އެމްޑީޕީގެ "ޖީއެމް" ގްރޫޕު ލީކުވުން - ބައިބައިވުމާއި މަސްކަރާގެ ތެރެއިން ފެންނަ ސިޔާސީ ބޮޑު މަންޒަރު

އ އައިމިނަތުު މުޙައްމަދު
ރިޕޯޓް 25 May 2026

މައި އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ މަސްލަހަތު ގަޑުބަޑުވެ، ޕާޓީގެ "ޖީއެމް" ވަޓްސްއެޕް ގްރޫޕުގެ މެސެޖުތަކެއް ލީކުވުމާއެކު، ސޯޝަލް މީޑިއާގައި އެ ޕާޓީއަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާއި މަސްކަރަ ބޮޑުވެއްޖެއެވެ. މި ލީކްތަކަކީ ހަމައެކަނި މެސެޖުތަކެއް ނޫނެވެ. މިއީ އެ ޕާޓީގެ އެތެރޭގައި އުފެދިފައިވާ ފިތުނައާއި، މަގާމުގެ ދަހިވެތިކަމާއި، ޒަމާންވީ ރަހުމަތްތެރިކަން ކެނޑިގެންދާ މަންޒަރު ސިފަކޮށްދޭ ލޯގަނޑެކެވެ.

ލީކުވި މެސެޖުތަކުން އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ޕާޓީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއީލް ނަސީމާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ފިކުރީ ކޯޅުމެވެ. ޕާޓީގެ އިންތިޒާމުތަކާއި، ލީޑަޝިޕްގެ އޮނިގަނޑާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ކުރެވުނު ބަހުސްތަކުގައި، ޕާޓީގެ ކުރިމަގާ މެދު އޮތް ނުތަނަވަސްކަން ފެނިގެންދެއެވެ. ބައެއް މެސެޖުތަކުގައި ޕާޓީއަށް ލީޑަޝިޕާއި އޮނިގަނޑެއް ބޭނުން ކަމަށާއި ނިމުމެއް ނެތް އެތެރޭގެ ކޯޅުންތަކަކީ ރަނގަޅު ކަމެއް ނޫން ކަމަށް ބުނެފައިވާއިރު، މިއީ އެމްޑީޕީ މިހާރު އޮތް ހާލަތު ވަރަށް ބޮޑަށް ސިފަކޮށްދޭ ކަމެކެވެ.

މި ބަހުސްގެ ތެރެއިން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އިންތިޚާބެއް ކާމިޔާބު ކުރެވޭނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށާއި، ނަމަވެސް ކާމިޔާބީއަށްފަހު އެކަމުގައި އުޅުނު މީހުން ދުރުކޮށްލުމަކީ އިންސާފެއް ނޫން ކަމަށެވެ. މީގެ އިތުރުން، ނަޝީދު ވަނީ ވަކީލު މަހުފޫޒް ސައީދަށް އަމާޒުކޮށް ހަރުކަށި ބަސްތަކެއް ރައްދުކުރައްވާފައެވެ. އެގޮތުން، ނަޝީދު ހޮވިވަޑައިގެންފިނަމަ، މަހުފޫޒް އެމަނިކުފާނުގެ ފަޅިއަށް ނާރައިފިނަމަ ހުންނަން ޖެހޭނީ "ފަހަތުގައި" ކަމަށް ވިދާޅުވިއެވެ. އަދި ބަލިވާ ބޭފުޅުން ޕާޓީގެ ކަންކަމުގައި ފަހަތުގައި ތިއްބަވާއިރު، ތަންކޮޅެއް "ދުރުގައި" އެހެނަސް ފަހަތުގައި ތިއްބަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ނަޝީދުގެ ބަހުން ނަމަ، ކައިރީގައި ތިއްބަވަން ޖެހޭނީ މޮޅުވާ ބޭފުޅުންނެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން ވަކީލު މަހުފޫޒް ވިދާޅުވީ، ޕާޓީގެ މަގާމުތަކަށް ކުރިމަތިލާއިރު ތާއީދުކުރާ މީހުންނާއި ނުކުރާ މީހުން ތިބޭނެ ކަމަށެވެ. އަދި ނަޝީދު އެ ކުރިމަތިލެއްވީ އެންމެން ގޮވައިގެން އުޅެންޖެހޭ މަގާމަކަށް ކަމަށާއި، "މަ ހޮވެއްޖެއްޔާ މަށަށް ތާއީދު ނުކުރާ މީހާއަށް ހޭއަރުވާލުމުގެ ވިސްނުމަކީ ކަމުދާ ވިސްނުމެއް ނޫން" ކަމަށް މަހުފޫޒް ބުންޏެވެ. އަދި މީހުންނަށް "ބިރު ނުދެއްކުމަށް" ވެސް މަހުފޫޒް އިލްތިމާސް ކުރިއެވެ. މިއީ އެތެރޭގެ އިންތިޚާބެއް ކަމަށް ބުނުމުން، ނަޝީދު ވަނީ އެއަށް ރައްދުދީ، މިއީ "ރާއްޖޭގެ އިންތިޚާބެއް" ކަމަށް ބުނެ ޕާޓީގެ ބާރުވެރިކަމާ މެދު ބޮޑާވެފައެވެ.

