ޗައިނާގެ ތެޔޮ ޓޭންކަރެއް ބަނދަރަކާ ކައިރި ކުރަނީ
ޗައިނާގެ ތެޔޮ ޓޭންކަރެއް ބަނދަރަކާ ކައިރި ކުރަނީ

ޗައިނާއިން ބޭރު ގައުމުތަކަށް އެކްސްޕޯޓްކުރާ ތެލުގެ މިންވަރު އިތުރުކުރަނީ

ހ ހަޅަ
ދުނިޔެ 30 Apr 2026

ޗައިނާއިން އޭޕްރިލް މަހާ އަޅާބަލާއިރު މެއި މަހު ބޭރު ގައުމުތަކަށް އެކްސްޕޯޓްކުރާ ތެލުގެ މިންވަރު އިތުރުވާނެ ކަމަށް ބެލެވުނު ނަމަވެސް، އެ ގައުމުން އަދިވެސް ހިފަހައްޓަމުންދަނީ ހަރުކަށި އުސޫލުތަކެއް ކަމަށް ވިޔަފާރީގެ ދާއިރާގެ މަސްދަރުތަކުން ބުނެފިއެވެ.

ވިޔަފާރީގެ ދާއިރާގެ މަސްދަރުތަކުން މައުލޫމާތުދޭ ގޮތުގައި، ހޮންކޮންގް ފިޔަވައި އެހެން ސަރަހައްދުތަކަށް މެއި މަހު 500,000 މެޓްރިކް ޓަނުގެ ތެޔޮ އެކްސްޕޯޓް ކުރުމުގެ ހުއްދަ ޗައިނާ ސަރުކާރުން މިހާރު ވަނީ ދީފައެވެ. މިއީ އޭޕްރިލް މަހަށް ލަފާކުރި މިންވަރާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެއް ނަމަވެސް، މިއީ މިދިޔަ އަހަރުގެ އެވްރެޖް މިންވަރާ އަޅާބަލާއިރު ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް މަދު އަދަދެކެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހޯރްމޫޒް ކަނޑުއޮޅި ބަންދުވެ، ސާފުނުކުރާ ތެލާއި ތެލުގެ އުފެއްދުންތައް ލިބުމަށް ކުރިމަތިވެދާނެ ހުރަސްތަކުން އެ ގައުމުގެ ދާޚިލީ ބާޒާރު ރައްކާތެރިކުރުމަށްޓަކައި، ބެއިޖިންގް އިން ވަނީ މާރިޗު މަހުން ފެށިގެން ތެޔޮ އެކްސްޕޯޓްކުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައެވެ.

މިކަމުގެ ސީދާ މައުލޫމާތު އެނގޭ ދެ މަސްދަރަކުން ބުނި ގޮތުގައި، މެއި މަހުގެ ތެރޭގައި ޗައިނާއިން ތެޔޮ ފޮނުވާނެ ކަމަށް ބެލެވެނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތައް ކަމަށްވާ ދިވެހިރާއްޖެ، އޮސްޓްރޭލިއާ، ބަންގްލަދޭޝް، ކެމްބޯޑިއާ، ލާއޯސް، މިޔަންމާ، ނިއުޒީލެންޑް އަދި ސްރީލަންކާއަށެވެ. މި ގައުމުތަކަށް ފޮނުވާނެ ތެލުގެ މިންވަރާއި މަންޒިލްތައް ކަނޑައަޅާނީ ބެއިޖިންގް ސަރުކާރުންނެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް އެދުމުން، ޗައިނާގެ ނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ރިފޯމް ކޮމިޝަނުންނާއި މިނިސްޓްރީ އޮފް ކޮމާސް އިން ވަގުތުން ޖަވާބެއް ދީފައެއް ނުވެއެވެ.

ކެޕްލާ (Kpler) ޝިޕްޓްރެކިންގް ޑޭޓާ ދައްކާ ގޮތުން، މިދިޔަ އަހަރު ޗައިނާއިން ވަނީ ހޮންކޮންގް ފިޔަވައި އެހެން ސަރަހައްދުތަކަށް މަހެއްގެ މައްޗަށް އެވްރެޖްކޮށް 1.6 މިލިއަން ޓަނުގެ ޕެޓްރޯލާއި، ޑީސަލް އަދި ޖެޓް ފިއުލް އެކްސްޕޯޓްކޮށްފައެވެ.

މަސްދަރުތަކުން ބުނާ ގޮތުގައި، ބޭރު ގައުމުތަކަށް ފޮނުވާ ތެލުގެ މިންވަރު ކުޑަކޮށް އިތުރުކުރަން ނިންމީ، ސާފުނުކުރާ ތެލުގެ އަގު އުފުލިފައިވުމާއި ޗައިނާގެ އެތެރޭގެ ބާޒާރުގައި ތެޔޮ ވިއްކާ އަގުތައް ދަށްކޮށް ހުރުމުގެ ސަބަބުން ސަރުކާރުގެ ތެޔޮ ސާފުކުރާ ކުންފުނިތަކަށް ލިބޭ ފައިދާ ކުޑަވަމުންދާތީ، ބޭރުގެ ބާޒާރުތަކުން ބޮޑު ފައިދާއެއް ހޯދުމަށް އެ ކުންފުނިތަކުން ސަރުކާރުގައި އެދުމުންނެވެ.

ދާއިރާގެ މަސްދަރުތަކުން މައުލޫމާތުދޭ ގޮތުގައި، އެކްސްޕޯޓްކުރުމަށް ހުއްދަ ދިން 500,000 ޓަނުގެ ތެލުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މިންވަރު ހާއްސަކޮށްފައިވަނީ އެ ގައުމުގެ އެންމެ ބޮޑު ތެޔޮ ކުންފުނި ކަމަށްވާ ސިނޯޕެކް (Sinopec) އަށެވެ. މީގެ އިތުރުން ޕެޓްރޯޗައިނާ (PetroChina) އަށް 150,000 ޓަނު އަދި ސީ.އެން.އޯ.އޯ.ސީ (CNOOC) އަށް 40,000 ޓަނުގެ ތެޔޮ ބޭރުކުރުމުގެ ހުއްދަ ވަނީ ދީފައެވެ.

މަސްދަރުތަކުން އިތުރަށް ބުނި ގޮތުގައި، އެކްސްޕޯޓްކުރާ ތެލުގެ ޖުމްލަ މިންވަރުގެ މަދުވެގެން 40 އިންސައްތައަކީ ޑީސަލާއި ޖެޓް ފިއުލް ކަމަށް ބެލެވެއެވެ.

މި މައުލޫމާތު ދިން ހުރިހާ ފަރާތްތަކުން ވެސް ވާހަކަދައްކާފައިވަނީ ނަން ހާމަނުކުރުމުގެ ޝަރުތުގެ މަތީގައެވެ. އެއީ މީޑިއާއަށް މައުލޫމާތު ދިނުމުގެ ހުއްދަ އެ ފަރާތްތަކަށް ލިބިފައި ނުވާތީއެވެ.

ޗައިނާގެ އިންޑަސްޓްރީ މަސްދަރުތަކުގެ ހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ ހަފުތާގައި ޗައިނާގެ އެކްސްޕޯޓަރުންނަށް ޕެޓްރޯލާއި ޑީސަލްގެ ކޮންމެ ޓަނަކުން އެވްރެޖްކޮށް 2,000 ޔުއާން (292.58 ޑޮލަރު) އާއި 4,000 ޔުއާންގެ ފައިދާއެއް ލިބިފައިވެއެވެ.

އޭޕްރިލް 29 އާ ހަމައަށް އޭޝިއާގެ ބާޒާރުގައި ޑީސަލް ސާފުކޮށްގެން ލިބޭ ފައިދާ ފީފާއަކަށް 55 ޑޮލަރުގައި ހުރިއިރު، ޖެޓް ފިއުލްގެ ފައިދާ ހުރީ ފީފާއަކަށް 62 ޑޮލަރުގައެވެ. އަދި ޕެޓްރޯލްގެ ފައިދާ ހުރީ ފީފާއަކަށް 15 ޑޮލަރުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އަންނަ މަހުން ފެށިގެން ޗައިނާއިން ރާއްޖެއަށް ތެޔޮ ފޮނުވަން ނިންމައިފި
އަންނަ މަހުން ފެށިގެން ޗައިނާއިން ރާއްޖެއަށް ތެޔޮ ފޮނުވަން ނިންމައިފި
މެއި މަހުގެ ތެރޭގައި ޗައިނާއިން ތެޔޮ ފޮނުވާނެ ކަމަށް ބެލެވެނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތައް ކަމަށްވާ ދިވެހިރާއްޖެ، އޮސްޓްރޭލިއާ، ބަންގްލަދޭޝް، ކެމްބޯޑިއާ، ލާއޯސް، މިޔަންމާ، ނިއުޒީލެންޑް އަދި ސްރީލަންކާއަށެވެ. މި ގައުމުތަކަށް ފޮނުވާނެ ތެލުގެ މިންވަރާއި މަންޒިލްތައް ކަނޑައަޅާނީ ބެއިޖިންގް ސަރުކާރުން.
ވިޔަފާރި 30 Apr 2026
ފަސްޓްލައިން މެނޭޖްމަންޓް ކޯހުގެ 14 ވަނަ ބުރު ފަށައިފި
ފަސްޓްލައިން މެނޭޖްމަންޓް ކޯހުގެ 14 ވަނަ ބުރު ފަށައިފި
ފްރަންޓްލައިންގައި މަސައްކަތްކުރާ ސުޕަވައިޒަރުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދާ ފަސްޓްލައިން މެނޭޖްމަންޓް ކޯހުގެ 14 ވަނަ ބުރު ފަށައިފި
ޚަބަރު 30 Apr 2026
ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އަވަސް ޚިދުމަތެއް ލިބޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އަވަސް ޚިދުމަތެއް ލިބޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ލަސްނުވެ އެންމެ ފުރިހަމަ ހިދުމަތް ލިބޭނެ އިންތިޒާމުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
ޚަބަރު 30 Apr 2026
ސްރީލަންކާގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި
ސްރީލަންކާގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، މޭ މަހުގެ 3 އިން 6 އަށް އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފި
ޚަބަރު 30 Apr 2026