ހުޅުމާލެ ސްޓެލްކޯއާ ދިމާލުން މޫދަށް ފޭބި މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ހ ހުސައިން އިސްމާއިލް
ޚަބަރު 22 May 2026

ހުޅުމާލެ ސްޓެލްކޯއާ ދިމާލުން މޫދަށް ފޭބި މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ހުޅުމާލެ ސްޓެލްކޯއާ ދިމާލު ފަޅުތެރެއަށް، ވަލެއް އެއްސުމަށް މޫދަށް ފޭބި މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު، 2026 މެއި 21 ވަނަ ދުވަހުގެ އިރުއޮއްސި 18:30 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

މި ހާދިސާގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން ކޮށްފައިވެއެވެ.

މިހާދިސާގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް 2026 މެއި 22 ވަނަ ދުވަހުގެ 08:25 އެހައިކަންހާއިރު މޫދުއަޑިން އޭނާގެ ހަށިގަނޑު ފެނުމުން، ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މީހާ ނިޔާވެފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.

ނިޔާވެފައިވައި ވަނީ ކ.ގުރައިދޫ / ރަތްވިލާގެ ، އިބްރާހިމް ޝާކިރު (48 އަހަރު)އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވައިފި
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވައިފި
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، އިފްތިތާހު ކުރުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.
ޚަބަރު 02 Jul 2026
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 20 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 20 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި
މި ބިލަކީ، 2026 ޖުލައި 1 ވީ ބުދަ ދުވަހު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާއިން ފާސްކުރައްވައިފައިވާ ބިލެކެވެ.
ޚަބަރު 02 Jul 2026
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026ގައި މޯލްޑިވްސް ޒަކާތު ހައުސްއިން ޒަކާތާ ގުޅުންހުރި 4 ފޮތެއް ނެރެފި
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026ގައި މޯލްޑިވްސް ޒަކާތު ހައުސްއިން ޒަކާތާ ގުޅުންހުރި 4 ފޮތެއް ނެރެފި
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ރަސްމީކޮށް މިއަދު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ރައީސުލްޖުމްހޫރިއްޔާ، މި އެކްސްޕޯގެ މޯލްޑިވްސް ޒަކާތު ހައުސްގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ޒަކާތު ހައުސްގެ ޑައިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސްވަނީ މި 4 ފޮތް އެމަނިކުފާނަށް އަރުވައިފައެވެ.
ޚަބަރު 02 Jul 2026
ތުޅާދޫ ސަޤާފީ މަރުކަޒު: އިމާރާތްކުރުމުގެ މަސައްކަތާއި، ޚިދުމަތް ދިނުމަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތް ނުހުއްޓި ކުރިއަށް
ތުޅާދޫ ސަޤާފީ މަރުކަޒު: އިމާރާތްކުރުމުގެ މަސައްކަތާއި، ޚިދުމަތް ދިނުމަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތް ނުހުއްޓި ކުރިއަށް
ދެ ބުރިއަށް އިމާރާތްކުރާ މި އިމާރާތުގެ ކޮންޓްރެކްޓަރ އަކީ އެމްޓީސީސީއެވެ. އެމްޓީސީސީން މަޢުލޫމާތު ދިން ގޮތުގައި، އިމާރާތުގެ ފައުންޑޭޝަން ފުޓިންގްތަކުގެ ކޮންކްރީޓް މަސައްކަތް، ނިންމައި މިހާރު ކުރިއަށްދަނީބީމްތަކަށް ބޭނުންވާ ދަގަނޑު ބެންޑް ކުރުމުގެ މަސައްކަތެވެ. ބީސީސީގެ އަމާޒަކީ، އިމާރާތުގެ މަސައްކަތް ނިމުމާއެކު، ވީ އެންމެ އަވަހަކަށް އާންމުންނަށް ޚިދުމަތް ދެވޭ ވަރަށް މި މަޝްރޫއާ ގުޅުންހުރި މަސައްކަތް ކުރިއަށް ގެންގޮސް ނިންމުމެވެ.
ޚަބަރު 02 Jul 2026