ޖަސްޓިސް އައްބާސް ޝަރީފް، ޕްރޮސިކިއުޓާ ޖެނެރަލް. / ފޮޓޯ: ޕީޖީ އޮފީސް
ޖަސްޓިސް އައްބާސް ޝަރީފް، ޕްރޮސިކިއުޓާ ޖެނެރަލް. / ފޮޓޯ: ޕީޖީ އޮފީސް

ޕީޖީ އޮފީހުގެ މަސައްކަތްތަކުގައި އޭއައި ބޭނުންކުރުމުގެ އުސޫލުތަކާއި ހަމަތައް އެކުލަވާލައި "ޕީޖީއޯ 2.0" އިފްތިތާޙުކޮށްފި

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން (ޕީޖީއޯ) ގެންގުޅޭ ޓެކްނޮލޮޖީގެ ނިޒާމުގެ ތެރެއަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމާ ގުޅޭ ޚާއްޞަ ސިޔާސަތުތަކާއި ހަމަތައް ހިމަނައި، އެ އޮފީހުގެ އޭއައި ސްޓްރެޓެޖީ "ޕީޖީއޯ 2.0" ތަޢާރަފުކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް މަޤާމާ ޙަވާލުވެވަޑައިގެންނެވި އިރު، ޕީޖީ އޮފީހުގައި އޭއައި ބޭނުންކުރުމުގެ އެއްވެސް ގަވަރނަންސް އޮނިގަނޑެއް ނެތެވެ. މި އަހަރުގެ މޭ މަހު އެ އޮފީހުގެ މުވައްޒަފުންގެ މެދުގައި ހެދި ދިރާސާއަކުން ދެއްކި ގޮތުގައި، އޭއައި ބޭނުންކުރުމަށް މުވައްޒަފުންގެ ޝައުޤުވެރިކަން 100 އަކުން 81 ގައި ހުރި ނަމަވެސް، ޒިންމާދާރުކަމާއެކު އޭއައި ބޭނުންކުރުމުގެ އުސޫލުތައް ހުރިކަމަށް ޤަބޫލުކުރެވުނީ އެންމެ 52 މާކުހަށެވެ. މި ފަރަޤު ކުޑަކޮށް، ޤާނޫނީ ހަމަތަކުގެ ތެރެއިން މި ޓެކްނޮލޮޖީ ބޭނުންކުރުމަށްޓަކައި ޕީޖީ އޮފީހުން ވަނީ "ޕީޖީއޯ 2.0" ގެ ނަމުގައި އޭއައި ސްޓްރެޓެޖީއެއް އެކުލަވާލައި މިދިޔަ އޮގަސްޓް މަހު އިފްތިތާޙުކޮށްފައެވެ.

މި ސްޓްރެޓެޖީ އެކުލަވާލާފައިވަނީ މައިގަނޑު ދެ ބައެއްގެ މައްޗަށެވެ. ފުރަތަމަ ބަޔަކީ އޭއައި ބޭނުންކުރުމުގައި ގެންގުޅޭނެ އަސާސީ 9 އުސޫލާއި، މަޢުލޫމާތު ބޭނުންކުރެވޭނެ ގޮތްތައް ބަޔާންކުރާ ގަވަރނަންސް ފްރޭމްވަރކެވެ. ދެވަނަ ބަޔަކީ އައު ޓޫލްތައް ވަޒަންކޮށް، ހުއްދަ ދިނުމަށް އެކުލަވާލާފައިވާ "ޓޫލް ރަޖިސްޓަރ" އެވެ. މި ނިޒާމުގެ ދަށުން، ނުރައްކާ ކުޑަ އޭއައި ޓޫލްތަކަށް އާންމު އުސޫލުން ހުއްދަ ލިބޭއިރު، ނުރައްކާ ބޮޑު (ހައި-ރިސްކް) ކަންކަމުގައި އޭއައި ބޭނުންކުރެވޭނީ ކަމާބެހޭ ކޮމިޓީތަކުން ބެލުމަށްފަހު، ސީދާ ޕްރޮސެކިއުޓަރ ޖެނެރަލްގެ ލިޔުމުން ދެއްވާ ހުއްދައަކާ އެކުގައެވެ.

މީގެއިތުރުން، ޤައުމީ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ ގޮތުން، ޕީޖީ އޮފީހުގެ މައިގަނޑު މަސައްކަތްތަކާއި މައްސަލަތަކުގެ މަޢުލޫމާތު ބަލަހައްޓާނީ ސީދާ އެ އޮފީހުގެ ކޮންޓްރޯލްގެ ދަށުގައި ހުންނަ އިންފްރާސްޓްރަކްޗަރގައެވެ. އަދި އޭއައި ސިސްޓަމްތަކުގައި ދިވެހި ބަސް ބޭނުންކުރެވޭނެ ގޮތް ހެދުމަކީ މައިގަނޑު ޝަރުޠެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މި މަޝްރޫޢުގެ ދަށުން އޭއައި މޮޑެލް ލައިސަންސްކުރުމުގެ ފުރަތަމަ ބީލަން އޮގަސްޓް 26 ގައި ދިވެހި ކުންފުންޏަކަށް ވަނީ ޙަވާލުކޮށްފައެވެ.

ޝަރީޢަތުގެ މަޖިލިސްތަކުގައި އޭއައިގެ އެހީގައި ތައްޔާރުކޮށްފައިވާ އެއްވެސް ލިޔުމެއް ނުވަތަ މަޢުލޫމާތެއް ބޭނުންކުރާނަމަ، އެކަން ކޯޓަށާއި ދިފާޢީ ވަކީލުންނަށް ހާމަކުރަންޖެހޭނެ ކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި އެއީ ކޮން ޓޫލެއްކަމާއި، އޭގެ އަސްލު މަޢުލޫމާތު ރައްކާކޮށް، ދިފާޢީ ވަކީލުންނަށް ސުވާލުކުރުމުގެ ފުރުޞަތު އޮންނަންޖެހޭނެ ކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. މިކަމާ ގުޅޭގޮތުން ކޯޓުތަކާއި ބާ ކައުންސިލާއެކު ދަނީ މަޝްވަރާކުރެވެމުންނެވެ.

ޕީޖީ ޢައްބާސް ޝަރީފް ވިދާޅުވީ، ސްޓްރެޓެޖީ އިފްތިތާޙުކުރިތާ 100 ދުވަހުގެ ތެރޭގައި މުވައްޒަފުންނަށް އޭއައިއަށް އަހުލުވެރިކުރުމުގެ ތަމްރީނު ދިނުމާއި، 'މަފިނި' ސިސްޓަމްގެ ތެރެއިން އޭއައިގެ އައު ޚިދުމަތްތައް ތަޢާރަފުކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އަދި އެންމެ ބޮޑު އަމާޒަކީ ޒިންމާދާރުކަމާއެކު އޭއައި ބޭނުންކުރެވޭނެ ކަމުގެ އިތުބާރު މުވައްޒަފުންގެ މެދުގައި 75 އިންސައްތައަށް ވުރެ މައްޗަށް ގެންދިއުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026