ޣައްޒާ
ޣައްޒާ

އަލް މަވާސީއަށް އިސްރާއީލުން ދިން ހަމަލާއިން ހަމާސްގެ އަސްކަރީ ވެރިޔާ ސަލާމަތްވި

ހ ހަޅަ
ދުނިޔެ 14 Jul 2024

ހޮނިހިރު ދުވަހު އިސްރާއީލު އަސްކަރިއްޔާއިން އަލް މަވާސީއަށް ދިން ހަމަލާއިން ހަމާސްގެ އަސްކަރީ ވިންގު, ޤައްސާމް ބްރިގޭޑްގެ ވެރިޔާ މުހައްމަދު ދިއެފް ސަލާމަތްވިކަމަށް ހަމާސްގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނެފިއެވެ. 

ނަން ހާމަނުކޮށް ހަމާސްގެ އޮފިޝަލަކު އޭއެފްޕީއަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ މުހައްމަދު ދިއެފްގެ ހާލު ރަނގަޅުކަމަށާއި މިވަގުތުވެސް ހަމާސް އިން ކުރިޔަށްގެންދާ އޮޕަރޭޝަން ގާތުން ބަލަމުން އަންނަކަމަށެވެ. 

ސޭފް ޒޯނެއްކަމުގައި އިސްރާއީލު އަސްކަރިއްޔާއިން ކަނޑައަޅާފައިވާ އަލް މަވާސީއަށް ހަމަލާދިނީ އެސަރަހައްދުގައި މުހައްމަދު ދިއެފް ހުރުމުންކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނެއެވެ. އެހަމަލާގައި މަދުވެގެން 90 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. ހަމާސް އިން ވަނީ އިސްރާއީލުގެ ތުހުމަތުތައް ދޮގުކޮށް އެއީ އިސްރާއީލުން ނަސްލު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމަށް އިތުރުވި ބޮޅެއްކަމަށް ބުނެފައެވެ. 

މުހައްމަދު ދިއެފް އަކީ އިސްރާއީލުން އެންމެ ބޭނުންވާ ހަމާސްގެ ލީޑަރުންގެ ތެރެއިން އެކަކެވެ. މުހައްމަދު ދިއެފް މަރާލުމަށް އިސްރާއީލުން ވަނީ މީގެކުރިންވެސް އެތައް ފަހަރަކު ހަމަލާދީފައެވެ. 

ދިއެފް އަކީ ހަމާސްގެ އަސްކަރީ ވިންގު އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކެވެ. ހަމާސްގެ އަސްކަރީ ވިންގް ، ޤައްސާމް ބްރިގޭޑް 1990 ގައި އުފެދުނީއްސުރެ 20 އަހަރަށް ވުރެ ގިނަ އަހަރު ޤައްސާމް ބްރިގޭޑް ހިންގުމުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. 

އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ކުއްލި ގޮތަކަށް ދިން ހަމަލާގެ ފަހަތުގައި ވަނީ ހަމާސްގެ ޣައްޒާގައި ހުންނަ އެންމެ އިސް ލީޑަރު ޔަހުޔާ ސިންވާރު އަދި ޤައްސާމް ބްރިގޭޑްގެ ވެރިޔާ މުހައްމަދު ދިއެފްކަމަށް އިސްރާއީލުން ގަބޫލުކުރެއެވެ. 

ބެލެވޭ ގޮތުގައި އިސްރާއީލުން އޭނާ މަރާލުމަށް ދިން އެތައް ހަމަލާތަކަށްފަހު ދިއެފް މިހާރު ހުންނަނީ ވާގިނެތިފައެވެ. އޭނާ އާންމުންގެ ތެރެއިން ނުފެންނަތާ އެތައް އަހަރެއް ވަނީ ވެފައެވެ. އަދި އިންޓަރނެޓުންވެސް ފެންނަން ހުންނަނީ އޭނާގެ މަދު ފޮޓޯތަކެކެވެ. އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު ހަމާސް އިން ވަނީ ދިއެފްގެ އޯޑިއޯ ރިކޯޑިންގ އެއް ޕޯސްޓްކޮށްފައެވެ. އެ ރިކޯޑިންގ ގައި ދިއެފް އަލް އަޤްސާ ފްލަޑް އޮޕަރޭޝަން ހިންގާކަން ހާމަކުރެއެވެ. 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ނަޝީދު އެމްޑީޕީގެ ބާރުގެ މުގުލަށް – މިއީ ޕާޓީގެ ކުރިއެރުމެއްތަ؟ ނޫނީ ނިމުމުގެ ފެށުމެއްތަ؟
ނަޝީދު އެމްޑީޕީގެ ބާރުގެ މުގުލަށް – މިއީ ޕާޓީގެ ކުރިއެރުމެއްތަ؟ ނޫނީ ނިމުމުގެ ފެށުމެއްތަ؟
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ނިމި، ޕާޓީގެ ޗެއަރޕާސަންގެ މަޤާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުވުމާއެކު، އެ ޕާޓީގެ "އެތެރެ ފަނިވެފައިވާ" މިންވަރު މުޅި ޤައުމަށް ހާމަވެގެން ގޮސްފިއެވެ.
ރިޕޯޓް 13 Jun 2026
ދ. މީދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ސުހާ ކާމިޔާބުކުރައްވައިފި
ދ. މީދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ސުހާ ކާމިޔާބުކުރައްވައިފި
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކޮށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެ ރަށު ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތު ހޯދައިފިއެވެ.
ޚަބަރު 13 Jun 2026
ކޮރަޕްޝަން ހުއްޓުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވަންޓުންނަށް: މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު
ކޮރަޕްޝަން ހުއްޓުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވަންޓުންނަށް: މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު
ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަން ނައްތާލައި، ނަޒާހަތްތެރިކަން ގާއިމުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނީ ސިވިލް ސާވަންޓުންނަށް ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ޚަބަރު 13 Jun 2026
ދިފާޢީ ވަޒީރު އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑުގެ އެއަރ ސްޓޭޝަނަށް ޒިޔާރަތްކުރައްވައިފި
ދިފާޢީ ވަޒީރު އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑުގެ އެއަރ ސްޓޭޝަނަށް ޒިޔާރަތްކުރައްވައިފި
ދިފާޢީ އަދި ވަތަނީ ޚިދުމަތާބެހޭ ވަޒީރު އޮނަރަބަލް ޙަސަން ރަޝީދު، އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑުގައި ޤާއިމްކޮށްފައިވާ އެއަރ ސްޓޭޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
ޚަބަރު 13 Jun 2026