ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައެްވައިފި

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު، ސެނެޓަރ މުޙައްމަދު އިސްޙާޤު ދާރު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު އިސްލާމްއާބާދުގައި އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ވަނީ ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީ އާއި ބޮޑުވަޒީރު މުޙައްމަދު ޝަހްބާޒް ޝަރީފްގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ހޫނު މަރުޙަބާއަކާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ޕާކިސްތާނުން ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

ދިވެހިރާއްޖެއާއެކު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން ދެމެހެއްޓުމަށް ޕާކިސްތާނުން ދޭ އަހައްމިއްޔަތުކަން ތަކުރާރުކުރައްވަމުން، ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ފުޅާކުރުމުގެ މުހިންމުކަން ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ތަޢުލީމާއި، މޫސުމަށް އަންނަ ބަދަލުތަކާއި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް އަލިއަޅުއްވާލެއްވިއެވެ.

މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމްގައި ދިވެހި ވިޔަފާރިވެރިންގެ ވަފުދުން ބައިވެރިވުމަށް މަރުޙަބާ ދަންނަވަމުން، ވިޔަފާރިތަކުގެ މެދުގައި ބޭއްވޭ ބައްދަލުވުންތަކުގެ ސަބަބުން (ބީ.ޓޫ.ބީ އެންގޭޖްމަންޓްތަކުގެ ސަބަބުން) ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ޙަޤީޤީ ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނަށާއި އަރިހުގައި ވަޑައިގެންނެވި ވަފުދަށް ވިދާޅުވި ހޫނު މަރުޙަބާއަށާއި އަދާކުރެއްވި މެހެމާންދާރީއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ޕާކިސްތާނާއެކު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެފަރާތަށްވެސް ފައިދާހުރި އައު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ރާއްޖެއިން އެދޭކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރާއްޖެއާއި ޕާކިސްތާނާ ދެމެދު މުހިންމު 20 ދާއިރާއަކުން އެއްބަސްވުންތައް ބަދަލުކޮށްފި
ރާއްޖެއާއި ޕާކިސްތާނާ ދެމެދު މުހިންމު 20 ދާއިރާއަކުން އެއްބަސްވުންތައް ބަދަލުކޮށްފި
ޕާކިސްތާނުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ބަދަލުކުރެވުނު މި އެއްބަސްވުންތަކުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމު ގުޅިގެން އެއްބާރުލުން ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކާއި، މިހާރުވެސް ގުޅުން އޮތް ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމެވެ.
ޚަބަރު 21 Oct 2026
ރައީސް މުއިއްޒު އަށް ޕާކިސްތާނުން ރަސްމީކޮށް މަރުހަބާ ދަންނަވައިފި
ރައީސް މުއިއްޒު އަށް ޕާކިސްތާނުން ރަސްމީކޮށް މަރުހަބާ ދަންނަވައިފި
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނުގެ ޝަރަފުގައި ވަނީ އަސްކަރީ ގާޑް އޮފް އޮނަރއެއް އަރުވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރު 21 Oct 2026
ރަސްމާލެ މަޝްރޫޢަކީ ދިވެހިންގެ ދީނާއި ސިޔާދަތާއި މިނިވަންކަން ކަށަވަރުކުރެވިގެން، ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ހިންގޭނެ މަޝްރޫޢެއް
ރަސްމާލެ މަޝްރޫޢަކީ ދިވެހިންގެ ދީނާއި ސިޔާދަތާއި މިނިވަންކަން ކަށަވަރުކުރެވިގެން، ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ހިންގޭނެ މަޝްރޫޢެއް
މާލެ ސަރަޙައްދުގައި ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢު ކަމުގައިވާ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ވާހަކަދެކެވޭކަން ޤަބޫލުފުޅުކުރައްވާކަން ފާހަގަކުރައްވާ، އެ މަޝްރޫޢުގެ ޙަޤީޤަތްތައް ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަސްމާލެ މަޝްރޫޢާ ގުޅިގެން ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ޙަޤީޤީ ކަންބޮޑުވުންތަކާއި، އިދިކޮޅު ފަރާތްތަކުން ސިޔާސީ ބޭނުމެއްގައި ފަތުރަމުންދާ ތުހުމަތުތަކާ ދެމެދު ތަފާތެއްވާކަމުގައެވެ.
ޚަބަރު 21 Oct 2026
ޖީ.ޖީ.އެސް.ޓީ އާއި ވިތުހޯލްޑިންގ ޓެކްސް މަތިވެ، ދައުލަތަށް ލިބުނު ޓެކްސް އާމްދަނީ 7 އިންސައްތަ އިތުރުވެއްޖެ
ޖީ.ޖީ.އެސް.ޓީ އާއި ވިތުހޯލްޑިންގ ޓެކްސް މަތިވެ، ދައުލަތަށް ލިބުނު ޓެކްސް އާމްދަނީ 7 އިންސައްތަ އިތުރުވެއްޖެ
މި ކުރިއެރުމަކީ މައިގަނޑު ގޮތެއްގައި އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް )ޖީ.ޖީ.އެސް.ޓީ(، ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސް އަދި އާމްދަނީގެ އެހެނިހެން މުހިންމު ދާއިރާތަކުން ލިބުނު މިންވަރު އިތުރުވުމުގެ ސަބަބުން ލިބުނު ކުރިއެރުމެކެވެ.
ޚަބަރު 21 Oct 2026