ހަސަން ޒަރީރަށް ފިނޭންސް މިނިސްޓަރު ކަމަށް މަޖިލީހުން ރުހުންދީފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 24 Jun 2026

މިނިސްޓަރ އޮފް ފައިނޭންސްގެ މަޤާމަށް ހަސަން ޒަރީރު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ޖޫން މަހުގެ 8 ވަނަ ދުވަހު މި މަޤާމަށް އައްޔަންކުރެއްވި ހަސަން ޒަރީރުގެ ނަންފުޅު މަޖިލީހަށް ހުށަހެޅުއްވީ ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރުހުން ހޯއްދެވުމަށެވެ. މި ނަންފުޅު ދިރާސާކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އެމަނިކުފާނަށް ރުހުން ދިނުމަށް އިއްތިފާޤުން ނިންމާފައިވާއިރު، މަޖިލީހުގެ ތަޅުމުން މި ނަންފުޅު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އިއްތިފާޤުންނެވެ.

ހަސަން ޒަރީރަކީ މީގެ ކުރިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމާއި، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަޤާމު ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. ތަޢުލީމީ ދާއިރާއަށް ބަލާއިރު، އެމަނިކުފާނު ވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ (އައި.އައި.ޔޫ.އެމް) އިން އެކައުންޓިންގ ދާއިރާއިން ފުރަތަމަ ޑިގްރީ އަދި ފައިނޭންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާޞިލުކުރައްވާފައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އދ.ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އދ.ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، މޫސުމަށް އަންނަ ބަދަލުތަކަކީ ދިވެހިރާއްޖެއަށް ކޮންމެ ދުވަހަކުވެސް ތަޙައްމަލުކުރަންޖެހިފައިވާ ހަޤީޤަތެއް ކަމަށާއި، މިކަމުގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް )ސިޑްސް( އަށް ދިމާވެފައިވާ މައްސަލަތަކުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
ޚަބަރު 22 Sep 2026
ޔޫއެން އަށް މާނަހުރި އިޞްލާޙުތައް ގެނައުމަށާއި ހަމަހަމަ ތަމްސީލުވުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެ: ރައީސް
ޔޫއެން އަށް މާނަހުރި އިޞްލާޙުތައް ގެނައުމަށާއި ހަމަހަމަ ތަމްސީލުވުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެ: ރައީސް
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދިވެހިރާއްޖެ އދ. ގެ މެންބަރަކަށް ވިތާ 61 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖުގައެވެ. އދ. ގެ މެންބަރުކަން ދިވެހިރާއްޖެއަށް ލިބިފައިވަނީ، 21 ސެޕްޓެމްބަރު 1965 ގައެވެ.
ޚަބަރު 22 Sep 2026
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން އީގަލް ހިލްސްއާ އެކު ސޮއިކޮށްފި
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން އީގަލް ހިލްސްއާ އެކު ސޮއިކޮށްފި
ޔޫއޭއީގެ އަބޫދާބީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު ސޮއިކުރެއްވިއިރު އީގަލް ހިލްސް ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން މުހައްމަދު އަލައްބާރުއެވެ.
ޚަބަރު 22 Sep 2026
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަނުކުރައްވަން ނިންމަވައި، ފައިސަލް ނަސީމަށް ތާއީދުކުރެއްވުމަށް ރައީސް ސޯލިހު ނިންމަވައިފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަނުކުރައްވަން ނިންމަވައި، ފައިސަލް ނަސީމަށް ތާއީދުކުރެއްވުމަށް ރައީސް ސޯލިހު ނިންމަވައިފި
ރައީސް އިބޫ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަމުގެ އަޑުތައް މީގެ ކުރިން ފެންމަތިވެފައިވާއިރު، އެމަނިކުފާނުގެ އަރިސް ބޭފުޅުން ވެސް އެކަން މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައިވެއެވެ. ނަމަވެސް އެމަނިކުފާނުގެ އެ ނިންމެވުން ބަދަލުކުރައްވާ ފައިސަލްއަށް ތާއިދުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.
ޚަބަރު 22 Sep 2026