މިނިސްޓަރ ޝަހީމް އެމްއެންޔޫ ފޮތް މައުރަޒު އިފްތިތާޙްކޮށްދެއްވައިފި
ޚަބަރު
03 Sep 2026
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އެމްއެންޔޫ ފޮތް މައުރަޒު އިފްތިތާޙްކޮށްދެއްވައިފިއެވެ.
މިކަމަށްޓަކައި މިއަދު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވަވާފައެވެ. މި ރަސްމިއްޔާތުގައި ވަޒީރު ޑރ. ޝަހީމް ވަނީ އެމްއެންޔޫ ބުކް ރައިޓިންގ ގްރާންޓުގެ ދަށުން ނެރޭ ފޮތްވެސް އިފްތިތާޙްކޮށްދެއްވާފައިވެއެވެ.
މި ރަސްމިއްޔާތަށްފަހު ވަޒީރު ވަނީ ފޮތް މައުރަޒުގެ ސްޓޯލްތައް ބައްލަވާލައްވާފައެވެ.
މި މައުރަޒަކީ ފޮތް އުފައްދާ މީހުންނާއި ވިއްކާ މީހުންނާއި ގަންނަ މީހުން އެއްތަނަކުން ބައްދަލުވެ، ފޮތް ކިއުމުގެ އާދަ އިތުރުކުރުމުގެ މަޤުސަދުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މައުރަޒެއްކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް