ހުސައިން އަޒްހާން
ހުސައިން އަޒްހާން

ޔޫއެންގެ އިގްތިސާދީ އަދި މާލީ ކޮމިޓީގެ ނައިބު މުގައްރިރުކަމަށް ދިވެއްސަކު އިންތިޚާބުވެއްޖެ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 02 Jun 2026

އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (ޔުނައިޓެޑް ނޭޝަންސް) ގެ އާންމު މަޖިލީހުގެ ދެވަނަ ކޮމިޓީ (އިގްތިސާދީ އަދި މާލީ ކޮމިޓީ) ގެ ނައިބު މުގައްރިރުގެ މަގާމަށް ދިވެހި ޑިޕްލޮމެޓެއް ކަމަށްވާ ހުސައިން އަޒްހާން އިންތިޚާބުވެއްޖެއެވެ.

ހުސައިން އަޒްހާން މި މަގާމަށް އިންތިޚާބުވެފައިވަނީ އދ. ގެ އާންމު މަޖިލީހުގައި މިއަދު ނެގުނު ވޯޓަކުންނެވެ. އަޒްހާން އަކީ އދ. އަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ ސެކަންޑް ސެކްރެޓަރީގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

މި ކާމިޔާބީއާ ގުޅިގެން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވަނީ އަޒްހާންއަށް މަރުހަބާ ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. ޑރ. އަލީ ނަސީރު ވިދާޅުވީ، މިއީ އަޒްހާންގެ ފަންނީ ގާބިލުކަން ހާމަކޮށްދޭ ކަމެއްގެ އިތުރުން، އދ. ގައި ރާއްޖޭގެ ލީޑަޝިޕަށް އޮތް އިތުބާރު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

އދ. ގެ ދެވަނަ ކޮމިޓީއަކީ އިގްތިސާދީ ކުރިއެރުމާއި، ދެމެހެއްޓެނިވި ތަރައްގީއާއި، ދުނިޔޭގެ މާލީ ކަންކަމާ ގުޅޭ މުހިންމު ނިންމުންތައް ނިންމާ ކޮމިޓީއެކެވެ. ރާއްޖޭގެ ފަރާތުން މިފަދަ މުހިންމު މަގާމެއް ފުރުއްވުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ދައުރު ފުޅާވެ، ރާއްޖޭގެ އަޑު އިތުރަށް ގަދަވެގެންދާނެ ކަމެކެވެ.

ޑރ. އަލީ ނަސީރު މުހައްމަދަކީ މީގެ ކުރިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ އިތުރުން، ކުދި ޖަޒީރާ ގައުމުތަކުގެ އިއްތިހާދު (އެއޯސިސް) ގެ ޗެއާކަންވެސް ކުރައްވާފައިވާ ތަޖުރިބާކާރު ޑިޕްލޮމެޓެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އޯ.އައި.ސީ. ގެ މެންބަރު ގައުމުތަކުން ފަލަސްތީނުގެ މައްސަލައަށް ހައްލެއްހޯދުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދާނަކުރުމަށް ރާއްޖެއިން ގޮވާލައިފި
އޯ.އައި.ސީ. ގެ މެންބަރު ގައުމުތަކުން ފަލަސްތީނުގެ މައްސަލައަށް ހައްލެއްހޯދުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދާނަކުރުމަށް ރާއްޖެއިން ގޮވާލައިފި
މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން އޯ.އައި.ސީ.ގެ ބައްދަލުވުމެއްގައި ވަޒީރު އިރުތިޝާމް ބައިވެރިވަޑައިންނެވި ފުރަތަމަ ފަހަރެވެ.
ޚަބަރު 28 Aug 2026
ރައްޔިތުންގެ އަޑު: ގިނަ ބައެއްގެ ޝަކުވާއަކީ ބޯހިޔާވަހިކަން
ރައްޔިތުންގެ އަޑު: ގިނަ ބައެއްގެ ޝަކުވާއަކީ ބޯހިޔާވަހިކަން
އެ ބައްދަލުވުމުގައި ވާހަކަދެއްކި ބައެއް ފަރާތްތަކުން ބުނެފައިވަނީ، ދިރިއުޅޭނެ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން މިހާރުވެސް ދިރިއުޅެމުންދަނީ ނުހަނު ދަތިހާލުގައި ކަމަށެވެ. އަދި ވޭތުވެދިޔަ ސަރުކާރުތަކުން ތައާރަފުކުރި އެކިއެކި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެދި ހުށަހެޅި ނަމަވެސް، ތަފާތު ސަބަބުތަކާ ހެދި ލިސްޓުތަކުން ނަން އުނިވެ، އެއްވެސް ސްކީމަކުން ފުރުސަތެއް ލިބިފައިނުވާކަމުގެ ޝަކުވާ ވަނީ ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ.
ޚަބަރު 28 Aug 2026
މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އައު ސްކީމްތަކެއް ފެށުމަށް ތައްޔާރުވަނީ
މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އައު ސްކީމްތަކެއް ފެށުމަށް ތައްޔާރުވަނީ
މިފަދަ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދިޔަ ހިޔާވެހި ސްކީމަށް ގިނަ އަދަދެއްގެ މީހުން ހުށަހަޅާފައިވާއިރު، އެ މަޝްރޫޢުގެ ދަށުން 1.1 ބިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ.
ޚަބަރު 28 Aug 2026
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026