ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޕޮލިޓިކަލް ސައިންސް އަދި އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ޝަރަފުވެރި ޑޮކްޓަރޭޓް ޑިގްރީއެއް އަރުވައިފިއެވެ.
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
މި ޑިގްރީ ރައީސް މުޢިއްޒަށް އެރުވީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން އެ ޔުނިވަރސިޓީގެ ޑިރެކްޓަރ ޕްރޮފެސަރ ޑރ. ސަޢަދު އަލް އަޙްމަދެވެ.
ޔުނިވަރސިޓީން މި ޝަރަފުވެރި ޑޮކްޓަރޭޓް ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ، ދިވެހިރާއްޖޭގެ ޢާންމު ޚިދުމަތްތައް ކުރިއެރުވުމަށް އެމަނިކުފާނު ކޮށްދެއްވާފައިވާ ޚިދުމަތްތަކާއި، އެމަނިކުފާނުގެ ޒަޢާމަތުގައި ދަޢުލަތުގެ މުއައްސަސާތައް ތަރައްޤީކުރުމުގައި ހޯއްދަވާފައިވާ ކުރިއެރުންތައް ބަލައިގަތުމުގެ ގޮތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް