ދަނޑުވެރިކަމަށް ބިން ބޭނުންކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި

ދަނޑުވެރިކަމަށް ބިން ބޭނުންކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި

ދަނޑުވެރިކަމަށް ބިން ބޭނުންކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ސިޓީސް މިނިސްޓަރާއި، އެގްރިކަލްޗަރ މިނިސްޓަރާއި، ހައުންސިންގ މިނިސްޓަރާއި، އެންވަޔަރަމެންޓް މިނިސްޓަރ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިނިސްޓަރ އޮފް އެގްރިކަލްޗަރ އެނިމަލް އެންޑް ވެލްފެއަރ ޑރ. ޢާއިޝަތު ރަމީލާގެ އިސްނެންގެވުމަކަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރާއި، މިނިސްޓަރ އޮފް ހައުސިންގ ލޭންޑް އެންޑް އާރބަން ޑިވޮލޮޕްމެންޓް ޑރ. ޢަލީ ހައިދަރު އަޙްމަދާއި، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރުމަންޓް އެންޑް އެނާރޖީ ޠާރިޤް އިބްރާހިމްގެ އިތުރުން ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ސީ.އީ.އޯ ޑރ. މަރިޔަމް ޒުލްފާ ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިޓީސް ލޯކަލް ގަވަރމެންޓް މިނިސްޓްރީގައެވެ.

މި ބައްލުވުމުގައި އެގްރިކަލްޗަރ އެނިމަލް ވެލްފެއަރ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވީ ތޮއްޑޫގެ ދަނޑުބިންތަކާއި ގުޅޭ ގޮތުން ކައުންސިލުން ނިންމި ނިންމުމުގެ ސަބަބުން ތޮއްޑޫ ދަނޑުވެރިން ކުރިއަށް ގެންދިޔަ އިޙްތިޖާޖްތަކާއި ގުޅޭ ކަންބޮޑުވުން އެ ކަމަނާ ހިއްސާ ކުރެއްވެވިއެވެ. މީގެ އިތުރަށް ވެސް ދަނޑުވެރިކަން ކުރާ ރަށްތަކުން ގޯތި ދިނުމުން އެ ރަށްރަށުގެ ދަނޑުވެރިކަން ކުރުމަށް ބިން ނެތުމާއި ގުޅިގެން ދަނޑުވެރިކަން ކުރާ ރަށްރަށަށް އެ ކަން ކުރުމަށް ފަޅުރަށެއް ދެވިދާނެ ގޮތަކާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރެވިފައެވެ. މީގެ އިތުރަށް ވެސް އެކި ރަށްރަށުގެ ދަނޑުވެރިންނަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ދާދި ފަހުން ތޮއްޑޫގެ ދަނޑުވެރިންނާއި ކައުންސިލާ ދެމެދު ހިނގި ކަންކަމުގެ ކަންބޮޑުވުން މިނިސްޓަރ ހިއްސާކުރެއްވިއެވެ.

ތޮއްޑޫ ކައުންސިލުން އެ ގޮތުން ޢަމަލުކުރަމުން ދިޔައީ ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތައްތޯ ނުވަތަ ނޫންތޯ މި ވެސް ހަމަ ސާފުކޮށްލަން ޖެހޭ ކަމެއް މިނިސްޓަރ ރަމީލާ ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރ ޑރ. ހައިދަރުގެ ވާހަކަފުޅުގައި ދަނޑުވެރިކަން ކުރުމަށް ދޫކުރާ ބިން ބޭނުން ކުރުމުގެ ރަނގަޅު އުޞޫލުތަކާއި ޤަވާއިދު ތައް ހެދުމުގެ މުހިންމު ކަމުގެ މައްޗަށް އަލި އަލިއަޅުވާލައްވައި އެ ކަމާ ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި މީގެއިތުރަށް ވެސް ރަށްރަށުގެ އެކި އެކި ބޭނުންތަކަށް ކަނޑައަޅުއްވާ ބިންތައް ކަނޑައެޅުމުގެ ކުރިން ރަނގަޅު ގައިޑްލައިން އެ ސިޓީސް މިނިސްޓްރީއާއި މަޝްވަރާ ކުރައްވައިގެން އެކަށަ އެޅުއްވުމުގެ މަސައްކަތް ކުރެއްވުމަށް ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

