ހުޅުމާލޭ ފޭސް 2 ގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ
ހުޅުމާލެ ފޭސް ދޭއްގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ދިވެހި ފިރިހެނަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާއިން މައުލޫމާތު ދެއްވި ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ 2026 އޮގަސްޓް 31 ވީ ހޯމަ ދުވަހުގެ ހެނދުނު 07:36 އެހައިކަންހާއިރުއެވެ. އެ ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ދުނބުރިގަސްމަގާއި ހީނާމާހިނގުން ގުޅޭ ކަންމަތީގައެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ވެގެން، ވަގުތުން ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ.
ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އޭނާ ނިޔާވެފައިވަނީ 2026 ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް