ރާއްޖޭގައި އަލަށް "ނެނޯ ސާޖަރީ" ތައާރަފްކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 01 Jun 2026

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ދަރުމަވަންތަ ހޮސްޕިޓަލް ގުޅިގެން، ރާއްޖޭގައި އަލަށް "ނެނޯ އާތްރޯސްކޯޕީ" ނުވަތަ ނެނޯ ސާޖަރީގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މިއީ ހުޅުތަކުގެ މައްސަލަތައް ދެނެގަނެ، ފަރުވާ ދިނުމަށް ބޭނުންކުރާ އެންމެ ޒަމާނީ އަދި ކުޑަ އޮޕަރޭޝަނެކެވެ.

އާދީއްތަ ދުވަހު މި ހިދުމަތް ތައާރަފްކުރިއިރު، މިއީ ރާއްޖޭގެ ސިއްހީ ދާއިރާގައި މިފަދަ ސާޖަރީއެއް ކުރަން ފެށި ފުރަތަމަ ފަހަރު ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދެއެވެ. މި އޮޕަރޭޝަނުގައި ބޭނުންކުރަނީ އިންޖެކްޝަން ޖަހާ ކަށީގެ ސައިޒުގެ ވަރަށް ކުޑަ، ހައި-ޑެފިނިޝަން ކެމެރާއެކެވެ.

މިކަމާ ގުޅޭގޮތުން އޯތޮޕެޑިކްސް ޑޮކްޓަރު އިސްމާއިލް ޒާހިރު ވިދާޅުވީ، މި ނެނޯ ކެމެރާއަކީ ވަރަށް ބޮޑަށް ލެންބޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗަކަށް ވުމުން، ހަށިގަނޑުގެ ވަރަށް ހަނި ތަންތަނަށް ކެމެރާ ލައްވައިގެން ހުޅުތަކުގެ އެތެރެ ބަލައިލެވޭނެ ކަމަށެވެ. މީގެ ސަބަބުން ހުޅުތަކުގެ ކަށިތަކާއި ލިގަމެންޓްތަކަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމަށް ބައެއް ހާލަތްތަކުގައި އެމްއާރްއައި ހެދުމުގެ ބަދަލުގައި މި ޓެކްނޮލޮޖީ ބޭނުންކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެނެސްތީސިއޮލޮޖީ ޑިޕާޓްމަންޓުގެ ޑޮކްޓަރު އަސަދު މުހައްމަދު ޝަހީދު ވިދާޅުވި ގޮތުގައި، މި ސާޖަރީގެ ސަބަބުން ބަލިމީހާ މުޅިން ހޭނައްތަން ނުޖެހި ފަރުވާ ދެވޭނެއެވެ. އަދި ބޮޑެތި އޮޕަރޭޝަންތަކާ ހިލާފަށް ހަންގަނޑުން ބޮޑު ތަންތަން ކޮށަން ނުޖެހޭތީ، ބަލިމީހާ މާ އަވަހަށް ރަނގަޅުވެ، ހޮސްޕިޓަލުގައި މަޑުކުރަން ނުޖެހި އެދުވަހުން އެދުވަހަށް ގެއަށް ދެވޭނެ (އައުޓް ޕޭޝަންޓް) މަގު ފަހިވެގެންދާނެއެވެ. މިއީ ވަރަށް ބޮޑަށް ބަލިވެފައިވާ މީހުންނަށްވެސް ފަރުވާ ދިނުމުގައި ލިބޭ ބޮޑު ލުޔެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ފަހަކަށް އައިސް އައިޖީއެމްއެޗުން ދަނީ ސިއްހީ ހިދުމަތްތައް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ ހަތަރު ގުނަ ސާފުކޮށް މަންޒަރު ފެންނަ 4K އާތްރޯސްކޯޕީ ކެމެރާތައްވެސް ބޭނުންކުރަން ފަށާފައެވެ. މިފަދަ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން މެޑިކަލް ދަރިވަރުންނަށް އޮޕަރޭޝަންތައް ބަލައި ދަސްކުރުމަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރާއްޖޭގެ ރަސްމީ ރިޒާވް ޖޫން މަހު ދަށަށް ގޮސްފި، ބޭނުންކުރެވޭ ރިޒާވް މިދިޔަ އަހަރަށްވުރެ އިތުރު
ރާއްޖޭގެ ރަސްމީ ރިޒާވް ޖޫން މަހު ދަށަށް ގޮސްފި، ބޭނުންކުރެވޭ ރިޒާވް މިދިޔަ އަހަރަށްވުރެ އިތުރު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 686.8 މިލިއަން އެމެރިކާ ޑޮލަރުގައެވެ. މިއީ މޭ މަހާ އަޅާބަލާއިރު 18 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. އަދި 2025 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މިއީ 145.6 މިލިއަން ޑޮލަރު ނުވަތަ 17.5 އިންސައްތައިގެ ދަށްވުމެކެވެ.
ޚަބަރު 16 Jul 2026
ދިޔާނާ ސައީދު އީޔޫގެ ސަފީރުކަމަށް އައްޔަންކުރަން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
ދިޔާނާ ސައީދު އީޔޫގެ ސަފީރުކަމަށް އައްޔަންކުރަން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަގާމަށް ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ޚަބަރު 16 Jul 2026
އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް "އިތާ" ޕޯޓަލް އިފްތިތާޙުކޮށްފި
އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް "އިތާ" ޕޯޓަލް އިފްތިތާޙުކޮށްފި
ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތައް ހަރުދަނާކޮށް، ޒަމާނީ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މަޢުލޫމާތު ބެލެހެއްޓުމަށްޓަކައި އެކުލަވައިލި "އިތާ" އިންފޮމޭޝަން މެނޭޖްމަންޓް ޕޯޓަލް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
ޚަބަރު 16 Jul 2026
މިނިވަންދުވަހުގެ ޚާއްޞަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާޙްކޮށްފި
މިނިވަންދުވަހުގެ ޚާއްޞަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާޙްކޮށްފި
މިނިވަން ރަން އިފްތިތާޙްކުރުމުގެ ގޮތުން މި ވުޒާރާގެ އިސްވަރު ހޯލުގައި މިއަދު ހަވީރު ކުރިއަށްގެންދިޔަ ޚާއްޞަ ހަފުލާ ޝަރަފުވެރިކޮށްދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އެވެ.
ޚަބަރު 15 Jul 2026