއްވަނީ
ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތާއި، ރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބާގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން "ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ" ބޭއްވުމަށް ނިންމައިފިއެވެ.
ޚަބަރު 04 Jun 2026
ފުލުހުންގެ ޚިދުމަތް ތަރައްގީކުރުމަށް އިނގިރޭސިވިލާތުގެ ޑެޕިއުޓީ ހައި ކޮމިޝަނަރާ މަޝްވަރާކުރައްވައިފި
ފުލުހުންގެ ޚިދުމަތް ތަރައްގީކުރުމަށް އިނގިރޭސިވިލާތުގެ ޑެޕިއުޓީ ހައި ކޮމިޝަނަރާ މަޝްވަރާކުރައްވައިފި
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ފުލުހުންގެ ތަމްރީނާއި، ފަންނީ އެހީތެރިކަމާއި، ގާބިލުކަން އިތުރުކުރުމުގެ އިތުރުން މުއައްސަސާގެ ކުރިއެރުމަށް އިނގިރޭސިވިލާތުން ދެމުންގެންދާ އެއްބާރުލުން އެގޮތުގައި ކުރިއަށް ގެންދިއުމާ ގުޅޭގޮ ތުންނެވެ.
ޚަބަރު 04 Jun 2026
ބަޙްރެއިން އަދި ކުވޭތުގެ އާއްމުން ދިރިއުޅޭ ތަންތަނާއި މުހިއްމު އިންފްރާސްޓްރަކްޗާތަކަށް މިސައިލާއި ޑްރޯން އިން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ބަޙްރެއިން އަދި ކުވޭތުގެ އާއްމުން ދިރިއުޅޭ ތަންތަނާއި މުހިއްމު އިންފްރާސްޓްރަކްޗާތަކަށް މިސައިލާއި ޑްރޯން އިން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ ދިވެހިރާއްޖޭން ދެކޭގޮތުގައި މި ހަމަލާތަކަކީ ބަޙްރެއިން އަދި ކުވޭތުގެ ސިޔާދަތަށް ހުރަސްހެޅި އަދި ސަރަހައްދީ ހަމަޖެހުމަށް ނުރައްކާ ތެރިކަމެއްގެ ގޮތުގައެވެ. ދިވެހިރާއްޖޭން އަބަދަވެސް ބަޙްރެއިން އަދި ކުވޭތާ އެކުގައި ވާ ކަމަށާއި އެ ދެގައުމުގެ ސިޔާދަތު ރައްކާތެރި ކުރުމަށާއި ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާ ހުރިހާ ފިޔަވަޅުތަކަކަށް ދިވެހިރާއްޖޭން ފުރިހަމައަށް ތާއީދު ކުރާނެ އެވެ.
ޚަބަރު 04 Jun 2026
ޖިނާޢީ ކުށެއް ނެތް ރަށެއްގެ ގޮތުގައި ބ. މާޅޮސް ވެގެންދާނެ: ވަޒީރު
ޖިނާޢީ ކުށެއް ނެތް ރަށެއްގެ ގޮތުގައި ބ. މާޅޮސް ވެގެންދާނެ: ވަޒީރު
ބ. މާޅޮހުގައި އިމާރާތްކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ޖިނާޢީ ކުށްތައް އެއްވެސް ގޮތަކަށް ނޯންނަ މުޖުތަމައެއްގެ ގޮތުގައި މާޅޮސް ހެދިދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު 04 Jun 2026
މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭނުންވާ ރަށްރަށުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލަފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ އިހްތިފާލްތައް ބޭއްވުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ އަޟްހާ އީދުގެ މުނާސަބަތާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކެއް އައުމާ ގުޅިގެންނެވެ.
