ޔޫއެންސީސީޑީ ކޮޕް17 ގެ ސިޑްސް ވަށްމޭޒު ބައްދަލުވުމުގައި މިނިސްޓަރ ޢަލީ ޝަރީފް ބައިވެރިވެވަޑައިގެންފި

ހ ހަޅަ
ޚަބަރު 27 Aug 2026

ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން (ޔޫއެންސީސީޑީ) ގެ 17 ވަނަ ކޮޕް ސަމިޓްގެ "ލޭންޑް އެންޑް ޕީޕަލް ޑޭ" ގެ ހަވާސާގައި ބޭއްވި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) ގެ ވަށްމޭޒު ބައްދަލުވުމުގައި މިނިސްޓަރ ޢަލީ ޝަރީފް ބައިވެރިވެވަޑައިގެންފިއެވެ.

"ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް އިން ފޯކަސް: ސްކޭލިންގ ލޭންޑް ޑީގްރެޑޭޝަން ނިއުޓްރަލިޓީ ފޯ ރެޒިލިއަންޓް ފިއުޗަރސް" ގެ ނަމުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ފިޖީ، ވަނުއާޓޫ، ޑޮމިނިކަން ރިޕަބްލިކްގެ ވަޒީރުންނާއި އިސް މަންދޫބުންގެ އިތުރުން ކެރީބިއަން އަދި ޕެސިފިކް ސަރަޙައްދުގެ މާލީ އަދި ސަރަޙައްދީ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢަލީ ޝަރީފް ވަނީ ބިންގަނޑު ހަލާކުވުން ހުއްޓުވުމަށާއި (ލޭންޑް ޑީގްރެޑޭޝަން ނިއުޓްރަލިޓީ) އަދި ދެމެހެއްޓެނިވި ގޮތެއްގައި ބިން ބޭނުންކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ރާއްޖޭގެ ބިމުގެ ޖާގަ ކުޑަވުމުގެ ސަބަބުން، އަވަށު ތަރައްޤީއާއި، އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމާއި، އަދި އިޤްތިޞާދީ ހަރަކާތްތަކުގެ ސަބަބުން ބިމަށް ބޮޑެތި ފިއްތުންތަކާއި ގޮންޖެހުންތައް ކުރިމަތިވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޔޫއެންސީސީޑީގެ ކުރިއަށް އޮތް ސްޓްރެޓީޖިކް ފްރޭމްވޯކްގެ ދަށުން، ގޮނޑުދޮށްތައް ގިރައި ހަލާކުވުމުގެ މައްސަލަ ރަނގަޅަށް ދެނެގަނެ، އެ ކޮންވެންޝަންގެ ތެރޭގައި އެކަން ހިމެނުމަށް މިނިސްޓަރ ގޮވާލެއްވިއެވެ. އަދި އަތޮޅުތަކާއި ކުދި ޖަޒީރާތަކުގެ ހާލަތާ ގުޅޭގޮތުން މިހާރު ހުރި ސައިންޓިފިކް ހެކިތަކާއި މަޢުލޫމާތުގެ ފަރަގު (އެވިޑެންސް ގެޕް) ކުޑަކުރުމުގެ މުހިންމުކަންވެސް މިނިސްޓަރ ޢަލީ ޝަރީފްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑިއަށް ވާދަކުރަން ހުޅުވައިލައިފި، އިންތިޚާބު ނޮވެންބަރުގެ ފަހުކޮޅު
ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑިއަށް ވާދަކުރަން ހުޅުވައިލައިފި، އިންތިޚާބު ނޮވެންބަރުގެ ފަހުކޮޅު
އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރި އިޢުލާނުގައިވާ ގޮތުން، ތިނަދޫ ކައުންސިލުގެ ރައީސްކަމަށް ވާދަކުރަން އެދޭ ފަރާތްތަކަށް މިއަދުން ފެށިގެން އޮކްޓޫބަރު 26 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ކެންޑިޑެސީ ފޯމާއި އެއާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ އިތުރުން -/1500 ރުފިޔާގެ އިދާރީ ފީ ދެއްކުން ކުރިއަށްދާނީ އެ ކޮމިޝަނުގެ "މައި ޕޯޓަލް" މެދުވެރިކޮށެވެ.
ޚަބަރު 11 Oct 2026
ރަސްމާލެ މަޝްރޫޢު ނުހުއްޓުވޭނެ، ޔާމީނާއި އެމްޑީޕީ ކުރަނީ އެއް މަސައްކަތެއް: މަޖިލީހުގެ ރައީސް އަބްދުއްރަޙީމް
ރަސްމާލެ މަޝްރޫޢު ނުހުއްޓުވޭނެ، ޔާމީނާއި އެމްޑީޕީ ކުރަނީ އެއް މަސައްކަތެއް: މަޖިލީހުގެ ރައީސް އަބްދުއްރަޙީމް
ރަސްމާލޭގައި ޔޫއޭއީގެ ކުންފުންޏަކުން ހިންގަން އުޅޭ ބިޔަ މަޝްރޫޢަށް ހުރަސްއެޅުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އެމްޑީޕީއާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޚަބަރު 11 Oct 2026
ހުޅުމާލޭގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ޒުވާނަކު ޖޫރިމަނާކޮށް، ސައިކަލް ޓޯކޮށްފި
ހުޅުމާލޭގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ޒުވާނަކު ޖޫރިމަނާކޮށް، ސައިކަލް ޓޯކޮށްފި
ހުޅުމާލެ ފޭސް 1 ގައި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް، އެ ސައިކަލް ދުއްވި މީހާއަށް ފިޔަވަޅު އަޅައިފިއެވެ.
ޚަބަރު 11 Oct 2026
ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަސް: އަންހެން ކުދިންގެ ޤާބިލުކަމާއި ހުނަރު ފާހަގަކުރައްވައި މެޑަމް ސާޖިދާ ތަހުނިޔާ ވިދާޅުވެއްޖެ
ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަސް: އަންހެން ކުދިންގެ ޤާބިލުކަމާއި ހުނަރު ފާހަގަކުރައްވައި މެޑަމް ސާޖިދާ ތަހުނިޔާ ވިދާޅުވެއްޖެ
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖެއާއި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެން ކުދިންގެ ހިތްވަރާއި، އުންމީދުތަކާއި އަދި އެކުދިންގެ ކިބައިގައިވާ ޤާބިލުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ޚަބަރު 11 Oct 2026