އެމް.ޑަބްލިޔޫ.އެސް.ސީ އާއި މައުމޫން ފައުންޑޭޝަން ގުޅިގެން މަތީ ތައުލީމުގެ ސްކޮލަޝިޕެއް

އ އައިމިނަތުު މުޙައްމަދު
ޚަބަރު 05 Jun 2026

މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔޫ.އެސް.ސީ) އާއި މައުމޫން ފައުންޑޭޝަން ގުޅިގެން މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމް.ޑަބްލިޔޫ.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. މައުމޫން ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ވައިސް ޗެއަރމަން އަލްއުސްތާޛު ފާރިސް މައުމޫނެވެ.

މިއީ އެމް.ޑަބްލިޔޫ.އެސް.ސީގެ އިޖުތިމާއީ ޒިންމާ (ސީ.އެސް.އާރް) ގެ ދަށުން، ރާއްޖޭގެ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައިދީ، ގައުމަށް ބޭނުންތެރި ފަންނީ މީހުން ބިނާކުރުމަށް އެހީތެރިވުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި މާސްޓާސް ޑިގްރީއަށް ކިޔެވުމަށް އެއް ދަރިވަރަކަށް ސްކޮލަޝިޕްގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ސްކޮލަޝިޕްގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ މަސައްކަތްތެރިކަމުގެ ބާޒާރަށް ތައުލީމީ އަދި ހުނަރުވެރި ދިވެހިން ނެރުމަށް ބާރުއެޅުމެވެ.

މައުމޫން ފައުންޑޭޝަނަކީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް އިސްނަންގަވައިގެން، އިޖުތިމާއީ އަދި އިންސާނީ އެކި މަސައްކަތްތައް ކުރެއްވުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ. މީގެ ކުރިންވެސް އެ ފައުންޑޭޝަނުން ވަނީ ދިވެހި ދަރިވަރުންނަށް ތައުލީމީ ގިނަ ފުރުސަތުތަކެއް ފަހިކޮށްދީފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އީރާނުން ރައްދު ހަމަލާތަކެއް ޔޫއޭއީ އާއި ކުވައިތަށް ދީފި
އީރާނުން ރައްދު ހަމަލާތަކެއް ޔޫއޭއީ އާއި ކުވައިތަށް ދީފި
އީރާނުން ތަކުރާރުކޮށް ދެމުންދާ ހަމަލާތައް ކުވައިތުން ވަނީ ކުށްވެރިކޮށްފައެވެ. ކުވައިތުން ބުނެފައިވަނީ މިއީ އެ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، ގައުމުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ސީދާ ނުރައްކަލެއް ކަމަށެވެ. މީގެ އިތުރުން، ޔަމަނުގެ ތާއިޒްގެ ހުޅަނގު ފަރާތުގެ އެކި ސަރަހައްދުތަކުގައި ސަރުކާރުގެ ފައުޖުތަކާއި ހޫޘީންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ދުނިޔެ 03 Sep 2026
މަސްވެރިންނަށް ހައްގު މިންވަރު ހޯދައިދިނުމަށް ކުރާ މަސައްކަތް އިތުރު ހަރުފަތަކަށް
މަސްވެރިންނަށް ހައްގު މިންވަރު ހޯދައިދިނުމަށް ކުރާ މަސައްކަތް އިތުރު ހަރުފަތަކަށް
މަސްވެރިކަމުގެ ގާނޫނަށް މިގެނައި އިސްލާހުގެ ސަބަބުން ސްޕޯޓްސް ފިޝިންއަށް ހާއްސަ ބަނދަރުތައް ގާއިމްކުރުމަށް ފުރުސަތު ފަހިވެގެންދާނެއެވެ. އަދި ސްޕޯޓްސް ފިޝިންގ އާއި އެކަހަލަ އެކި ކަންކަމަށް ބަނދަރުތައް ހެދުމާ މިކަންކަމަށް މިހާރުވެސް ވަރަށް ގިނަ ފަރާތްތަކުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.
ރިޕޯޓް 03 Sep 2026
ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް ލިބިއްޖެ
ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް ލިބިއްޖެ
މި ކުރިއެރުން ލިބިފައިވަނީ ޓެކްސް އާމްދަނީ އާއި، މުދަލާއި ބިންބިމުން ލިބުނު އާމްދަނީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމާ ގުޅިގެންނެވެ. މާލީ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފުތާގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމްޕޯޓް ޑިއުޓީންނެވެ.
ވިޔަފާރި 03 Sep 2026
މާލޭ ޕޮލިހުން މާލޭގެ އެކި ސަރަހައްދުތަކުގައި "ކޮމިއުނިޓީ އެންގޭޖްމަންޓް" ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި
މާލޭ ޕޮލިހުން މާލޭގެ އެކި ސަރަހައްދުތަކުގައި "ކޮމިއުނިޓީ އެންގޭޖްމަންޓް" ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި
މި ހަރަކާތުގެ ތެރެއިން، އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތައި، ޒިންމާދާރުކަމާއެކު އުޅަނދު ދުއްވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ފަރާތްތަކަށް ވަނީ ހެލްމެޓް ހަދިޔާކޮށްފައެވެ. އަދި ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަށް އުޅަނދުތައް ޕާކުކޮށްފައިވާ ފަރާތްތަކުގެ މަސައްކަތް ބަލައިގަނެ، އެ ފަރާތްތަކަށް ވެސް ސްޓިކާއެއް ދީފައިވެއެވެ.
ޚަބަރު 03 Sep 2026