ސަރުކާރުގެ އަމާޒަކީ އެއްވެސް ފަރުދަކު ބާކީ ނުކޮށް އިޖުތިމާޢީ ރައްކާތެރިކަމުގެ ފުރިހަމަ ނިޒާމެއް ޤާއިމްކުރުން: ވަޒީރު

ސަރުކާރުގެ އަމާޒަކީ އެއްވެސް ފަރުދަކު ބާކީ ނުކޮށް އިޖުތިމާޢީ ރައްކާތެރިކަމުގެ ފުރިހަމަ ނިޒާމެއް ޤާއިމްކުރުން: ވަޒީރު

ހ ހަޅަ
ޚަބަރު 23 Jul 2024

ސަރުކާރުގެ އަމާޒަކީ އެއްވެސް ފަރުދަކު ބާކީ ނުވާނެހެން ހާމަނައިޒްޑް އިޖުތިމާޢީ ރައްކާތެރިކަމުގެ ފުރިހަމަ ނިޒާމެއް ޤާއިމްކުރުންކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ ދެމެހެއްޓެނިވި ޕެންޝަން ނިޒާމެއް މި ތީމުގެ ދަށުން ބޭއްވުނު 11 ވަނަ ފައިނޭންސް ފޯރަމްގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން، ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރު ވިދާޅުވެފައިވަނީ އިޖުތިމާޢީ ރައްކާތެރިކަމަކީ ޤާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްޤެއްކަމާއި، މި ހައްޤުން ކަށަވަރުކޮށްދެނީ އެއްވެސް ފަރާތެއް ބާކީ ނުކުރުމުގެ ސިޔާސަތުކަމަށެވެ.

މިގޮތުން ކުޑަކުދިންނާއި، ޒުވާނުންނާއި، އުމުރުން ދުވަސްވީ މީހުން އަދި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭހެން އެންމެހާ ދިވެހިންނަކީ މުޖުތަމަޢުގައި ފުރިހަމައަށް ހިއްސާވާ، އަބުރުވެރިކަމާއި ރައްކާތެރިކަމާއެކު ދިރިއުޅުމުގެ ހައްޤު އޮތް ބަޔަކަށް ހެދުމަކީ މި ސިޔާސަތުން ކަށަވަރުކޮށްދޭ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި ދިވެހިރާއްޖޭގެ އާބާދީ ދޮށީ އުމުރުގެ އާބާދީއަކާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު، އަމާޒަކީ އިސްރަށްވެހިން ހިމެނޭހެން ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ އަދި އެފަދަ ހާލަތަށް ހުށަހެޅިދާނެ ފަރާތްތަކަށް އަމާޒުކޮށްގެން އިންސާފުވެރި، ދެމެހެއްޓެނިވި އަދި އެކަށީގެންވާ އާމްދަނީއެއް ލިބޭނެގޮތް މަގުފަހިވާނެފަދަ، ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ހުރިހާ ރައްޔިތުންނަށް ދިމާވާ އިޤްތިޞާދީ، އިޖުތިމާޢީ ލޮޅުންތަކާއި ޤުދުރަތީ ކާރިޘާ ތަކުން ރައްކާތެރިކޮށްދޭނެ ހާމަނައިޒްޑް އިޖްތިމާޢީ ރައްކާތެރިކަމުގެ ފުރިހަމަ ނިޒާމެއް ޤާއިމުކޮށް ތަންފީޒުކުރުންކަން ވަޒީރު ވިދާޅުވިއެވެ.

މިފަދަ ނިޒާމެއް ޤާއިމުކޮށް ރާވައި ހިންގުމުގެ މައިގަނޑު އެއްމަޤުޞަދަކީ މި ސަރުކާރުން ރައްޔިތުންނަށް ވީ ވަޢުދު؛ އެއްވެސް ފަރުދަކު ބާކީނުކޮށް ހުރިހާ ރައްޔިތުންނަށް އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި އެބޭނުންވާ އެހީތައް އެކަމަށް ކަނޑައެޅޭ ވަގުތުގައި ފޯރުކޮށްދިނުމުގެ އަމާޒު އެންމެ ފުރިހަމައަށް ހާޞިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުންކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ޤާއިމުކުރެވޭ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ބޭނުންވާ އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް މަގުދައްކައިދޭނެ އޮނިގަނޑެއްކަމަށައި، މި ނިޒާމުގެ މައިގަނޑު ބަހާތައްކަމަށްވާ އިޖްތިމާޢީ އެހީ، އިޖުތިމާޢީ އިންޝުއަރެންސް އަދި އިޖުތިމާޢީ ޚިދުމަތްތަކަކީ ރައްޔިތުންނަށް ދިމާވާ އަދި ދިމާވެދާނެ އެކިކަހަލަ ލޮޅުންތަކުން ރައްކާތެރިކުރުމަށް ދުރާލާ ތައްޔާރުވުމަށް އެކުލަވާލެވޭ ޕްރޮގްރާމްތަކެއްކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