ޚަބަރު 04 Jun 2026
ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އަލްޙާފިޡާ އާމިނަތު ޢަބްދުލްޢަޒީޒާއި ބައްދަލުކުރައްވައިފި
ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އަލްޙާފިޡާ އާމިނަތު ޢަބްދުލްޢަޒީޒާއި ބައްދަލުކުރައްވައިފި
ވަޒީރު ވަނީ އަލްޙާފިޡާ އާމިނަތު ޢަބްދުލްޢަޒީޒް ހޯދެއްވި ކާމިޔާބީއަށް މަރުޙަބާ ދަންނަވާ ހިތްވަރު ދެއްވަވާފައެވެ. އަދި ކީރިތި ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށް ވަޒީރު ވަނީ ނަސޭޙަތްތެރިވެލައްވާފައެވެ.
ޚަބަރު 04 Jun 2026
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީންގެ 2 ވަނަ ބެޗްގެ ދަރިވަރުން ތަމްރީނަށް ފުރައިފި
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީންގެ 2 ވަނަ ބެޗްގެ ދަރިވަރުން ތަމްރީނަށް ފުރައިފި
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނަކީ، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ފަންނީ ޢިލްމާއި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެކެވެ.
ޚަބަރު 04 Jun 2026
ދުނިޔޭގެ ފުޓްބޯޅަ އީދުގެ ޓެކްނޮލޮޖީ ބަލަހައްޓަން ކުޅަދާނަ ދިވެއްސެއް!
ދުނިޔޭގެ ފުޓްބޯޅަ އީދުގެ ޓެކްނޮލޮޖީ ބަލަހައްޓަން ކުޅަދާނަ ދިވެއްސެއް!
އެމެރިކާގައި ދިރިއުޅޭ ދިވެހި އައިޓީ މާހިރެއް ކަމަށްވާ މުޙައްމަދު ޝާހީން، ފީފާ ވޯލްޑް ކަޕްގެ ހޮސްޕިޓަލިޓީ އޮޕަރޭޝަންތަކުގެ އިސް މަޤާމަކަށް އައްޔަންކޮށްފިއެވެ. އޭނާ އައްޔަންކޮށްފައިވަނީ ވޯލްޑް ކަޕްގެ ރަސްމީ ހޮސްޕިޓަލިޓީ ޕާޓްނަރު ކަމަށްވާ "އޮން ލޮކޭޝަން" ގެ ލީޑް ވެނިއު ޓެކްނޮލޮޖީގެ މަޤާމަށެވެ.
ޚަބަރު 04 Jun 2026
ޖީޕީއީގެ ބޯޑު ބައްދަލުވުމުގައި މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެވަޑައިގެންފި
ޖީޕީއީގެ ބޯޑު ބައްދަލުވުމުގައި މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެވަޑައިގެންފި
ފަރަންސޭސިވިލާތުގެ ޕެރިހުގައި ބޭއްވި ގްލޯބަލް ޕާޓްނަރޝިޕް ފޯ އެޑިއުކޭޝަން )ޖީޕީއީ( ގެ ބޯޑު އޮފް ޑައިރެކްޓަރުންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެވަޑައިގެންފިއެވެ.
ޚަބަރު 03 Jun 2026
ރާއްޖޭގެ މާލީ އިސްލާހުތައް ބައިނަލްއަޤުވާމީ މައިދާނުން ބަލައިގަނެފި: ޒަމީރު
ރާއްޖޭގެ މާލީ އިސްލާހުތައް ބައިނަލްއަޤުވާމީ މައިދާނުން ބަލައިގަނެފި: ޒަމީރު
ބައިނަލްއަޤުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންގްސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމާ ގުޅިގެން، އެއީ ސަރުކާރުން އަޅަމުންދާ އިޤްތިސާދީ އިސްލާހީ ފިޔަވަޅުތަކަށް ބައިނަލްއަގުވާމީ މައިދާނުގައި ލިބުނު ބޮޑު އިތުބާރެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޚަބަރު 03 Jun 2026
ސިވިލް ސާވިސްގެ 35 މުވައްޒަފަކު ތަމްރީނު ފުރިހަމަކުރުމަށް އިންޑިއާއަށް ފުރައިފި
ސިވިލް ސާވިސްގެ 35 މުވައްޒަފަކު ތަމްރީނު ފުރިހަމަކުރުމަށް އިންޑިއާއަށް ފުރައިފި
ދިވެހި ސިވިލް ސާވިސްގެ 35 މުވައްޒަފަކު ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އިންޑިއާގެ ޑެހްރަދޫނަށް ފުރައިފިއެވެ.
