އިންޑޮނޭޝިއާގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޑރ. ޝަބީނާ އައްޔަނުކުރުމަށް މަޖިލީހުން ރުހުން ދީފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 25 Jun 2026

އިންޑޮނޭޝިއާ އަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަގާމަށް ޑރ. މަރްޔަމް ޝަބީނާ އަޙްމަދު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ނިންމުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގަތް 49 މެންބަރުންގެ އިއްތިފާގުންނެވެ.

ޑރ. ޝަބީނާ މި މަގާމަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ހުށަހެޅުއްވީ މި އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. މި ހުށަހެޅުއްވުން ރައީސް ފޮނުއްވާފައިވަނީ ދިވެހިރާއްޖޭގެ ޚާރިޖީ ޚިދުމަތުގެ ގާނޫނުގެ 14 ވަނަ މާއްދާގެ ދަށުންނެވެ.

މި ނޮމިނޭޝަން ދިރާސާކުރުމަށްފަހު، މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ޑރ. ޝަބީނާ އައްޔަނުކުރުމަށް ރުހުން ދީފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.

ޑރ. ޝަބީނާ މިހާރުވެސް ގެންދަވަނީ މުހިންމު ޚާރިޖީ މަގާމުތަކެއް ފުރުއްވަމުންނެވެ. އެގޮތުން އެކަމަނާއަކީ މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރުގެ އިތުރުން ފިލިޕީންސަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުވެސް މެއެވެ. މިއަދުގެ ނިންމުމާއެކު އިންޑޮނޭޝިއާގެ ނޮން-ރެސިޑެންޓް ސަފީރުކަންވެސް އެކަމަނާ ކުރައްވާނެއެވެ.

ދިވެހިރާއްޖޭގެ ޚާރިޖީ ޚިދުމަތުގެ ގާނޫނު ބުނާގޮތުން، ރާއްޖޭއިން ބޭރަށް ކަނޑައަޅާ ސަފީރުންނާއި ނޮން-ރެސިޑެންޓް ސަފީރުން އައްޔަނުކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާގެ ގުޅުމުގެ އުންމީދީ އައު ބާބެއް ފެށެމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާގެ ގުޅުމުގެ އުންމީދީ އައު ބާބެއް ފެށެމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
މި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ގާތް ރަޙްމަތްތެރި، އަޚުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. ދެ ޤައުމުގެ ގުޅުމުގެ އަސާސަކީ އެއް ޢަޤީދާއަކާއި، އެއްގޮތް އުޞޫލުތަކެއްގެ އިތުރުން، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމާއި އިސްލާމީ ވަރުގަދަ އުޚުއްވަތްތެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ތަރައްޤީގައި ސަޢޫދީން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށާއި، ޚާއްޞަގޮތެއްގައި 2004 ގެ ސުނާމީއާ ގުޅިގެން ދެއްވި އެހީތެރިކަމާއެކު މެދުނުކެނޑި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޚަބަރު 24 Sep 2026
ސިނަމާލެ ބްރިޖުމަތީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ
ސިނަމާލެ ބްރިޖުމަތީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ
ސިނަމާލެ ބްރިޖުމަތީގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ޚަބަރު 24 Sep 2026
ކަނޑުދަތުރުފަތުރާއި މަސްދަތުރުތަކަށް ޚާއްޞަ ރާއްޖޭގެ ފުރަތަމަ މެރިން ސުޕަރ އެޕް "އޮޑިގޯ" ތަޢާރަފުކޮށްފި
ކަނޑުދަތުރުފަތުރާއި މަސްދަތުރުތަކަށް ޚާއްޞަ ރާއްޖޭގެ ފުރަތަމަ މެރިން ސުޕަރ އެޕް "އޮޑިގޯ" ތަޢާރަފުކޮށްފި
ރާއްޖޭގެ ކަނޑުދަތުރުފަތުރާއި، މަސްވެރިކަމުގެ ތަފާތު ތަޖުރިބާތަކާއި އެކްސްކާޝަންތައް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ބުކްކޮށްލެވޭ ރާއްޖޭގެ ފުރަތަމަ މެރިން ސުޕަރ އެޕް، "އޮޑިގޯ" ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
ޚަބަރު 24 Sep 2026
އިޙްތިރާމްއަދާކުރުމުގެ ޤައުމީ މަޝްރޫއާއެކު ދިވެހީންގެ ތެރޭގައި ނެތެމުންދާ ރިވެތި ސިފަތައް އަށަގެނެވި، އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވެ އަޅާލާ މުޖުތަމަޢެއް ބިނާކުރެވިގެންދާނެ - ވަޒީރު ހީނާ ވަލީދު
އިޙްތިރާމްއަދާކުރުމުގެ ޤައުމީ މަޝްރޫއާއެކު ދިވެހީންގެ ތެރޭގައި ނެތެމުންދާ ރިވެތި ސިފަތައް އަށަގެނެވި، އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވެ އަޅާލާ މުޖުތަމަޢެއް ބިނާކުރެވިގެންދާނެ - ވަޒީރު ހީނާ ވަލީދު
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ ދިވެހިންގެ ތެރޭގައި ކުރިން އޮތް ރިވެތި ސިފަތައް ޒަމާނާއެކު އެކި ސަބަބުތަކާހެދި ބަދަލުވެގެންއައިސްފައިވާކަމަށެވެ. މިގޮތުން ދިވެހިންގެ މުޖުތަމަޢަށް އައިސްފައިވާ ބަދަލުތަކަކީ ޓެކްނޮލޮޖީގެ ގޮތުންނާއި، އިޤްތިސާދީ ގޮތުން އައި ބަދަލުތަކާއި އިޖްތިމާޢީގޮތުން ކުރިމަތިވި ބައެއް ކަންތައްތަކާއި، ސިޔާސީ ގޮތުން އުފެދިގެން އައި އޮއިވަރުތަކާއިއެކު އައިސްފައިވާ ބަދަލުތަށްކަމަށެވެ.
ޚަބަރު 23 Sep 2026