ރާއްޖޭގެ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހޯދުމަށް ދަތުރުފުޅުގެ ތެރެއިން މަޝްވަރާކުރެވުނު: ރައީސް ޑރ. މުޢިއްޒު

ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ޒުވާނުންނަށް އެކި ދާއިރާތަކުން ގިނަ ފުރުސަތުތަކެއް ފަހިކޮށްދިނުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައި ދެ ޤައުމުގެ ދެމެދުގައި 20 ފަހުމުނާމާއެއްގައި ސޮއިކުރުމަށްފަހު، މިއަދު މެންދުރުފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސް ވިދާޅުވީ، ދެ ޤައުމުގެ މުސްތަޤުބަލާ ގުޅިފައިވާ ޒުވާނުން ބާރުވެރިކުރުވުމަކީ ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. ޕާކިސްތާނަކީ ޒަމާނުއްސުރެ ރާއްޖޭގެ ދަރިވަރުންނަށާއި، ކުޅިވަރު ކުޅުންތެރިންނާއި، ކޯޗުން އަދި އެކި ދާއިރާތަކުގެ ޒުވާން ޕްރޮފެޝަނަލުންނަށް ސްކޮލަޝިޕާއި ތަމްރީނުގެ އަގުހުރި ފުރުސަތުތައް ފަހިކޮށްދެމުން އަންނަ ޤައުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި ހިންގާ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް، ހުނަރު ތަރައްޤީކުރުމާއި، ވިޔަފާރިވެރިކަން ކުރިއެރުވުމާއި، އީޖާދީ ވިސްނުން އަދި ލީޑަރޝިޕްގެ ދާއިރާއިން އެއްބާރުލުން ފުޅާކުރުމަށް ދެބޭފުޅުން އެއްބަސްވެވަޑައިގެންނެވި ކަމަށެވެ. މީގެއިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (AI) އާއި ޑިޖިޓަލައިޒޭޝަން އަދި ކުރިމަގުގެ އައު ޓެކްނޮލޮޖީތަކަށް ދިވެހި ޒުވާނުން އަހުލުވެރިކުރުވުމަށް އިތުރު ދޮރުތައް ހުޅުވައިދިނުމާ މެދު މަޝްވަރާކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާއިން ދިވެހި ޒުވާނުންނާއި ޑޮކްޓަރުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ޕާކިސްތާން ޓެކްނިކަލް އެސިސްޓެންސް ޕްރޮގްރާމްގެ ދަށުން އެމްބީބީއެސް (MBBS) ޖާގަތައް އިތުރުކުރުމަށާއި، މެޑިކަލް ގްރެޖުއޭޓުންނަށް ޕާކިސްތާނުގައި އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު ހޯދުމާ ގުޅޭގޮތުން ވާހަކަދެކެވުނު ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި މިއީ ހަމައެކަނި މުއައްސަސާތަކަށް ކުރެވޭ އިންވެސްޓްމަންޓެއް ނޫން ކަމަށާއި، މިއީ މީހުން ބިނާކުރުމަށާއި ޤައުމުގެ މުސްތަޤުބަލުގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ.