ޚަބަރު 03 Jun 2026
ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި
ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި
ރޭޓިން އަޕްގްރޭޑުން ދައްކުވައިދެނީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހު މޯލްޑިވްސް އިން ސުކޫކް ދޫކުރި ފައިސާ ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމުން ޑިފޯލްޓް ރިސްކްތަކަށް ލުއި ލިބިފައިވާ ކަމަށް ފިޗުން ވަޒަންކުރި ގޮތެވެ.
ޚަބަރު 03 Jun 2026
ސްކޭމާއި ފްރޯޑް ހުއްޓުވުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރަން ޖެހޭ: ޕީޖީ
ސްކޭމާއި ފްރޯޑް ހުއްޓުވުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރަން ޖެހޭ: ޕީޖީ
މަކަރާއި ޙީލަތުން މީހުންގެ ފައިސާ ފޭރިގަތުމަށް އިންތިޒާމުވެގެން މަސައްކަތްކުރާ ނެޓްވޯކްތައް ހުއްޓުވުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް ރިޓަޔާރޑް އަލްއުސްތާޛް ޢައްބާސް ޝަރީފް ގޮވާލައްވައިފިއެވެ.
ޚަބަރު 03 Jun 2026
‘ފިކުރެއްގެ ދިރުން’ މަރުވެ ޑިމޮކްރެޓްސް އުވުމުން އަންނިގެ ސިޔާސީ ‘ބެކަޕް’ ހޮރު ބަންދުވެއްޖެ!
‘ފިކުރެއްގެ ދިރުން’ މަރުވެ ޑިމޮކްރެޓްސް އުވުމުން އަންނިގެ ސިޔާސީ ‘ބެކަޕް’ ހޮރު ބަންދުވެއްޖެ!
ދިވެހި ސިޔާސީ އުދަރެހުން އާދަޔާޚިލާފު ބޮޑު ގުގުމުމަކާއެކު އުފަންވި "ދަ ޑިމޮކްރެޓްސް" މިއަދު މިވަނީ ނުރޭވޭ ވަރަށް ރޫޅާލައިފައެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމި ނިންމުމާއެކު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި) އިސްވެ ހުންނަވައި އުފެއްދެވި މި ޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށް، ރަސްމީކޮށް ވަނީ އުވާލާފައެވެ.
ޚަބަރު 03 Jun 2026
 ޖޭއެސްސީގެ ނައިބު ރައީސްކަމަށް ފަނޑިޔާރު ޙުސައިން ޝަހީދު އިންތިޚާބުކޮށްފި
ޖޭއެސްސީގެ ނައިބު ރައީސްކަމަށް ފަނޑިޔާރު ޙުސައިން ޝަހީދު އިންތިޚާބުކޮށްފި
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްގެ މަގާމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ޙުސައިން ޝަހީދު މިއަދު އިންތިޚާބުކޮށްފިއެވެ.
