ޗުއަންޑޯ ޓަން
ޗުއަންޑޯ ޓަން

މި މީހާގެ އުމުރު އެނގުމުން ގަބޫލުކުރަން ދަތިވާނެ: "އުމުރުން ދުވަސްނުވާ" ޓަންގެ ސިއްރަކީ ކޮބައި؟

އ އައިމިނަތުު މުޙައްމަދު
ދުނިޔެ 24 May 2026

ސިންގަޕޫރުގެ މަޝްހޫރު ފޮޓޯގްރާފަރު އަދި ކުރީގެ މޮޑެލް ޗުއަންޑޯ ޓަންގެ ފޮޓޯތަކެއް އަލުން ސޯޝަލް މީޑިއާގައި ދައުރުވާން ފަށައި، ގިނަ ބަޔަކު ހައިރާންކޮށްލައިފިއެވެ. ޓަން އަލުން ވައިރަލްވެފައިވަނީ އޭނާގެ އުމުރުން 60 އަހަރު ފުރިފައިވާކަން އެނގުމުން، އޭނާގެ ޒުވާން ސިފައާ މެދު އުފެދުނު ބަހުސްތަކަކާ ގުޅިގެންނެވެ.

މިކަން އަލުން ވައިގައި ހިފައިގެން ދިޔައީ އެކްސް ބޭނުންކުރާ ފަރާތަކުން ޓަންގެ ފޮޓޯތަކެއް ހިއްސާކޮށް، "މި ފިރިހެންމީހާގެ އުމުރުން 60 އަހަރު، އަދިވެސް މިހާ ޒުވާންކޮށް ފެންނަނީ ކިހިނެއް؟ އޭނާގެ ސިއްރަކީ ކޮބައި؟" ކަމަށް ބުނެ ކުރި ޕޯސްޓަކާ ގުޅިގެންނެވެ. މި ޕޯސްޓަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި މިލިއަންތަކުން ވިއުސް ލިބިފައިވާއިރު، ސޯޝަލް މީޑިއާ ޔޫޒަރުން އަންނަނީ އޭނާއަކީ "އުމުރުން ދުވަސް ނުވާ މީހެއް" އަދި އޭނާ ފެންނަ ގޮތަކީ "އަންރިއަލް" ނުވަތަ ގަބޫލުކުރަން ދަތި ކަމެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ޓަންގެ މި ޒުވާން ސިފަ ބެލެހެއްޓުމުގެ އަސްލަކީ އޭނާ ގެންގުޅޭ ހަރުދަނާ ދިރިއުޅުމުގެ އާދަކާދަތަކެވެ. އޭނާގެ ލައިފްސްޓައިލްގައި ޑައިޓް، ގަވާއިދުން ކުރާ ކަސްރަތު، ހަމަނިދި އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނުވަތަ ސްޓްރެސް މެނޭޖްމަންޓަށް ބޮޑު ސަމާލުކަމެއް ދެއެވެ.

ޓަންގެ ކެއުމުގެ އާދަކާދައަށް ބަލާއިރު، އޭނާ ފޮލޯ ކުރަނީ ޕްރޮޓީން ގިނަ ޑައިޓެކެވެ. އޭނާގެ ކާނާގައި ބިސް، ކުކުޅު، މަސް، ތަރުކާރީ، އޯޓްމީލް އަދި މޭވާ ހިމަނާއިރު، ޕްރޮސެސްޑް ކާނާ އާއި ހަކުރު ގިނަ ބުއިންތަކާ ދުރުހެލިވެއެވެ. އަދި އިސްލާމީ އުސޫލުތަކާވެސް އެއްގޮތްވާ ގޮތުގެ މަތިން، އޭނާއަކީ ބަނގުރާ އަދި ދުންފަތުގެ އިސްތިއުމާލު ކުރުމުން މުޅިން ދުރުހެލިވެފައިވާ މީހެކެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ސިއްހަތުގެ 70 އިންސައްތައަކީ ކެއުމެވެ. ބާކީ 30 އިންސައްތައަކީ ކަސްރަތެވެ.

ފިޓްނަސްއަށް ބަލާއިރު، ޓަން ހަފްތާއަކު ތިން ފަހަރާއި ފަސް ފަހަރާ ދެމެދު ކަސްރަތު ކުރެއެވެ. މީގެ ތެރޭގައި ސްޓްރެންތް ޓްރެއިނިން އާއި ފެތުން އަދި ކާޑިއޯ ހިމެނެއެވެ. މީގެ އިތުރުން ރޭގަނޑު 11 ޖެހުމުގެ ކުރިން ނިދުމާއި، މާގިނައިން އަވީގައި ނޫޅުމަކީވެސް އޭނާގެ ހަމުގެ ދުޅަހެޔޮކަމަށްޓަކައި ކުރާ ކަންކަމެވެ.