މި ބައްދަލުވުމުގައި ތިމާވެށީގެ ގޮންޖެހުންތަކާއި މޫސުމީ ބަދަލުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ސަރުކާރުން ހިންގާ މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން ޕާކިސްތާނުން ދޭން ނިންމި އެހީއަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން ފުލުހުންގެ ޚިދުމަތާއި، ޤާނޫނު ތަންފީޒުކުރުމާއި، ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމު ކުރިއެރުވުމުގެ އިތުރުން އދ. އަދި އޯއައިސީ (OIC) ފަދަ ބައިނަލްއަޤްވާމީ މައިދާންތަކުގައި އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން ދެ ޤައުމުގެ ވެރިން މަޝްވަރާކުރެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026
ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ދަޢުވަތު އަރުވައިފި
ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ދަޢުވަތު އަރުވައިފި
ރައީސް މި ދަޢުވަތު އެރުއްވީ ދެ ޤައުމުގެ ދެމެދުގައި މުހިންމު 20 ފަހުމުނާމާއެއްގައި ސޮއިކުރުމަށްފަހު، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި މިއަދު މެންދުރުފަހު ދެއްވި ރަސްމީ ބަޔާނުގައެވެ. ބޮޑުވަޒީރަށް ދަޢުވަތު އަރުވަމުން ރައީސް ވިދާޅުވީ، ޕާކިސްތާނުން ދެއްވި ހޫނު މެހެމާންދާރީގެ ބަދަލުގައި، ރާއްޖެއިން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ އުފާ ހޯއްދެވުމަށް އިންތިޒާރު ކުރައްވާ ކަމަށެވެ.
ޚަބަރު 21 Oct 2026
ސާކް ސަމިޓް ބޭއްވުމުގެ މާހައުލު ގާއިމުކުރުމަށް މެންބަރު ގައުމުތަކާ ގުޅިގެން މަސައްކަތްކުރަން ރާއްޖެ ތައްޔާރު: ރައީސް މުއިއްޒު
ސާކް ސަމިޓް ބޭއްވުމުގެ މާހައުލު ގާއިމުކުރުމަށް މެންބަރު ގައުމުތަކާ ގުޅިގެން މަސައްކަތްކުރަން ރާއްޖެ ތައްޔާރު: ރައީސް މުއިއްޒު
ރައީސް މިހެން ވިދާޅުވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައި، ދެ ގައުމުގެ ދެމެދުގައި މުހިންމު 20 ފަހުމުނާމާއެއްގައި ސޮއިކުރުމަށް ފަހު ދެއްވި ބަޔާނުގައެވެ. ރައީސް ވިދާޅުވީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރަހައްދީ ގުޅުން ބަދަހިކުރުމުގައި ސާކްގެ މުހިންމުކަން ރާއްޖެއިން ގަބޫލުކުރާ ކަމަށާއި، ސާކް ހަރަކާތްތެރި ކުރުވުމަށް ރާއްޖެއިން އިސްނަގައިގެން ބިނާކުރަނިވި ދައުރެއް އަދާކުރަން ދެމިއޮންނާނެ ކަމަށެވެ. އަދި ސަރަހައްދީ އެއްބާރުލުމުގެ ފުރިހަމަ ފައިދާ ހޯދުމަށް އިތުބާރު ގާއިމުކުރުމާއި، މާނަހުރި މަޝްވަރާތައް ކުރުމާއި، އެއްބަޔަކު އަނެއް ބަޔަކަށް ދެނެގަތުން ވަރުގަދަކުރަން ޖެހޭ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
ޚަބަރު 21 Oct 2026
ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއާއި ޕާކިސްތާނުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އިތުރުކުރަން އެއްބަސްވެއްޖެ
ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއާއި ޕާކިސްތާނުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އިތުރުކުރަން އެއްބަސްވެއްޖެ
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި 20 ފަހުމުނާމާއެއްގައި ސޮއިކުރުމަށްފަހު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައި ބޭއްވި ރަސްމިއްޔާތުގައި މިއަދު މެންދުރުފަހު ދެއްވި ބަޔާނުގައެވެ. ބޮޑުވަޒީރު ޝަރީފާއެކު މިއަދު ހެނދުނު ބޭއްވުނު މަޝްވަރާތަކަކީ ވަރަށް ފުޅާ ދާއިރާއެއްގައި އަދި ނަތީޖާ ނެރެވޭ ގޮތަށް ކުރިއަށްދިޔަ ބައްދަލުވުމެއް ކަމަށާއި، މި ބައްދަލުވުމުން ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް ދެ ފަރާތުގެ ޝައުޤުވެރިކަން ހުރި މިންވަރު ހާމަވެގެންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު 21 Oct 2026