ޚަބަރު 03 Jun 2026
ފްލެޓް މިލްކުނުވާ ހާލަތުގައި ރަށްވެހިންގެ ރަޖިސްޓްރީގައި ތިބި ފަރާތްތައް މާލެ ދަފްތަރުގައި ޖައްސައިދޭން ނިންމައިފި
ފްލެޓް މިލްކުނުވާ ހާލަތުގައި ރަށްވެހިންގެ ރަޖިސްޓްރީގައި ތިބި ފަރާތްތައް މާލެ ދަފްތަރުގައި ޖައްސައިދޭން ނިންމައިފި
ފަހި ދިރިއުޅުން ކޯޕަރޭޝަން )އެފް.ޑީ.ސީ( އިން ދޫކޮށްފައިވާ ފްލެޓްތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ހަދައިދިނުމަށްފަހު، އެއްވެސް ސަބަބަކާ ހުރެ ފްލެޓް މިލްކުނުވާ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ފަރާތްތައް މާލެ ސިޓީގެ ދަފްތަރުގައި ޖައްސައިދޭން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ޚަބަރު 03 Jun 2026
ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރަށް އިންގިލާބީ ބަދަލެއް: ރާއްޖެއަށް 100 އިލެކްޓްރިކް 'ވޯޓަރ ޓެކްސީ' ގެންނަނީ
ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރަށް އިންގިލާބީ ބަދަލެއް: ރާއްޖެއަށް 100 އިލެކްޓްރިކް 'ވޯޓަރ ޓެކްސީ' ގެންނަނީ
ރާއްޖޭގެ ރަށްތަކާއި، ރިސޯޓުތަކުގެ އިތުރުން އެއާޕޯޓްތަކާ ދެމެދު ކުރާ ދަތުރުތައް ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި، އެމެރިކާގެ "ނޭވިއަރ" ކުންފުނިން 100 އިލެކްޓްރިކް ވޯޓަރ ޓެކްސީ ރާއްޖެއަށް ތަޢާރަފްކުރަން ނިންމައިފިއެވެ.
ޚަބަރު 03 Jun 2026
މައްސަލަ ހުރިކަން އެނގި ތިބެ އައްޑޫ ކައުންސިލުން ޕިކަޕަކަށް ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި
މައްސަލަ ހުރިކަން އެނގި ތިބެ އައްޑޫ ކައުންސިލުން ޕިކަޕަކަށް ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި
އައްޑޫ ސިޓީ ކައުންސިލުން ހިތަދޫ އަވަށުގެ މުނިސިޕަލް ޚިދުމަތްތަކަށް ބޭނުންވާ ޕިކަޕެއް ގަތުމުގައި، އެ އުޅަނދަކީ މައްސަލަ ހުރި އެއްޗެއްކަން އެނގި ތިބެ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ބޮޑު ޚަރަދެއް ކޮށްފައިވާކަން އޮޑިޓް އޮފީހުގެ ރިޕޯޓުން ހާމަވެއްޖެއެވެ.
ޚަބަރު 03 Jun 2026
ގދ. ތިނަދޫން ސަބްސިޑީ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި
ގދ. ތިނަދޫން ސަބްސިޑީ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި
"ފަހި ހަކަތަ" ޕްރޮގްރާމްގެ ދަށުން ރަޖިސްޓްރީވެފައިވާ މަސްވެރި އުޅަނދުފަހަރަށް، ސަރުކާރުން ކަނޑައަޅާފައިވާ ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ގދ. ތިނަދޫގައި ހަމަޖައްސައިފިއެވެ.
ޚަބަރު 03 Jun 2026
މާލޭގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން ނިމިފައިވާ ކަމަށާއި، މިހާރު އޮތީ ބެލެހެއްޓުން ކަމަށް އަރީޝް ވިދާޅުވެއްޖެ
މާލޭގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން ނިމިފައިވާ ކަމަށާއި، މިހާރު އޮތީ ބެލެހެއްޓުން ކަމަށް އަރީޝް ވިދާޅުވެއްޖެ
މާލެ ސިޓީގެ ޒީނަތްތެރިކަމަށްޓަކައި ހަދަންޖެހޭ ޕާކްތަކާއި، މައިޒާންތަކާއި، ބަސް ސްޓޭންޑްތަކުގެ އިތުރުން މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ޙައްލުކުރުމުގެ މުހިންމު މަސައްކަތްތައް ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު އަރީޝް ވިދާޅުވެއްޖެއެވެ.
ޚަބަރު 03 Jun 2026

Showing 421 to 440 of 1626 results