ނަމަވެސް، މި ހުރިހާ ސަމާލުކަމަކާ ގުޅިގެން ޓަން ބުނެފައިވަނީ އޭނާ ފެންނަނީ "އާދަޔާ ޚިލާފު" ޒުވާން ގޮތަކަށް ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށެވެ. އޭނާ ބުނާ ގޮތުގައި އޭނާއަކީ ހަމައެކަނި "ސިއްޙަތަށް ރަނގަޅު 60 އަހަރުގެ މީހެއް" ކަމަށެވެ.

މީގެ އެތައް އަހަރެއް ކުރިން ފުރަތަމަ އިންޓަނެޓް ސެންސޭޝަނަކަށް ވީ ޓަން، މިއަދުވެސް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ފޮލޯވަރުން ހޯދާފައެވެ. ގިނަ ބަޔަކު އަދިވެސް އަންނަނީ އޭނާގެ ފިޓްނަސް އާއި ސްކިންކެއާ އާދަތަކާ ބެހޭގޮތުން ސުވާލުކޮށް، އޭނާގެ ފަރާތުން ނަމޫނާ ލިބިގަންނަމުންނެވެ.

 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ވޯލްޑްކަޕްގެ ފޯރި އާއި ދަރިވަރުންގެ ހާޒިރީ: ކަންބޮޑުވާންޖެހޭ މިންވަރަކަށް؟
ވޯލްޑްކަޕްގެ ފޯރި އާއި ދަރިވަރުންގެ ހާޒިރީ: ކަންބޮޑުވާންޖެހޭ މިންވަރަކަށް؟
ރިޕޯޓް 07 Jul 2026
މަގުބޫލު ސަބަބެއް ނެތި ސްކޫލަށް ހާޒިރުނުވާ ދަރިވަރުންނާމެދު ފިޔަވަޅު އެޅުމަށް ޕްރިންސިޕަލުންނަށް އަންގައިފި
މަގުބޫލު ސަބަބެއް ނެތި ސްކޫލަށް ހާޒިރުނުވާ ދަރިވަރުންނާމެދު ފިޔަވަޅު އެޅުމަށް ޕްރިންސިޕަލުންނަށް އަންގައިފި
މަގުބޫލު އުޒުރެއް ނެތި ސްކޫލަށް ހާޒިރުނުވާ ދަރިވަރުންގެ އަދަދު އިތުރުވަމުންދާތީ، އެފަދަ ދަރިވަރުންނާމެދު ފިޔަވަޅު އެޅުމަށް ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އަންގާފައިވާނޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ޚަބަރު 07 Jul 2026
މިދިޔަ ޖޫން މަހު އެމްޕީއެލްގެ "ސީ-ޓު-އެއާ" ކާގޯގެ ޚިދުމަތުން 335 ޓަނުގެ މުދާ ބޭރުކޮށްފި
މިދިޔަ ޖޫން މަހު އެމްޕީއެލްގެ "ސީ-ޓު-އެއާ" ކާގޯގެ ޚިދުމަތުން 335 ޓަނުގެ މުދާ ބޭރުކޮށްފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފޯރުކޮށްދެމުންދާ "ސީ-ޓު-އެއާ" ކާގޯގެ ޚިދުމަތަށް ބޮޑު ކުރިއެރުމެއް ލިބި، މިދިޔަ ޖޫން މަހު އެކަނިވެސް 335 ޓަނަށްވުރެ ގިނަ މުދާ ރާއްޖެއިން ބޭރަށް ފޮނުވައިފި ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ޚަބަރު 07 Jul 2026
އާޖެންޓީނާއާއި މިޞްރު ބައްދަލުކުރާ ފޯރިގަދަ މެޗަށް ދުނިޔެ އިންތިޒާރުގައި
އާޖެންޓީނާއާއި މިޞްރު ބައްދަލުކުރާ ފޯރިގަދަ މެޗަށް ދުނިޔެ އިންތިޒާރުގައި
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ އެންމެ ފޯރިގަދަ އެއް މެޗުގައި، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާއި މިޞްރު މިއަދު ބައްދަލުކުރާނެއެވެ. މި މެޗަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވަނީ، ފުޓްބޯޅައިގެ ދެ ސުޕަރސްޓާރުން ކަމަށްވާ ލިއޮނަލް މެސީއާއި މުޙައްމަދު ޞަލާޙް ވޯލްޑް ކަޕްގެ ނޮކްއައުޓް މަރުޙަލާއެއްގައި ބައްދަލުކުރާތީއެވެ.
ކުޅިވަރު 07 Jul 2026