ޚައްޞަކޮށް ދަނޑުވެރިކަން ކުރުމަށް ދިގު މުއްދަތަކަށް ބިން ބޭނުންވޭ، ރާއްޖޭގެ ކާބޯތަކެތީގެ ކަންކަން ރަނގަޅުކުރުމަށް ޓަކައި އަދި ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަންތައްތަކާއި ގުޅިފައިވާ ވަރަށް މުހިންމު މަސައްކަތެއް ދަނޑުވެރިކަމަކީ، ވަރަށް ގިނަ ބައެއްގެ އާމްދަނީ އިތުރު ކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް މިމަސައްކަތް އަޅުގަނޑުމެންނަށް ނުގެންދެވޭ ގޮތަކަށް ރަށްރަށުގައި ކަންކަން ދާނަމަ އެއީ ވަރަށް ބޮޑު ކަންބޮޑުވުން އޮތްކަމެއް ހައުސިންގ މިނިސްޓަރ ހައިދަރު ވިދާޅުވިއެވެ.

ސިޓީސް ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ތޮއްޑޫގެ މައްސަލާގައި ކަންކަން ދިމާވި ގޮތް ހޯދާ ބެއްލެވުމަށް މިނިސްޓްރީން ފެކްޓް ފައިންޑިން ޓީމެއް އެ ރަށަށް ޒިޔާރަތްކޮށް ރިޕޯރޓެއް ތައްޔާރުކުރެއްވެވި ކަމަށާއި އެ ކަމުން ދޭހަވެގެން ދިޔަ ކަމަކީ ތޮއްޑުގެ ކައުންސިލުން ނިންމި ނިންމުން ރައްޔިތުންނާއި މަޝްވަރާ ކުރެއްވުމެއް ނެތި ތޮއްޑޫ ކައުންސިލުން އެ ކަން ތަންފީޒުކުރުން ކަމުގައެވެ. އަދި އެ މައްސަލައަށް ގޮތެއް ނުނިމި ގިނދުވަސްވުން އެއީ ކަންބޮޑުވާ ކަމެއްކަމުގައި މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މި ކަމާ ގުޅިގެން އަޅުގަނޑުމެން ފެކްޓް ފައިންޑިންގެ ޓީމްގެ ރިޕޯރޓް ވަނީ އެލް.ޖީ.އޭއަށް ހުށައަޅާފައި އޭގެ ފަހުން އެލް.ޖީ.އޭ އިންވެސްޓް ތޮއްޑުއަށް ދަތުރެއް ކުރެއްވި އެވދަތުރުގައި އަޅުގަނޑަށް ލިބުނު ފީޑްބެކަކީ ރައްޔިތުންނާ އެކީގައި ބައްދަލުވުމެއް ބާއްވައިގެން ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރެއްވިކަމަށް މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވިއެވެ.

ވަޒީރުންގެ މި މަޝްވަރާ ބައްދަލުވުމުގައި ހުށައެޅުނު ކަންތައްތަކުގެ ތެރޭގައި ދަނޑުވެރިކަން ކުރިއަށް ގެންދިއުމުގައި ހުރި ގޮންޖެހުންތަކާއި އަދި މިހާރު ބައެއް ރަށްރަށަށް ކުރިމަތި ވެފައިވާ މައްސަލަތަކުގެ އިތުރުން ކައުންސިލްތަކުން ލޭންޑް ޔޫސް ޕްލޭން ހެދުމާއި މި ކަންކަމުގައި ލޯކަލް ކޮންސަލްޓޭޝަން އިތުރަށް ހަރުދަނާކުރުމުގެ އިތުރަށް ރަށްތަކުގައި ހާއްސަގޮތެއްގައި އެކޯ ޓުއަރިޒަމް ރައްޔިތުންނަށް ފައިދާ ކުރަނިވިގޮތަކަށް ބޭނުންކުރުމާއި ގުޅޭ މަޝްވަރާ ކުރެވުނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026