ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު އަންހެނުންގެ ޚާއްޞަ ސާޖަރީއެއް ހަދައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 14 Jun 2026

ގދ. ތިނަދޫ ސިޓީގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި، އަންހެނުންގެ ބަލިތަކާ ގުޅޭ ޚާއްޞަ ސާޖަރީއެއް ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ސާޖަރީއަކީ މިނިސްޓްރީ އޮފް ހެލްތާއި، ފެމިލީ އެންޑް ސޯޝަލް އެފެއާޒް އަދި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށްގެންދިޔަ މެޑިކަލް ކޭމްޕެއްގެ ތެރެއިން ކުރެވުނު މަސައްކަތެކެވެ. މި ކޭމްޕުގައި ޖުމްލަ 10 ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމަކުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ހޮސްޕިޓަލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަނުގައި ކޮށްފައިވަނީ ބަނޑުގެ ވާތްފަރާތު އޯވަަރީގައި އުފެދިފައިވާ ސިސްޓެއް ނެގުމާއި، ފެލޯޕިއަން ޓިއުބުގައި ހުރި ފައިބްރޯމާއެއް ނެގުމުގެ މަސައްކަތެވެ.

މި ތާރީޚީ ސާޖަރީ ކުރިއަށް ގެންގޮސްފައިވަނީ ޑރ. އުބައިދު ޢަބްދުﷲ ގެ އިސްނެންގެވުމުގެ ދަށުންނެވެ. މި މަސައްކަތުގައި ޑރ. އާމިނަތު ނުޞްރާ، ޑރ. ޖުމައިލަތު ބޭގަމް، ޑރ. އަސަދު މުޙައްމަދު، ޑރ. މުޙައްމަދު އަމީން ޙާމިދު، ޑރ. މުޙައްމަދު ޙަމްޒާ، އަދި ޑރ. މަޙްމޫދު ސައްޔިދު އަޙްމަދު މުޙައްމަދު ސަޢުދު ބައިވެރިވެވަޑައިގެންފައިވެއެވެ.

މި އޮޕަރޭޝަނަކީ ލެޕަރޮސްކޯޕިކް ނުވަތަ ކޮމްޕިއުޓަރުގެ އެހީގައި ކުދިކުދި ބޯގަނޑު އަޅައިގެން ކުރާ ސާޖަރީއެކެވެ. މިގޮތަށް ކުރެވޭ އޮޕަރޭޝަންތަކަކީ އާދައިގެ އޮޕަރޭޝަންތަކާ ޚިލާފަށް ބޮޑުކޮށް ކޮށާލަން ނުޖެހޭ، ތަދު ކުޑަ އަދި ބަލިމީހާ އަވަހަށް ފަސޭހަވާ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މިއީ އާންމުކޮށް އޯވަރީގެ ސިސްޓްތަކާއި، ފައިބްރޮއިޑްސް އަދި އެންޑޯމެޓްރިއޯސިސް ފަދަ ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ ޒަމާނީ ގޮތެކެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، މިއީ އެ ހޮސްޕިޓަލުން ދެމުންގެންދާ ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް، ކުރިއެރުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ލިބުމަށް މަގުފަހިވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
މިނިސްޓްރީގެ ފުރަތަމަ ބައިނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓަށް ފެސިލިޓޭޓިވް މަލްޓިލޭޓަރަލް ކޮންސިޑަރޭޝަން އޮފް ޕްރޮގްރެސް ފުރިހަމަކޮށްފި
މިނިސްޓްރީގެ ފުރަތަމަ ބައިނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓަށް ފެސިލިޓޭޓިވް މަލްޓިލޭޓަރަލް ކޮންސިޑަރޭޝަން އޮފް ޕްރޮގްރެސް ފުރިހަމަކޮށްފި
އ.ދ. ގެ މޫސުމީ ބަދަލުތަކާބެހޭ ޖަމިއްޔާ ކަމަށްވާ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ދަށުން ވެފައިވާ ޕެރިސް އެގްރީމަންޓުގެ ދަށުން ދިވެހި ރާއްޖޭގެ ފުރަތަމަ ބައެނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓު (ބީ.ޓީ.އާރު.1) ގެ "ފެސިލިޓޭޓިވް މަލްޓިލޭޓަރަލް ކޮންސިޑަރޭޝަން އޮފް ޕްރޮގްރެސް" (އެފް.އެމް.ސީ.ޕީ.) މިނިސްޓްރީން ފުރިހަމަ ކޮށްފިއެވެ.
ޚަބަރު 14 Jun 2026
ބީއެމްއެލްގެ ޔޫއެސްޑީ ޑެބިޓް ކާޑު ބޭނުންކޮށްގެން ކޮންމެ ހަފުތާއަކު 1،000 ޑޮލަރު ހޯދުމުގެ ފުރުސަތު ހުޅުވާލައިފި
ބީއެމްއެލްގެ ޔޫއެސްޑީ ޑެބިޓް ކާޑު ބޭނުންކޮށްގެން ކޮންމެ ހަފުތާއަކު 1،000 ޑޮލަރު ހޯދުމުގެ ފުރުސަތު ހުޅުވާލައިފި
ބޭންކް އޮފް މޯލްޑިވްސް )ބީއެމްއެލް( އިން އެ ބޭންކުގެ ޔޫއެސްޑީ ޑެބިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން، ކޮންމެ ހަފުތާއަކު 1،000 އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމެއް ލިބޭ ތަރުހީބީ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
ޚަބަރު 14 Jun 2026
ޕީއެންސީއަށް އޮތް ތާއީދާއި އިތުބާރު ކުރިއަށްވުރެ ވަރުގަދަވެއްޖެ: ރައީސް މުޢިއްޒު
ޕީއެންސީއަށް އޮތް ތާއީދާއި އިތުބާރު ކުރިއަށްވުރެ ވަރުގަދަވެއްޖެ: ރައީސް މުޢިއްޒު
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ ދިވެހިރާއްޖޭގައި ރައްޔިތުންގެ އެންމެ ބޮޑު އިތުބާރާއި ތާއީދެއް އޮތް ސިޔާސީ ޕާޓީ ކަމަށާއި، އެ ޕާޓީއަށް އޮތް ތާއީދު ކުރިއަށްވުރެ ވަރުގަދަވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޚަބަރު 14 Jun 2026
މާކެޓުގެ މުހިންމު ނިންމުންތަކުގެ ކުރިން އިންވެސްޓަރުންގެ ސަމާލުކަން އޭއައި ދާއިރާއަށް ހުއްޓިއްޖެ
މާކެޓުގެ މުހިންމު ނިންމުންތަކުގެ ކުރިން އިންވެސްޓަރުންގެ ސަމާލުކަން އޭއައި ދާއިރާއަށް ހުއްޓިއްޖެ
ދުނިޔޭގެ ވިޔަފާރީގެ ދާއިރާގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ އެންމެ ނުފޫޒުގަދަ ބާރަކަށް ވެފައިވާއިރު، މާކެޓުގެ މުހިންމު ނިންމުންތަކެއް އައުމުގެ ކުރިން އިންވެސްޓަރުންގެ ބޮޑު ސަމާލުކަމެއް މި ދާއިރާއަށް ހުއްޓިއްޖެއެވެ.
ވިޔަފާރި 14 Jun 2026