މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރި އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު ދަށްވެއްޖެ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 04 Jun 2026

މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ރާއްޖޭގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ މިންވަރު، މިދިޔަ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެފައި ނުވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުން އަންނަ އެޗް.ޕީ.އޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު 158,009 ކޭސް ރިޕޯޓްކޮށްފައިވާއިރު، 2026 ވަނަ އަހަރުގެ މި މުއްދަތުގައި ރިޕޯޓްކޮށްފައިވަނީ 145,154 ކޭސްއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު މަދު އަދަދެކެވެ.

ނަމަވެސް، ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާލެ ސަރަހައްދަށްވުރެ އަތޮޅުތަކުން އަރިދަފުސް ރޯގާ ރިޕޯޓްކުރާ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން 2026 ވަނަ އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުން 69,021 ކޭސް ރިޕޯޓްކޮށްފައިވާއިރު، އަތޮޅުތެރެއިން 76,133 ކޭސް ރިޕޯޓްކޮށްފައިވެއެވެ.

ފާއިތުވި ދެ ހަފްތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ރޯގާ ރިޕޯޓްކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި މާލެ ސަރަހައްދު ހިމެނެއެވެ. މީގެ އިތުރުން ރަށްރަށުގެ ތެރެއިން ފުވައްމުލައް ސިޓީ، ޅ. ނައިފަރު، ތ. ވޭމަންޑޫ އަދި ލ. ގަން ފަދަ ރަށްތަކުން ގިނަ އަދަދަކަށް ކޭސްތައް ރިޕޯޓްކޮށްފައިވާކަން އެޗް.ޕީ.އޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ވަކިވަކި ރަށްތަކަށް ބަލާއިރު، ފާއިތުވި ހަފްތާގައި އެންމެ ގިނައިން ރޯގާ ރިޕޯޓްކޮށްފައިވަނީ:

މާލެ: 3,835 ކޭސް

ހުޅުމާލެ: 2,616 ކޭސް

ފުވައްމުލައް ސިޓީ: 1,043 ކޭސް

ނައިފަރު: 358 ކޭސް

ވިލިމާލެ: 342 ކޭސް

އެޗް.ޕީ.އޭ އިން ބުނިގޮތުގައި، އަރިދަފުސް ރޯގާ ފެތުރުން ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސިއްހީ އިރުޝާދުތަކަށް ބޯލެނބުމަކީ މުހިންމު ކަމެކެވެ. ހާއްސަކޮށް އަތޮޅުތެރޭގައި ބަލި ފެތުރުން އިތުރުވަމުންދާތީ، އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
މަތިވެރީގެ ކުނި މެނޭޖްކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާ ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީއާއެކު މަޝްވަރާކޮށްފި
މަތިވެރީގެ ކުނި މެނޭޖްކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާ ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީއާއެކު މަޝްވަރާކޮށްފި
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ މަތިވެރީގެ ކުނި މެނޭޖްކުރުމުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އެ ރަށުގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގޮނޑުދޮށް ހިމާޔަތްކުރުމާ ގުޅޭގޮތުންނެވެ. އެގޮތުން ރަށުގެ ތިމާވެއްޓަށް ދިމާވެފައިވާ މިފަދަ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.
ޚަބަރު 02 Sep 2026
މާމަ ކާފަގެ ލޯބި، ތަރުބަވީ ޖީލެއްގެ ބިންގާ
މާމަ ކާފަގެ ލޯބި، ތަރުބަވީ ޖީލެއްގެ ބިންގާ
މާމަކާފަ ދުވަހަކީ އިސްރަށްވެހިންގެ މުއްސަނދި ތަޖުރިބާއާއި އޯގާތެރިކަމުގެ އިތުރުން، ޢާއިލީ ގުޅުންތައް ބަދަހިކުރެއްވުމުގައި އެބޭފުޅުން އަދާކުރައްވާ މުހިންމު ދައުރުގެ އަގުވަޒަންކުރުމަށް ލިބޭ އަގުހުރި ފުރުޞަތެކެވެ. 2026 ވަނަ އަހަރުގެ މި ދުވަސް ޚާއްޞަކުރެވިފައިވަނީ ޢާއިލާގެ އެކި ޖީލުތަކުގެ މެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ޢާއިލީ އަދި އިޖުތިމާޢީ ކަންކަމުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރުމަށެވެ.
ރިޕޯޓް 02 Sep 2026
ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރު ވަނީ ހުރިހާ އަތޮޅަކަށް ފޯރުކޮށްދީފަ
ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރު ވަނީ ހުރިހާ އަތޮޅަކަށް ފޯރުކޮށްދީފަ
މި އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން ވަނީ 100،000 ޔުއާންގެ ހިލޭ އެހީ ރަމްޒީގޮތުން ޙަވާލުކޮށްދެއްވާފައެވެ.
ޚަބަރު 02 Sep 2026
ދިވެހި ފުލުހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި
ދިވެހި ފުލުހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި
ދިވެހި ފުލުހުން، މި ޢަޒުމާއި މި ރޫޙުގައި، މި އަމާޒު ހާސިލުވާކަން ކަށަވަރުކޮށްދިނުންމަތީ، އަބަދުމެ، ހިންމަތާއި އިޚްލާޞްތެރިކަމާއެކު ދެމިތިބުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.
ޚަބަރު 02 Sep 2026