އެގޮތުން ޕެންޝަނަކީ މި ބަހާތަކުގެ ތެރެއިން އިޖުތިމާޢީ އެހީ، އިޖުތިމާޢީ އިންޝުއަރެންސް ހާޞިލުކުރުވޭނެ މައިގަނޑު އެއް ތަނބު ކަން ފާހަގަކުރައްވަމުން ވަޒީރު އިތުރަށް ވިދާޅުވީ، މި ނިޒާމުގެ އަނެއް ބަހާކަމުގައިވާ އިޖުތިމާޢީ ޚިދުމަތް ފޯރުކޮށްދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ހާލު ކިހިނެއް އަދި އިބަމަ ޕްރޮގްރާމަކީ މުޖުތަމަޢުގައި ތިބި ދައުލަތުގެ ޚާއްސަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމާއި، އެ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދެވޭ މަސައްކަތްތަކެއް ކަމަށެވެ.

އަދި މި މަސައްކަތްތައް ބައްޓަން ކުރެވިފައި ވަނީ އެއްވެސް ފަރުދަކު ބާކީ ނުވާނެހެން، އަންހެނުންނާއި، ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންނަށް ދިމާވާ އިޖުތިމާޢީ މައްސަލަތައް ކަންބޮޑުވާ ހިސާބަށް ދިއުމުގެ ކުރިން އެފަދަ މައްސަލަތައް ދެނެގަނެ، އަވަސް ފިޔަވަޅުތަކެއް އަޅައި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ފަދަ ގޮތަކަށް ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކުރުނބާ މޯލްޑިވްސްގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ކުރިއަށްގެންދާ މިއަހަރުގެ މި ފައިނޭންސް ފޯރަމްއަކީ ދެމެހެއްޓެނިވި ޕެންޝަން ނިޒާމެއް ޤާއިމްކުރުމަށް މުހިންމު މަޝްވަރާތަކެއް ކަމާގުޅުންހުރި ތަޖުރިބާކާރުންނާއި ފަންނީ ބޭފުޅުން އަދި ގުޅުންހުރި އެންމެހައި މުއައްސަސާތަކުގެ މަންދޫބުންގެ މެދުގައި ކުރިއަށްދިޔަ ފޯރަމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ މި ދަޢުވަތު އަރުވާފައިވަނީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޚަބަރު 11 Sep 2026
އޮގަސްޓު މަހު މީރާއިން 2.42 ބިލިއަން ރުފިޔާ ބަލައިގަނެފި
އޮގަސްޓު މަހު މީރާއިން 2.42 ބިލިއަން ރުފިޔާ ބަލައިގަނެފި
އޮގަސްޓު 2025 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު އޮގަސްޓު 2026 ގައި ލިބިފައިވާ އާމްދަނީ %14 އިތުރުވި މައިގަނޑު ސަބަބަކީ، 2026 ވަނަ އަހަރުގެ އިންކަމް ޓެކްސް ނެގުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން 02 އޮގަސްޓް 2026 އަށް މުއްދަތު އިތުރު ކޮށްފައިވުމެވެ. މީގެ ސަބަބުން، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ ޓެކްސް، ބޭންކް އިންކަމް ޓެކްސް، އަދި ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.
ޚަބަރު 10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެެއްގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްއެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިތުރުން ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުގެ އިތުރުން ވުޒާރާގެ އިސްވެރިންނާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
ޚަބަރު 10 Sep 2026
ސަރުކާރުން މިފަހަރު ހުޅުވާލާފައިވާ ހައުސިން ސްކީމަކީ ދެފުއްފެންނަ، އިންސާފުވެރި ސްކީމަކަށްވާނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް
ސަރުކާރުން މިފަހަރު ހުޅުވާލާފައިވާ ހައުސިން ސްކީމަކީ ދެފުއްފެންނަ، އިންސާފުވެރި ސްކީމަކަށްވާނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް
ރައްޔިތުންގެ ބައްދަލުވުމުގެ މި ހަފުތާ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރި ގިނަ އާންމުންގެ މައިގަނޑު ކަންބޮޑުވުމަކަށް ވެފައިވަނީ ގެދޮރުވެރިކަމުގެ ދަތިތަކެވެ. މިގޮތުން އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތުންނާއި މީގެ ކުރިން ހިންގި މަޝްރޫޢުތަކުން ބޯހިޔާވަހިކަން ލިބޭގޮތް ނުވުމުގެ ކަންބޮޑުވުންތައް ވަނީ އެމަނިކުފާނާ ހިއްސާކޮށްފައެވެ. މި ޝަކުވާތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ޕޮއިންޓް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަނީ އެންމެ އެކަށޭނަ، ހައްގުވެރި ފަރާތްތަކަށް ފުރުސަތު ކަށަވަރުވާނޭ ފަދަ އުސޫލަކުން ކަމަށެވެ.
ޚަބަރު 10 Sep 2026