ހައްޖާޖީންގެ ސަމާލުކަމަށް: ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ރިޕޯޓުކުރުމަށް އައިޖީއެމްއެޗުން އިލްތިމާސްކޮށްފި

މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާ ފަރާތްތަކުގެ ސިއްޙީ ރައްކާތެރިކަމަށްޓަކައި، ޚާއްސަ ސަމާލުކަމެއް ދިނުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިލްތިމާސްކޮށްފިއެވެ.

އައިޖީއެމްއެޗުން ބުނީ ހައްޖުގެ މުގައްދަސް އަޅުކަމަށްފަހު އެނބުރި ވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ހުން އައުން ނުވަތަ ރީގާ (ނޭވާލާ ނިޒާމުގެ ބަލިތައް) ފަދަ އެއްވެސް އަލާމާތެއް ފެންނަ ނަމަ، އަދި ސިއްޙީ އެހީތެރިކަން ބޭނުންފުޅުވާނަމަ، ލަސްނުކޮށް ހޮސްޕިޓަލުގެ އިމަޖެންސީ ރޫމް (އީ.އާރު) އަށް ވަޑައިގަތުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އައިޖީއެމްއެޗުން ބުނީ އީ.އާރަށް ވަޑައިގެން ޓްރަޔަޖް ޓޯކަން ނަންބަރަކަށް މަޑުނުކޮށް، ޓްރަޔަޖް ކައުންޓަރުގައި ހުންނަވާ މުވައްޒަފަށް ބަލީގެ މައުލޫމާތު ރިޕޯޓުކުރުމަށް އެދޭ ކަމަށެވެ. އެއަށްފަހު އެތަނުގެ މުވައްޒަފުން ދޭ އިރުޝާދާ އެއްގޮތަށް ކުރިއަށް ދިއުމަށްވެސް ވަނީ އެދިފައެވެ. މީގެ އިތުރުން ޑޮކްޓަރަށް ދައްކަން ވަޑައިގަންނަވާއިރު ކޮންމެހެންވެސް މާސްކް އަޅުއްވައިގެން ވަޑައިގަތުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހައްޖުގެ އަޅުކަމަށްފަހު އެނބުރި ވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި، ކުޑަކުދިންގެ އިތުރުން މާބަނޑު މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އައިޖީއެމްއެޗުން ވަނީ އިރުޝާދު ދީފައެވެ.

ބަލިތަކުން ރައްކާތެރިވުމަށްޓަކައި އަމިއްލަ ސާފުތާހިރުކަމަށް އިސްކަންދީ، ގަވާއިދުން ސައިބޯނިލައިގެން އަތްދޮވުން ނުވަތަ ހޭންޑް ސެނިޓައިޒާ ބޭނުންކުރުން ފަދަ ކަންކަމަށް ސަމާލުވުމަށްވެސް ވަނީ އެދިފައެވެ. އަދި ބަލިމީހުންނަށް ޒިޔާރަތްކުރުމުގެ ބަދަލުގައި، ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށްވެސް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ގޮތުން ހުންނަ ޚިޔާލުތަފާތުވުންތަކަކީ، ރާއްޖެއަށް އަންނަ އިންވެސްޓަރުންނާ ދެކޮޅަށް ހިންގާ ކެމްޕޭނަކަށް ބަދަލުވެގެން ނުވާނެ ކަމަށާއި، އިންވެސްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ދޮގު ކެމްޕޭނުތައް ހުއްޓާލުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.
ޚަބަރު 17 Oct 2026
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.
ޚަބަރު 15 Oct 2026
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
ޚަބަރު 13 Oct 2026
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
މިކަމަށް ޓަކައި އޮކްޓޫބަރު 12ވަނަ ދުވަހުގެ ރޭ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
ޚަބަރު 13 Oct 2026