ޝަމްޢާން ރިޝްވަތު ހިފި މައްސަލައިގެ ތަފްސީލު ފުލުހުން ހާމަކޮށްފި

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދާއި އެ މުއައްސަސާގެ ބައެއް މުވައްޒަފުން ގުޅިގެން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގގެ ބޮޑެތި މައްސަލަތަކެއްގެ ތަފްސީލު ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުން މި މަޢުލޫމާތު ހާމަކޮށްފައިވަނީ، 2026 ޖޫން 9 ވަނަ ދުވަހު ޝަމްޢާން މީޑިއާތަކާ ބައްދަލުކޮށް ފުލުހުންގެ ތަހުގީގާ މެދު ކޮށްފައިވާ ތުހުމަތުތަކަށް ރައްދު ދިނުމުގެ ގޮތުން ނެރުނު ބަޔާނެއްގައެވެ.

ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، 2025 މާރިޗު 11 ވަނަ ދުވަހުގެ ރޭ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް ބިދޭސީންގެ ތެރެއިން މީހަކު މިނިވަންކުރުމަށް ޝަމްޢާން ވަނީ ނުފޫޒު ފޯރުވާފައެވެ. މިގޮތުން، ސްޕޮންސަރުގެ ނަމުގައި ފޮނުވި އީމެއިލަކާ ގުޅިގެން އެ ބިދޭސީމީހާ އަވަހަށް ދޫކޮށްލުމަށް ޝަމްޢާން އިރުޝާދު ދެއްވިކަން ތަހުގީގަށް ވަނީ ކަށަވަރުވެފައެވެ.

މި މައްސަލައިގެ އެންމެ ނުރައްކާތެރި ހާމަވުމަކީ، އެ ބިދޭސީމީހާ ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން 500,000 (ފަސްލައްކަ) ރުފިޔާ އަށް އެއްބަސްވެ، އެ ފައިސާ ޝަމްޢާނާ ހަވާލުކުރި ކަމަށް ބުނާ ބުނުމެވެ. ފުލުހުން ބުނި ގޮތުގައި، އިމިގްރޭޝަންގެ ދެ މުވައްޒަފަކު ދަންވަރު 3:00 އެހައިކަންހާއިރު ފައިސާ ހުރި ކޮތަޅެއް ހިފައިގެން ޝަމްޢާން ދިރިއުޅޭ އެޕާޓްމަންޓަށް ވަދެ، ތިން މިނެޓް ފަހުން ނުކުތްއިރު އެމީހުންގެ އަތުގައި އެ ކޮތަޅެއް ނެތެވެ. އަދި ޖެހިގެން އައި ދުވަހު ޝަމްޢާންގެ ބޭންކް އެކައުންޓްތަކަށް ދެލައްކައަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ވެސް ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ.

ޝަމްޢާން މީޑިއާގައި ވިދާޅުވެފައިވަނީ އޭނާގެ ފޯނުގައި ކޮރަޕްޝަނާ ގުޅޭ ހެކި ހުރި ކަމަށެވެ. ނަމަވެސް ފުލުހުން ވިދާޅުވީ، ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި ފޯނު ހުޅުވުމަށް ބޭނުންވާ ލޮކް ކޯޑު އޭނާ ދީފައިނުވާ ކަމަށާއި، އަދި ބަންދުން ދޫކޮށްލުމަށްފަހު ވެސް އެފަދަ އެއްވެސް މައުލޫމާތެއް ރަސްމީ އިދާރާއަކާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.

ފުލުހުން އިތުރަށް ބަޔާންކުރި ގޮތުގައި، މި ތަހުގީގަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ހެކީގެ މައްޗަށް ބިނާކޮށް ހިންގާފައިވާ މިނިވަން ތަހުގީގެކެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން މިހާރު ވަނީ ހުކުމް އިއްވާފައެވެ. ފުލުހުން ވަނީ ކޯޓުގެ ނިންމުމަށް އިހުތިރާމް ކުރުމަށާއި، ހިތްހަމަނުޖެހުމެއް އޮތް ނަމަ އިސްތިއުނާފުގެ މަރުހަލާ އިޚްތިޔާރު ކުރުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026