މި ލީކްތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް މަލާމާތް ރައްދުވެފައެވެ. ޕާޓީގެ ސިއްރުތައް ހިފަހައްޓާނުލެވޭތީ އާއި، އެކަކު އަނެކަކަށް ކުރާ އިތުބާރު ކުޑަވުމުގެ ސަބަބުން އެމްޑީޕީ ޖީއެމް ގްރޫޕުގައި ލީކުނުވާ ކަހަލަ ނެޕީއެއް ޖައްސަވާ ފަދަ ޖޯކުތައް ވަނީ އާންމުވެފައެވެ. ބައެއް މީހުން ވަނީ ހަގީސް ނޫނީ ޑްރައިޕާސް ވެސް ސަޅިވާނެ ފަދަ ކެޕްޝަންތަކާއެކު ޕާޓީގެ އިސް ސަފުގެ ބޭފުޅުންނަށް ފާޑުކިޔާފައެވެ.

އެމްޑީޕީގެ "ޖީއެމް" ގްރޫޕު ލީކުވުމަކީ ހަމައެކަނި މެސެޖުތަކެއް ފެންމަތިވުމެއް ނޫނެވެ. އެއީ އެ ޕާޓީގެ ތެރޭގައި އޮތް ފިތުނަވެރިކަމާއި، މަގާމުގެ ދަހިވެތިކަމާއި، އެކަކު އަނެކަކަށް އޮތް ނަފުރަތު ހާމަވެގެން ދިޔަ ކަމެކެވެ. ޕާޓީގެ ޗެއަރޕާސަން ކަމަށް މީކާއީލާއި ނަޝީދު ކުރާ ހަނގުރާމައިގެ ތެރެއިން، ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަނީ ފުނޑުފުނޑުވެފައެވެ. މިއަދު އެމްޑީޕީ ފެންނަނީ ސިޔާސީ ފިކުރެއްގެ ބަދަލުގައި، އެކަކު އަނެކަކަށް "ހޭއަރުވާލަން" އުޅޭ ބައިގަނޑެއްގެ ގޮތުގައެވެ. މިފަދަ ބައިބައިވުންތަކުގެ ސަބަބުން ޕާޓީގެ ކުރިމަގު ވަނީ ބޮޑު ސުވާލެއްގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ މި ދަޢުވަތު އަރުވާފައިވަނީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޚަބަރު 11 Sep 2026
އޮގަސްޓު މަހު މީރާއިން 2.42 ބިލިއަން ރުފިޔާ ބަލައިގަނެފި
އޮގަސްޓު މަހު މީރާއިން 2.42 ބިލިއަން ރުފިޔާ ބަލައިގަނެފި
އޮގަސްޓު 2025 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު އޮގަސްޓު 2026 ގައި ލިބިފައިވާ އާމްދަނީ %14 އިތުރުވި މައިގަނޑު ސަބަބަކީ، 2026 ވަނަ އަހަރުގެ އިންކަމް ޓެކްސް ނެގުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން 02 އޮގަސްޓް 2026 އަށް މުއްދަތު އިތުރު ކޮށްފައިވުމެވެ. މީގެ ސަބަބުން، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ ޓެކްސް، ބޭންކް އިންކަމް ޓެކްސް، އަދި ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.
ޚަބަރު 10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެެއްގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްއެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިތުރުން ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުގެ އިތުރުން ވުޒާރާގެ އިސްވެރިންނާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
ޚަބަރު 10 Sep 2026
ސަރުކާރުން މިފަހަރު ހުޅުވާލާފައިވާ ހައުސިން ސްކީމަކީ ދެފުއްފެންނަ، އިންސާފުވެރި ސްކީމަކަށްވާނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް
ސަރުކާރުން މިފަހަރު ހުޅުވާލާފައިވާ ހައުސިން ސްކީމަކީ ދެފުއްފެންނަ، އިންސާފުވެރި ސްކީމަކަށްވާނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް
ރައްޔިތުންގެ ބައްދަލުވުމުގެ މި ހަފުތާ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރި ގިނަ އާންމުންގެ މައިގަނޑު ކަންބޮޑުވުމަކަށް ވެފައިވަނީ ގެދޮރުވެރިކަމުގެ ދަތިތަކެވެ. މިގޮތުން އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތުންނާއި މީގެ ކުރިން ހިންގި މަޝްރޫޢުތަކުން ބޯހިޔާވަހިކަން ލިބޭގޮތް ނުވުމުގެ ކަންބޮޑުވުންތައް ވަނީ އެމަނިކުފާނާ ހިއްސާކޮށްފައެވެ. މި ޝަކުވާތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ޕޮއިންޓް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަނީ އެންމެ އެކަށޭނަ، ހައްގުވެރި ފަރާތްތަކަށް ފުރުސަތު ކަށަވަރުވާނޭ ފަދަ އުސޫލަކުން ކަމަށެވެ.
ޚަބަރު 10 Sep 2026